ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެމަނިކުފާނަށް ތާއިދު ކުރާ ރައްޔިތުން މަޖިލީހުގެ މެންބަރުން ޔޫރަޕްގެ ސަފީރުންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

ބައްދަލުވުމުގެ ތަފްސީލެއް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ހިޒް އެކްސެލެންސީ ދެނިސް ޗައިބީ އާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރެއްވި ކަމަށެވެ.

މަޖިލީހުން އާއްމު ކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު ބައްދަލުވުމުގައި ތިއްބެވީ ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީން އާއްމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ އެވެ.

ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އަލީ އާޒިމް، އިމްތިޔާޒް ފަހްމީ (އިންތި)، ހަސަން ލަތީފް އަދި އިލްޔާސް ލަބީބް އެވެ.

ބައްދަލުވުމުގައި ދެކެވުނު ވާހަކަފުޅުތަކާއި ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

ނަޝީދު އިސްވެ ހުންނަވައި ނަޝީދުގެ ފެކްޝަނުން ޔޫރަޕްގެ ސަފީރުންނާއި ބައްދަލުކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ހިންގަވާ ގޮތުން ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދު ނުކުރާނެ ކަމަށް ވެސް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރުގާ

    މަ އޭރުވެސް ބުނިން ތީ ރައްޔިތުންގެ މަޖިލީހެއް ނޫނޭ. ތީ ކެނެރީގޭ މަޖިލީހޭ..

  2. ބުއްޅަބޭ

    މީމީނަގެ ގެތަ؟ އަމިއްލަ ކަންކަމަށް މަޖިލިސް ބޭނުން ކުރުމަކީ ކަރަޕްޝަން. މަޝްވަރާކުރަން މަޖިލިސްބޭނުމެއް ނުކުރެވޭނެ. ނިކުމޭ ތިތަނުން. ތީ ރައްޔިތުންގެ މަޖިލިސް. ނަޝީދުގެ އައުވާނުން ނުވަތަ އެއްވެސް ޕާޓީއެއްގެ ވާރުތަ މުދަލެއްނޫން.

  3. މުޙައްމަދު

    ރައީސް ނަޝީދުގެ ޕެކްސަނަކަށްވެސް ރައީސް ސޯލިހުގެ ފެކްސަނަކަށްވެސް ތިޔަކަހަލަ ކަންކަމަކަށް ބޭނުމެއް ނުކުރެވޭނެ. މޮޔަފުޅުވީތޯ؟ ތީރައްޔިތުންގެ މަޖިލިސް. ކެނެރީގޭގައި ބައްދަލުކުރިނަމަ މި ކޮމެންޓެއް މަށެއް ނުލިޔާނަން

  4. Anonymous

    ނަޝީދު ފެކްޝަނުން ރައްޔިތުންގެ މަޖިލިސް ބޭނުން ކުރަނީ ކޮންހައިސިއްޔަތަކުންތޯ، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން !

  5. ބަރުގޮނު

    ތިއީ ހަމަ ފިކުރެއްގެ ތެޅުން. ތިޔަ ތެޅުމުގައި ލައްކަ ގިނަ މަންޒަރު ދައްކާނެ. ސަރުކާރުގެ ބަލިފައި ދެއްކުމުގައި އަވަދިނެތި އުޅޭނެ.

  6. ވާނުވާ

    މި ކަލޭގެ އަމިއްލަބޭނުމަށް ރައްޔިތުންމަޖިލިސްގެ އިދާރާ ބޭނުންކުރާކަން އެއްވެސް މިހަކަށް އިގިފައިވޭތަ ؟؟؟؟ މިކަލޭގެ އަމިއް ފެކްޝަނުގެ މީހުންގޮވައިގެން އެހުރީ ކޮންތާކުތަ؟؟