ޖުމުހޫރީ ޕާޓީގެ ލީޑަރު ކަމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލައިފި އެވެ.

އެ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ހަތަރުވަނަ ގައުމީ ކޮންފަރެންސްއިން އިންތިހާބު ކުރާ ޖޭޕީ ލީޑަރު ކަމަށް ގާސިމް އިބްރާހިމް ކުރިމަތި ލައްވާފައިވާ ކަމަށެވެ.

އަދި ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންޕަރެންސްއިން އިންތިހާބު ކުރާ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފި ކަމަށެވެ.

މި މަގާމަށް އިންތިހާބު ކުރަނީ ފަސް ބޭފުޅުން ކަމަށާއި މި ވަގުތާއި ހަމައަށް ގިނަ ބޭފުޅުންތަކެއް މި މަގާމަށް ވަނީ ކުރިމަތިލާފައި ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އެ ޕާޓީއިން އިންތިހާބާއި މެދު ގޮތެއް ނިންމަނީ މިމަހުގެ 24 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާއާގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 އަކަށް ތާވަލު ކޮށްފައިވާއިރު، ގާސިމް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ. ނަމަވެސް ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ގެންދަވަނީ ގާސިމް އިންތިހާބުގައި ވާދަކުރުމަށް ބާރުއަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަބަޑު

    ޑެޕިއުޓީ ލީޑަރުންނަށް ގާސިމުގެ 4 އަނބިން ހަމަޖައްސާ.

  2. ސޯލޭ

    ހަގު އަނބި ނައިބުކަމައް ދެން އިންނަން ރެޑީގަ ހުރި މަންޖެ ސެކެޓަރީ ޖެނެރެލް ކަމައް ވެރިކަމާ ހޭބަލިވަނީ ލޮލް ނަހިލާ ބަހައްޓާ ނަށަން ލޮލް

    10
    1
  3. އާތިކާ

    ސުގަ ދެދީ ހޮވޭނީ މިފަހަރު!

  4. 4 ވޯޓް ޔަގީން

    ހުރިހާ އަނބިން ވޯޓް ލިޔަސް އެއަށްވުރެ ގިނަ ވޯޓްލިބޭނެ މީހަކު ނުހުނާނެ މިގައުމުގަ.

  5. ހުސޭނުބޭ

    ފިރުއައުނު ފަދައިން ދެން އެ މަޤާމަށް އެހެން މީހަކު ކުރިމަތިލީމަ ވަރަށް ބޮޑަށް ކުށްވެރިވާނެ

  6. 20000

    ނަންވާނީ މައުމޫން. ވެރިކަން ލިބިއްޖިއްޔާ ނުކުރޭ ދޫކޮށްލާކަށް އެކަކަށްވެސް

  7. މާމިގިލީ މީހާ

    އެއްވެސް ކުށެއްނެތް ދިވެހި ރައްޔިތަކު އަބިދަރިންނާއެކު އިންޑިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަންގޮސް ހުއްޓައި ޅަަދަރިންގެ ކުރިމަތީގައި އިމުގުރޭޝަން އޮފިސަރުން ހައްޔަރުކޮށް އަނިޔާ ކުރުމުން ޖޭޕީގެ ލީޑަރަށް އެދިވެހިރައްޔިތައް ހަމްދަރުދީގެ އެންމެ ލަފުޒެއްވެސް ބުނެލަން ނުކެރުކަމީ ހައިރާންވާންޖެހޭ ކަމެއް! ކޮބައިތޯ އެޑްވައިޒަރުން! ތިޔަވަރައް ގޮތްހުސްވިއަސް ތީ ބޮޑުވަރު ގާސިމާ! ގާސިމަކީވެސް ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ފަސްއަހަރުން އެއްފަހަރު ނަމަވެސް އަންނަްޖެހޭނެ މީހެއް! ހަދާން ބަހައްޓަވާތި މިކަމާ ގާސިމާ ރައްޔިތުން ސުވާލުކުރާނެ!