އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް އެޑިއުކޭޝަން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރުމަށް ހުށަހަޅައިފި އެވެ.

މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީހުގެ މެމްބަރު އަޙްމަދު ތާރިގް(ޓޮމް) ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް، މިނިސްޓަރު އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ވަޒީރުންނާއި ސުވާލުކުރުގެ ނޯޓިސްގައިވާ ގޮތުން ޓޮމް މިނިސްޓަރާއި ކުރަން ބޭނުންވާ ސުވާލުގައި ބުނެފައި ވަނީ އަރަބިއްޔާ ސްކޫލަށް މާލޭގައި އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަކާއި ހަވާލުކޮށްފައިވާ ކަމަށް 2022 އިއުލާނުކޮށްފައިވާ ކަމަށެވެ.

އަރަބިއްޔާއަށް އަޅާ ސްކޫލްގެ ކްންޓްރެކްޓް އަގަކީ ކިހާވަރެއްތޯ އާއި މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯ ޓޮމްގެ ސުވާލުގައި ވެއެވެ. އަދި މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އާއި ސްކޫލްގެ ބޭނުންކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ ވެސް ސުވާލުގައި ވެއެވެ.

ޖަމާލުއްދިން ސްކޫލުގެ ޖާގަ ވެސް އިތުރުކޮށް އަރަބިއްޔާގެ އާ އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށް 168 މިލިއަން ރުފިޔާ އަށެވެ.

އެހެން ނަމަވެސް އެ މަޝްރޫއަށް ފަސް މަސް ވާން ކައިރިވީ އިރު ވެސް އަރަބިއްޔާގެ އާ އިމާރާތުގެ ބިންގާ ނާޅަ އެވެ. އެހެން ކަމުން އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ބެލެނިވެރިން ވަނީ އެމަކާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ. އެ ސްކޫލް އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ އެތަނަކީ ދަރިވަރުން ފޮނުވުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމާ ގުޅިގެންނެވެ.

ފަހަކަށް އައިސް އަރަބިއްޔާގެ ބެލެނިވެރިން ދަނީ އެ ސްކޫލުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަނާ

    ތިޔަމިނިސްޓަރަކަށް ބަލާލިޔަސް އެބައިނގޭ ދީންކިޔަވަދިނުމާ ދެކޮޅުވެރިވާނެވަރު، ރައްޔިތުން ނިކުމެ މިކަހަލުގެ ލާދީނީ މިނިސްޓަރުންނާއި ދައުލަތުގަ އިސްމަގާމުތަކުގަތިބަ މީހުންބޭރުކުރަން އަދިވެސްނުވޭތަ؟؟؟ރައިސާކަށް ހުނަމީހަކަށް އިތުބާރުކޮށްގެން މުޅިގައުމުން ދީނީކަންތައްފޮހެވިގެންމިދަނީ، މިނިސްޓަރަކަސް އެހެންމީހަކަސް ރައިސްނެތޭ އައްޔަންކޮފަ ދައްވެގެން ބުރުގާގަނޑެއްހާ މިންވަރުއަޅައިގެންހުރި،ދަރިންނަށް ތަރުބިއްޔަތުދޭން ހަވާލުވެފަވާ މުއައްސަސާގެ މިނިސްޓަރުވެސް އައުރަނިވާނުކޮށް ދެންކޮންތަރުބިއްޔަތެއްދެވޭނީ މީނަޔަކަށް!