ހުޅުމާލޭގައި ޓެކްސީއެއް ތެރޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ އަދުހަމުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ހައްޔަރުކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 19 2019 ގައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފައެވެ. ތަހުގީގު މަރުހަލާގައި އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެސް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވިއެވެ. އެކަމަކު އަވަސް ނިޔާގެ އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދުހަމް ބުނި ގޮތުގައި ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އެ ކަމަށް މަޖުބޫރުކޮށްގެނެވެ. އަދި ފުލުހުން އޭނާ ޝަރީއަތަށް ގެންދަނީ ވެސް މަސްތުގެ ހާލުގައި ކަމަށް ބުންޏެވެ. އެކަމަކު ފުލުހުން މި ތުހުމަތުތައް ދޮގުކުރެއެވެ.

މިމައްސަލައިގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވަވާ ކަމަށެވެ.

އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޤާޒީ ވިދާޅުވިއެވެ.

ގާޒީ ނަދީމް ވިދާޅުވި ގޮތުގައި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށްފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް އެވެ.

ޤާޒީ އިތުރަށް ވިދާޅުވީ ހަމަލާދިން ވަގުތު އަދުހަމް ހުރީ މަސްތުވެގެން ކަމަށް އޭނާ ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަސައްކަތްކުރީ ފޭރެން ކަމަށްވާތީ އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާސިމް މަރުވީ އޭނާގެ ކަރަށް ލިބުނު ޒަހަމްތަކުން ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގޭއިރު، އެކަމާ މެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި އަދި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާ ނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުށަށް އިއުތިރާފްވީ މަސްތުގެ ހާލުގައި ހުއްޓާ މަޖުބޫރުކޮށްގެން ކަމަށް އަދުހަމް ކުރިން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ތަހުގީގުގައި ކުށަށް އެއްބަސްވުމަށްފަހު އަދި ދައުލަތާ އެކު އަދަބު ލުއިކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އަދި ފަހުން ކޯޓުގައި އެކިފަހަރު ކުށަށް އެއްބަސްވެފައިވާތީ އޭނާ ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.

ހުކުމް އިއްވަމުން ދިޔައިރު، ކަރެކްޝަންސްގެ ޖަލު ހެދުމުގައި ކޯޓަށް ހާޒިރުކޮށްފައި އިން އަދުހަމްގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ.

އަދުހަމުގެ މައްޗަށް ގާސިމް މަރާލިކަމުގެ ކުށް ސާބިތުވުމުންް އޭނާއަށް އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންނެވެ. ދައުލަތުން ބުނިގޮތުގައި ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިއްބެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ގާސިމް މަރާލި އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލޯ

    އަހަރެމެންގެ ދަރިންނާ އެމީހުންގެ މުސްތަގުބަލަށް ޓަކާ މީނާ މަރާލަދީ!

    11
    • އެސޮރު

      ހަގީގަތުގެއިވެސް ހަމަ މަރައް މަރު ހިފަންވީ

  2. ބުހުތާން

    ތިކަހަލަ މީހުންނަށް މަރުގެ އަދަބު ދެވެން އެބަޖެހޭ.. އެހެންނޫނީ ރައްޔިތުން ފައިސާއިން މިކުރަނީ ބޭކާރު ޚަރަދެއް...ތިކަލޭޭގެވެސް ޖަލުގައި ބަހައްޓާފަ ރަނގަޅަށް ކާންދީ ދައުލަތުގެ ޚަރަދުގައި ބޭސްވަރުވާ ކުރުމުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި އެބޭނުން ކުރެވެނީ....

    12
  3. ހައްޗެ

    ދެން ތީއްޗަކައް އަހަރެމެންގެ ޓެކްސް ފާއިސާއިން ކާންދީ ގެންގުޅޭ.

  4. ނަވްބެ

    މި ރާއްޖޭގައި ﷲ ގެ ޙުކުމަށް ޙުކުމް ކުރުމުގެ މިސާލަކީ ކަންނުވެ ނަންވުން............... ސާފުތޯ ހުރިހާބޭފުޅުންނަށް....
    ޙުކުމް ކުރަނީ ވާރިސުން އެދޭގޮތަށް މަރަށް މަރު އެކަމު ލަނީ ޖަލަށް. ވާރިސުންނަށް ވެސް ހަރާންކޯރު، ހެއްދެވި އިލާހުގެ ޢަމުރުފުޅަށްވެސް ހަރާންކޯރު.....
    ކަލޭމެން ބޮނޑިބޯ ދުވަސްވަނީ ވަރަށް ގާތުަގައި...