އިދިކޮޅު ޕީޕީއެމް އޮފީސް ކައިރީ ކުރި މުޒާހަރާއެއް ކަވަރު ކުރަން ހުރި ފުލުހަކު ނޫސްވެރިޔަކާއި ދިމާލަށް ފުލުހަކު "އަވަގުރާނަ" ގޮވައި އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ ޕީޕީއެމް އޮފީސް ކައިރީގައި ކުރިއަށް ދިޔަ މުޒާހަރާއެއް ހޫނު ވެފައިވަނިކޮށް ނޫސްވެރިން އެމަންޒަރު ވީޑިއޯ ކުރާ މަންޒަރެވެ.

ނޫސްވެރިން އެމަންޒަރު ވީޑިއޯ ކުރަމުން ދަނިކޮށް ފުލުހުންގެ އޮފިސަރަކު އެތަނުގައި ތިބި ނޫސްވެރިންގެ ތެރެއިން ނޫސްވެރިއަކާއި ދިމާލަށް އިނގިލި ދިއްކޮށް "އަވަގުރާނަ" ގޮވާ އަޑު ވީޑިއޯއިން އިވިގެން ދެއެވެ.

މާލޭގައި ކުރިއަށްދާ މުޒާހަރާތައް ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އިންޒާރު އަންނަ މައްސަލަ އާއި އަނިޔާ އާއި އަވަގުރާނަ ގޮވާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

އެގޮތުން ބަލާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފުލުހުންގެ ފަރާތުން ނޫސްވެރިއަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަނިޔާ ލިބުނު ނޫސްވެރިޔާ އަށް ރާއްޖޭން ބޭރުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސީމާ

    ވީޑިޔޯ ވެސް ލާބަލަ

    26
  2. ނާދިރާތަ

    އެމްޑީޕީ ފުލުހެއް

    22
    1
  3. ދަރަނި ދަންތުރަ

    ފުލުހުންގެ ތެރެއިން މުޒާހަރާ ތަކުގައި ހަރަކާތްތެރިވަނީ އެމްޑީޕީގެ ގުންޑާއިން ، އެމްޑީޕީގެ ގުންޑާއިން ނަށް ފުލުހުންގެ ވަޒީފާދީފައި މުޒާހިރާ ކުރާމީހުން ނަށް އަނިޔާކުރުން ފޮނުވަނީ ، އިރާދަކުރެއްވިއްޔާ ސޯލިބޭގެ އަނިޔާވެރިކަން ނިމުމަކަށް ވަރަށް އަވަހަށް އައްނާނެ

    27
    2
  4. 𝐒𝐡𝐢𝐭

    ޥަރަށް ދަށުދަރަޖައިގެ ކަމެށް

    26
    2
  5. Anonymous

    ތަިަޔއީ ހައިރާންވާންޖެހޭ ކަމެއްނޫން! މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ދިވެހިރައްޔިތަކަށް ލައިވް ޓީވީގައި ފުރައްސާރަކުރުމުން އަތްޖެހި މީހުންގެ ތެރޭގައި ރ ވެސްހިމެނޭ!މިހާރު ރައްޔިތުން ވަރަށް އެޑުވާންސް ހުރިހާ ކަމެއްވެސް ބަލާނެ އަދިދެނެގަންނާނެ! ދުންފަތުގެ އިސްތިއުމާލު ކުރުމޭ ބުނަންވެގެން މަސްތުވުމޭ ބުނަން އުޅުކަންވެސް ރައްޔިތުންނަށް އެގޭ! ބަލަ މިތިބަ އެމްޑީޕީގެ މީހުންނޭވޭ އިބޫކަހަލަ މާބޮޑު ތައުލީމެއްނެތް މީހަކަށް ތިހާވަރަށް ޚުޝާމަދު ކުޜީމައި ހުރިހާއެއްޗެއްވެސް އޮޅޭނެ! ލިބޭ ބައިވަރު ގިނަކަމުން ހޭވައްޓާލައިފައި ޚުޝާމަދުކުރޭ! މަވޯޓާހެން!

    26
    2
  6. ގާނުނު

    މީ އަސްލު ދަށު ދަރަޖައިގެ ކަމެއް މިފަދަ މީހުންގެ ސަބަބުން މުއައްސަސާތަށް ބަދުނާމުވަނީ! މިފަދަ ލޭމައްޗަށްދާ މީހުން ނަށް ކުފޫ ހަމައެއްނޫން ތިޔަ ޔުނީފޯމްއެއް މިކަން ބަލާ ފިޔަވަޅު އެޅެންޖެހޭނެ.

    10
    1
  7. ވާގޮނުސްކޮ

    މީވަރަށް ހުތުރު އަދި ރައްޔިތުން،ފުލުހުންނައް ކުރާގަދަރާއި
    އިހްތިރާމް ގެއްލި އަދި އިތުބާރުވެސް ގެއްލޭ ފިނޑިކަމެއް.
    މިއަދު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ މަދުބައެއްގެ މިފަދަ ވިޔާނުދާ އަމަލުގެ ސަބަބުން އޭގެ ހަޑިނަން ލިބިގެންދަނީ މުޅިމުއައްސަސާއަށް. ވަރަށްދެރަ.

  8. ޒީރޯ ޓޮލަރަންސް

    ކީއްކުރާނީ، މިއީ ވަރަށް ދެރަވަރު ލަދުވެތި ކަމެއް. ވެރިންގެ އަމަލްތައް ކޮޕީކުރާނެ ދެންތިބި ބަޔަކު ދިވެހި ހަރު ބަހެއްގަ އޮވޭ، ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮަތަށް ކަމަށް. ބައެއް ވަޒީރުންގެ އަމަލްތައް ހުންނަނީ ކިހިނެއް. ރަށްޔިތުންނަށް ފުރަށްސާރަ ނުކުރޭތަ؟