ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ އިބްރާހީމް ވަޙީދު (މަދަނަ އިބުރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

އިބްރާހިމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިބްރާހިމް ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބެވެ. އޭނާ ވަނީ 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވާފައެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރާހިމް ވަހީދު ވަނީ ފުރުއްވާފައެވެ.

އަދި ފެނަކަކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ. މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވުސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓެރީގެ މަޤާމުވެސް އިބްރާހިމް ވަހީދު ފުރުއްވާފައިވެއެވެ.

އިބްރާހިމް ވަހީދު އާއިއެކު ހަތް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބަވާނެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަކީ ވެސް މިނިސްޓަރުންގެ ފެންވަރުގައި އެމަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުންނަށް ވެސް މިނިސްޓްރީތައް ހިންގަވަން ތިއްބަފާ މިނިސްޓަރުންނަށް ލިބޭވަރުގެ މުސާރައެއް ލިބެއެވެ. އެއީ -/57500 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިކި ކިރު

    ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި އިސްރާފު ކުރަން ހެޔޮ ނުވާނެ. ރައްޔިތުން މިހިރަ މިހިރަ ކަންކަން ވަރަށް ގާތުން ބަލާނެ. 2023 ގައި ބޮޑު މަންޒަރު ރައްޔިތުން ދައްކާނެކަން ޔަޤީން.

    8
    1
  2. ބާރައް އަތްޖަހާ

    ވެރިކަންނިމެން ކައިރިވީމާ ވަޒީފާދޭންޖެހި މިހާތަނައް ނުދެވިތިބިމީހުންނައް ވަޒީފާ ބަހަންފެށީ ސާބަސް

    3
    1