ފުލުހުންގެ ކާރެއްގައި ޖެހުމުން މަޑުނުކޮށް ދިޔަ ކުޑަ ކުއްޖަކު ބަހެއްގައި ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ ކާރެއްގައި ފަހަތުން ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓް ވުމުން މަޑު ކުރަން އެންގުމުން ވެސް މަޑު ނުކޮށް ދުއްވާފައި ދަނިކޮށް ސިނަމާލޭ ބްރިޖް މަތިން ބަހެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެމްޓީސީސީގެ ބަހެއްގައި ސައިކަލުން ޖެހި މިއަދު ހަވީރު 18:31 ކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވީނަމަވެސް، ބަހަށާއި ފުލުހުންގެ ކާރަށް އަދި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވަން ހުރީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަފީގް

    ފުލުހުންގެ ކާރެއް ނޯންނާނެ ކާރަކީ ދިވެހި ރައްޔިތުންގެ ވެހިކަލެއް ފުލުހުންނަކީ މި ގައުމަށް މިވަގުތު ބޭނުންބައެއްނޫން އެއްވެސް ސަރުކާރެއްގެ ފުލުހަކު ސިފައިންގެެ މީހަކު ނުހުންނާނެ އެމީހުންގެ ހުރިހައި ކަމެއް ނިންމަދެނީ ދިވެހި ރައްޔިތުން ކަން ނޭގުމަކީ އެމީހުންގެ މޮޔަކަން

    16
    31
    • ޙަސަނަ

      ހާދަ މޮޔަ ވާހަކަ އެއް ދހި ބުނީ

      14
      2
    • ޗަކޮ

      ތިހެންޔާ ކަލޯ ކާފަ ކާރުގައި ޖެހުނީ. ބަހަކީ ކަލޭ ކުންފުނި ބަސް. ދެންވެސް މަޑުނުކޮށް ދިޔަ މީހާގެ ހައްގު ހޯދަން ކަލޯ ދުވެބަލަ. މާދަމާ ކަލޯ ގައިގާ ޖެއްސިޔަސް ތިހެން ހުންނާތި ކުށްކުރިމީހާގެ ދިފާއުގައި

      23
      • ޖާނު

        ދިވެހި ރައްޔިތަކަށް ވެފައޭ ފުލުހަކަށް ވީ ހަޖަމް

    • ނަންނި

      ދެ ފުލުހުންނަކީ ކޮންބައެއް. އެމީހުންވެސް ވަނީ ރައްޔިތަކަށް ފުރަތަމަ. ކޮންމެ ރައްޔެތަކު ދައްކާ އެއްޗެއް އެމީހުންވެސް ދައުލަތަށް ދައކަންޖެހޭނީ

      14
      1
    • މަޓޭ

      ޗަކޮއެ ކޮށްކޮދޯ ފިލަންވެގެން ބަހުގައެޖެހުނީ

    • ބިސް

      ރަގީފް ތީ ހަމަ ބިހެއް

  2. އަހަންމަދުު

    ތީނަޔަށް ތިސައިކަލު ދިން މީހަކަށް ރަގަޅު އުގޫބާތެއް. ދައްކަން ޖެހޭ.

    28
    1
  3. ދަރަނި ދަންތުރަ

    ޢެއްބަޔަކަށް ތިޔަސޮރު ވާނީ ގައުމީ ބަތޮލަކަށް ، ތިޔަސޮރުގެ މަންމަ ޔާ ބައްޕަ ކޮބައިބާ 18 އަހަރު ނުފުރޭ ކުއްޖަކަށް ސައިކަލްދިން މީހާއަށް ރަނގަޅު ފިލާވަޅެއްދޭތި ފުލުހުން

  4. ބަބޫ

    މިހާރު އޮންނާނީ އެކަކޭގެ ގޭގަ ނިދަން. ކޮށްމެވެސް ސިޔާސީ މީހެއްގެ ދަރިޔަކަށް ވާނީ.

  5. އަހައްމަދޫ

    އެއްކަލަ ކުދިންތައް. ނުކުރާކަށްކަމެއް ނޯންނާނެ. އެކަމަކު ފިޔަވަޅެއް ނޭޅޭނެ "ކުއްޖެއް" ވީމަ