އެމްއެންޕީއާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން އިންތިޒާމް ކުރި ޕީއެސް 5 ފީފާ މުބާރާތުގެ ޗެމްޕިއަންކަން ބައުންޓީ ހަންޓާސް ނަގައިފިއެވެ.

ރޭ ނިމިގެން މިދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ހަވާލް ކޮއްދެއްވާފައިވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ. ރަނަރަޕް ހޯދި ޓީމަށް އިނާމް ހަވާލު ކޮއްދެއްވާފައިވަނީ ޕާޓީގެ ނާއިބު ރައީސް އަހުމަދު އުޝާމްއެވެ. އަދި 3 ވަނައާއި 4 ވަނަޔަށް އިނާމް ހަވާލު ކޮއްދެއްވީ ޕާޓީގެ ނާއިބް ރައީސް ދުންޔާ މައުމޫންއެވެ.

މީގެ އިތުރުން 5 ވަނައިން ފެށިގެން 8 ވަނަހޯދި ފަރާތާ ހަމަޔަށް އިނާމް ހަވާލު ކޮއްދެއްވީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފްއެވެ.

މި މުބާރާތުގެ ވަނަތައް ހާސިލް ކޮށްފައިވާ ފަރާތްތަކަކީ:

  • ބައުންޓީ ހަންޓާސް - ޗެމްޕިއަން ޓީމް
  • A2 - ރަނަރަފް
  • ސްކިލް އިޝޫ - ތިން ވަނަ
  • ބާބެރު ޓޮއްޓޮއް - ހަތަރު ވަނަ
  • އެފްސީ ދޮއްޓިމަސް ޕްރައިމް - ފަސް ވަނަ
  • ވައިޑީޕީ - ހަ ވަނަ
  • ސެވޭޖް ރިޕަބްލިކް - ހަތް ވަނަ
  • އިއްޕެ އެފްސީ - އަށް ވަނަ

މި ރަސްމިއްޔާތު ނިންމާލީ އެޕާޓީގެ ރައީސް ހުރިހާ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނާޒިމްގެ ވާހަކައިގައި ވިދާޅުވީ، އެމްއެންޕީ އަކީ އަބަދު ވުސް ޒުވާނުންނަށް މިކަހަލަ ގިނަ ފުރުސަތުތަކެއް ހޯދާދޭނެ ޕާޓީއެއް ކަމަށެވެ. ޒުވާނުން އެއްރޫހެއްގައި މި މުބާރާތް ކުރިޔައް ގެންދިޔަ ކަމީ ނުހަނު ހިތްހަމަޖެހި ވަޑައިގެން އަދި އުފާކުރެއްވި ކަމެއްކަމުގައި ނާޒިމް ވިދާޅުވަމުންނެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރޝިޕްއާއި ގިނަ ޒުވާނުންވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލީ 580 ބައިވެރިންނާއެކުއެވެ.