އަންނަ ހުކުރު ދުވަހުގައި އިދިކޮޅުން މުޅި ރާއްޖޭގައި އިހުތިޖާޖެއް ބާއްވަން ނިންމާފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހުޅުވާލައިގެން އިހުތިޖާޖެއް ކުރިއަށްގެންދާނެ ކަމަށް އިއުލާންކޮށްފައެވެ.

އެގޮތުން، އެ ޕާޓީން ވަނީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގެ ސްޓިއަރިންގ ކޮމެޓީތަކަށާއި ދާއިރާތަކުގެ ރައީސުންނަށް ގޮވާލާފައިއެވެ. މި ހަރަކާތް ރޭވިފައިވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަރ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް މިނިވަންކުރުމަށް ޚިޔާލު ފާޅުކުރުމުގެ ގޮތުންނެވެ.

މި ހަރަކާތަށް ޚާއްސަކޮށް އެ ޕާޓީން ވަނީ ޚާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ. އެގޮތުން، އެ ކޮމެޓީ ހިންގުމުގައި ހިމެނޭ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއު ވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި މި ހަރަކާތް ކުރިއަށްދާނެ ކަމަށް އިއުލާންކޮށްފައެވެ.

މާލެ ސަރަހައްދުގައި ރަސްފަންނުގައި މި ހަރަކާތް ބޭއްވަން ނިންމާފައިވާއިރު، އިދިކޮޅުން ވަނީ ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް މި ހަރަކާތާއި އެއްކޮށް މާހެފުމެއްވެސް އިންތިޒާމްކޮށްފައެވެ.

އިދިކޮޅުން މިފަހަރުގެ އިހުތިޖާޖު އަތޮޅުތެރެއަށްވެސް ހުޅުވާލާފައިވާއިރު، އެ ޕާޓީން ދަނީ ކޮންމެ ރެޔަކުވެސް މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކުގެ ތެރެއިން ވަރަށް ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައި ވެއެވެ. އަދި ބަޔަކަށް މި އިހުތިޖާޖުތަކުގެ ތެރެއިން ވަނީ އަނިޔާތަކެއްވެސް ލިބިފައެގެ.

އަދި މި އިހުތިޖާޖުތައް ރޯދަ މަހުގައިވެސް ކުރިއަށްދާނެ ކަމަށާއި އެހެން ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި އެ ހަރަކާތް މެދުކަނޑާލާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ޔާމީން 11 އަހަރަށް ޖަލަށްލީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަސްތޭ

    ހެހެހެ މިވެރިން މި މޮޔަވަނީ ކޯޓުންކޮށްފަ އޮޠް ހުކުމެއް ބާތިލްކުރަން . . އެވެސް ޤައުމުގެ ވެރިކަމުގަ ހުރެގެން ވައްކަށް ކުރީމަ . . ކޯޓުގެ ހުކުމްތަށް މަގުމަތިން ބާތިލް ކުރަންޏާ ކޯޓުތަށް އުވާލަންވީނު . .ކޮންމެހެން ކަލޭމެން ބޭނުންވާގޮތަކަށް ނޫދޯ ހުކުމް ކުރަން ޖެހޭނީ ، ، މީހަކު އަޖައިބުވެދާނެ . .

    1
    3
    • އަޖއިބު

      އަޖައިބަކީ ފާޅުގަ އެންމެން ކުރިމަތީގަ ޔާމިނަށް ހުކުމް ކުރާއެންމެން ޕްރޮމޯޓް ވާއިރުވެސް ތި ވާނުވާނޭނގޭމީހުން އަތްޖަހާތީ.... އަޖައިބަކީ މަހާޒްގެ ބަތް ޕާރުސަލް ފަހަތުން އުޅުނީމަ..އަޖައިބަކީ ހައިލަމް ކަނޑާލީމަ... އަޖައިބަކީ ސުޕްރީމް ކޯޓުން ފާޅުގަ އަދީބުއާ ޒިޔަތުގެ ހެކި ނުނެގޭނަކަމަށް ބުނެފަ އޮށްވާ ދަށުކޯޓަކުން އެހެކިނެގީ.... އަޖައިބަކީ އަދީބު އަދިވެސް އެހުންނަނީ ގޭގަ ، ވަރަށް އާދައިގެ މެޝިނެއްނުލިބިގެނޯ.... އަޖައިބު އެނގިއްޖެ

  2. އަޙުމަދު

    އެކަމް ސްޕްރީމްކޯޓުން ރައީސް ނަޝީދު އާއި އަދީބާއި ދެނާޒިމް އާއި އިމުރާނާއި ދޫކޮށްލަން ޙުކުމް ކުރީމަ އެޙުކުމް އޯކޭ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަތީ މަރުހަލާގެ ކޯޓަކުން ދަށުކޯޓުން ނުވަތަ ހައިކޯޓު ނުވަތަ ސްޕްރީމްކޯޓުގެ ޙުކުމެއް ބާތިލު ކުރާނަމަ ނުވަތަ ހުކުމެއް ތަންފީޒް ކުރަމުންދާ ފަރާތެއް ދޫކޮށްލަން ޙުކުމް ކުރާނަމަ އެންމެ ކުޑަމިނުން ގަޟިއްޔާގެ ނަންބަރަށް ނުވަތަ ގަޟިއްޔާއަށް ހަވާލާދޭނެ އެކަމަކު 1 ފެބުރުއަރީ ގެ ހުކުމުގައި އެބައެއްނެތް،އެހުކުްމް ތަންފީޒް ކުރަން ގޮވާލި ހަނދާން މިހާރު ހުރި އެކަކުވެސް ނެތް.