ސަންގު ޓީވީގެ ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަންމަ ފާތިމަތު އިބްރާހީމްދީދީ ނިޔާވެއްޖެއެވެ.

ފާތިމަތު އިބްރާހިމް ނިޔާވުމާއި ގުޅިގެން އާއިލާއަށް ލިބިފައިވާ ހިތާމާގައި "ވަގުތު" އާއި "ވަގުތު" މުވައްޒަފުން ބައިވެރިވަމެވެ. އަދި ފާތިމަތު އިބްރާހިމްގެ އާއިލާގެ މެންބަރުންނަށް ތައުޒިއާ ދަންނަވަމެވެ.

ފާތިމަތުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު ހުޅުމާލެގައެވެ.

"ވަގުތު" މުވައްޒަފުންގެ ދުއާ އަކީ ފާތިމަތުގެ ކުށް ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމެވެ. އަދި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މެމްބަރުން ނުލިއުއްވާ ޢާއިލާއަށް ނޫނީ ޢާއިލާގެ ބޭފުޅުންނަށް ލިޔުއްވުން ރަނގަޅު ގޮގެއް