ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު އުސްމާން ހަމަޖައްސައިފިއެވެ.
އެ މަގާމަށް ސުޖާއު އުސްމާން ހަމަޖެއްސެވީ މިއަދުއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
ސުޖާއު އުސްމާން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ 2015 ވަނަ އަހަރުއެވެ.
ﷲ އަށް ބިރުވެތި ވާށެވެ. އަދި އިންސާފުން އެއްކިބާ ނުވާތި. މީހެއްގެ ތާއީދު ލިބިގެން ލިބުނު މަގާމެއްކަމުގައި ތިބާ އަށް ހީކުރެވުނަސް އެއީ ތިބާ ގެ އިމްތިޙާނަކަށް މާތްﷲ މިންވަރު ކުރެއްވި ކަމެއްކަމުގައި ދަންނާތި.