"ވަގުތު"ގެ ޗީފް އެޑިޓަރ މުޝައްރަފް ހަސަން ދީދީގެ ބޮޑުދައިތަ އައްޑޫ ސިޓީ ހިތަދޫ އާޒާދީގެ އާމިނަތު ދީދީ (މޮހޮދަރަހާގެ އާމިނާދީ) ވަނީ މިއަދު ނިޔާވެފައެވެ.

އާމިނާދީ ނިޔާވުމާ ގުޅިގެން މުޝައްރަފް ހަސަންގެ އާއިލާއަށް ލިބިފައިވާ ހިތާމާގައި "ވަގުތު" އާއި "ވަގުތު" މުވައްޒަފުން ބައިވެރިވަމެވެ. އަދި އާމިނާދީ އާއިލާ މެންބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

އާމިނާދީ އަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހްގެ މަންމަ އެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ އާމިނާދީގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

އާމިނާދީގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރުނަމާދަށް ފަހު ފަހު އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް ބާޤިޔާތުއް ޞާލިޙާތު (އިބިރިމް މަނުކާނު މިސްކިތް - މެދުވައު) ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދާލަތު

    މާތްﷲ އާމިނަތު ދީދީގެ ފާފަ ފުއްސަވައި އާމިނަތު ދީދީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާމިނަތު ދީދީގެ ޢާއިލާޔަށް ކެތްތެރިކަން ދެއްވަވައި، ދުޅަހެޔޮކަން ދެއްވާށި. އާމީން