ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްވެސް މީހެއްގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ރިޔާޒް ވިދާޅުވީ ޑްރަގް ޓްރެފިކްކޮށްފައި ތިބި މީހުންގެ ތެރެއިން ގިނަ ދުވަސްތަކަށް ޖަލަށް ލާފައި ތިބި ބައެއް މީހުންނަށް މާފުދީފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ އިމްރާންއަށް ވެސް އެނގިވަޑައިގެންކަން އެނގިފައިވާ ކަމަށާއި އެހެންވެ އެކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި ގޭންގް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކުން އެ ފަރާތްތަކަށް ލިބެން ޖެހޭ އަދަބަށް އޭނާގެ ފަރާތުން ލުޔެއް ނުލިބޭނެ ކަމަށެވެ.

ގޭންގާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އެކަމަށް އަޅާނުލާ ދޫކޮށްލާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއްގާއި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި ތިރުނުވާނެ ކަމަށް ވިދާޅުވިއެވެ.

"މިކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް އަރުވަން. މި މައްސަލަތައް ހަައްލު ކުރުމަށް ފުލުހުންނާއެކު ވަރަށް ގިނަ މަސައްކަތްތައް އަޅިގަނޑު އެބަ ކުރަން. ދާދި ފަހަކުން ހިނގާފައިވާ ބޮޑެތި މައްސަލަތަކެއްވެސް އަލުން ބަލަން އެބަ ދިރާސާ ކުރަން. މީގެ ތެރޭގައި 2021 ވަނަ އަހަރު މަސްތުވާތަކެތި ނައްތާލުމުގެ ތެރޭގައި ދެންނެވިން މި މައްސަލައިގައި ހާއްސަކޮށް މި ޑްރަގ ނެޓްވޯކުގެ ބޮޑެތި މައްސަލަތަކާއި ސިޔާސީ ބައެއް ބޭފުޅުންނަށް އަދި ވިޔަފާރިވެރިންނަށް ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން އެބަ ބައިވެރިވެޔޭ" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މަސްތުވާތެކެއްޗާ ދެކޮޅަށް މަސައްކަތް ކުރިއަށް ގެންދާ އިރު އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާ އިރު ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރެޑްސީ

    ދޮންކަލޯ އިމްރާނޫ. ތިޔައުޅޭ ވިޔާނުދާގޮތް ދޫކޮށްލާ އަޚްލާޤް ރަނގަޅުކޮށް ﷲ އަށް ބިރުވެތިވެބަލަ! ބަފަޔަކު ދަރިޔަކަށްވެސް ނުދޭވަރަށް މި ނަޞީޙަތް ދެނީ !

    25
  2. ޢ

    ގޭންގްތައްތިބީ ސަރުކާރުގެ އެންމެ އެތެރޭގަ

    26
  3. ޟަނޓޭ

    އެހެންވެތަ އެހާ ވަރުއަރާގެން ތިއުޅެނީ

    18
  4. މަށަށްކީއް؟

    ފަހަތަށް ޖެހެވޭނީ ކުރިއަށް ނިކުމެގެންތާ، ގޭންގްތަކާ ދެކޮޅަށް ނިކުންނަންވެސް އިމްރާނުއަށް ނުކެރޭނެ، ފޮނު ނާރުވާ އިސްތިއުފާދީފަ ގޭގަ މަޑުކޮއްލަބަލަ

    22
  5. އަކަ

    ފަހަތަށް ނުޖެހި، އެމީހުން ފަހަތަށް ލައިގެން ތިބީމަވެސް ކަމަކުނުދެއޭ

    16
  6. 😡😡😡

    ޖެހިފަހުރެ ކޮންވާހަކައެއް ދައްކާކަށް

    15
  7. މުރާސިލް

    އިމުރާނެވެ. އަނގަ އޮތިއްޔާއި ވާހަކަ ދެއްކިދާނެއެވެ. ގޭންގުތަކުގެ ކުރިމަތީގައި މިސަރުކާރު އޮތީ ކުޑަކަކޫ ޖަހާފައެވެ. ދުވަހަކުވެސް ގޭންގަކުން ކުރާ ކުށަކަށް މިސަރުކާރުގައި އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތެވެ.

  8. އިއްބެ

    މިޒަމާނުގެ މުނާފިގުންގެ ލީޑަރު ޢިމްރާނު ޢަބްދުﷲ

    11
  9. ނާދިރާތަ

    ކަލޯތީ އެއް ނަމްބަރުގެ މުނާފިޤެއް. ކައްޒާބެއް

  10. ހީހީހަލާކު

    ފާއިތުވި ހަތަރު އަހަރު ނުކުރެވުނު ކަމެއް އިންތިހާބު އަހަރުވީމަ ކުރާނަމޭ ތިބުނަނީ؟ ޖޯކު ކިޔާ ދުވަސްދޯ؟

  11. ޕޮގުބާ

    ތީއޭ ބޮޑުމީހާ ގޭންގުގެ

  12. ޝޮކްތެރަޕީ

    އަދާލަތު ޕަޓީ ހިސޯރު ކޮއްގެން އަބަދަކު ނޫޅެވޭނެ.

  13. ރާއްޖެތެރެ

    މަސްތުވާތަކެތި އެތެރެ ކުރާ މީހާ ވަގުތުން ފޮނުވާލަނީ. ތަހުގީގެއް ނުކޮއް.

  14. ރަން ރީނދޫ

    ފަސް އަހަރު ވީއިރު ކުރެވުނު ކަމެއް ހަރާން. ތިޔަ ކިޔާ ލަވަ ދިވެހިން އަހާ ފޫހިވެއްޖެ.

  15. އިބްރާހިމް

    އިމްރާން އަކީ ހައްދަވައިގެ ތެދެއް ހަދާ މީހެއްނޫން. ތެދެއް ހެދެން އޮންނަ ތަނެއްގައިވެސް ދޮގެއް ނޫނީ ނުހަދާނެ

  16. ކޮޔާ

    ޢަހަރެމެންގެ މާތްނަބިއްޔާއަށް ބަޔަކު ފުރައްސާރަ ކޮށް ޖޯކު ޖެހިއިރު ހަނު ހުރި މީހެއްގެ ކިބައިން އަހަރެމެންނަށް ހެވެއްލިބޭނެ ކަމަށް އުންމީދު ކުރުމަކީވެސް ދެރަކަމެކެވެ.

  17. ހުސެން

    ފޮނިބައިސާ އެހެންވެ ޗޯރު އިބުރޭ ރަށު ހަކުރު ލޯޑަރަކު ދޫކޮށްލީ ދޯ

  18. 2023

    ގަދަބަސް ބުނުން ފިޔަވާ އިތުރު އެއްކަމެއް ވެސް ވާ ބައެއް ނޫން. ހުޅުމާލޭގައި އެބައިގަނޑު އެމީހުންގެ ބާރު

  19. ހުސެން

    މާގިނަ ދުވެހެއް ނެތް ދެން މި ވެރިކަން ނިމެން.ސައިޒުގަ ވާހަކަ ދައްކާ

  20. Anonymous

    އިމްރާނު ގޭންގުތައް ކުރިމަތީ ފަހަތަކަށް ނުޖެހޭނެ. ފިލައި އޮންނަނީ. މިދައުރަށްވުރެ ގޭންގުތަކަށް މިނިވަން ދައުރެއް ނުދެކެން. މިހާރު ވަޅިޖަހަނީވެސް ތަންތަން ލޫޓުވަނީވެސް ފާޅުގައި ރޯމާރޯދުވާލު އެންމެންކުރިމަތީ.
    މިވެސް ސޭހެކޯ. ކުރީގެ އަންހެނުންގެ އާޢިލާއަތުން މަކަރުން ފޭރިގަތް ފުލެޓް ކޮބާ. އެއީވެސް ގޭންގާއި ގުޅިގެން ހޯދާފައިވާ ނުހައްގު މުދަލެއް.

  21. ލޮލްބޮލް ނޫ

    އެމް ޕީ އެއްގެ ދަރިއަކާޖެހުނީމަ ބޮނދާ އޮތްހޮރުން ބޯދިއްކޮށްލަން ނުކެރި އޮތީ ކާކު؟ އަހަރެން ކާކުު؟ މީނާ ކާކު؟ .

  22. ޜަޡް

    ތިޔައީ އަޑެއް ކަންވާނީ ދިމާ އިދިކޮޅ
    މިހާރު ބާރުލިބިފަ ތިހިރީ ރައޔޮތުންގެ މުދަލާ ފުރާނަ ސަލާމަތް ކުރެެވޭތަ. ކަންނުވަންޏަ އިސްތިއުފާދިނީސް ރަގަލު މީހެއްނަމަ.