ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ތ.ވޭމަންޑޫ އާ ތި.ކިނބިދޫ ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ދެއްވަން ހައުސިން މިނިސްޓަރ އަސްލަމް ދެކޮޅު ހައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެކަމާ ގުޅިގެން ސުވާލުކުރެއްވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ކުރިން ރޭވިފައި އޮތަސް، އެ ތާރީޚުގައި ނުފެށޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ޓެންޑަރ ކުރެވޭނެ ކަމަށެވެ.

މަސައްކަތުގެ ޑިޒައިނާ، އަގާ ބެހޭގޮތުން މިނިސްޓަރ ދެއްކެވި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް މިއަހަރު ފެށޭނެ ތާރީހެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ. އެހެންކަމުން، ރިޔާޒް ވަނީ މިނިސްޓަރާ އިތުރަށް ސުވާލު ތަކުރާރުކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ، މި މަޝްރޫއަކީ ރައީސް ޞޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެ ދެ ރަށުގެ ރައްޔިތުން ރައީސް ސޯލިހަށް 2018 ރިޔާސީ އިންތިހުބުގައި ވޯޓުދިން ސަބަބުތަކުގެ ތެރޭގައި މި ވައުދު ފުއްދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މިއީ މި ދެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރ ވިދާޅުވީ ރައީސް ސޯލިހުގެ ވައުދަކަސް، އެވައުދު ނުފުއްދި އޮތީ ކަމަށެވެ. އަދި މަޝްރޫއުގެ އަގު ބޮޑުވެގެން އަގު ކުޑަކުރުމަށް ޑިޒައިނަށް ގެނެވިފައިވާ ބައެއް ބަދަލުތައް ކަމަށް ވިދާޅުވެ އިތުރު ވާހަކަތަކެއް ވިދާޅުވެދެއްވިއެވެ.

އެގޮތުން ޕައިލްކުރުމުގެ ބަދަލުގައި ބްރިޖް ސެކްޝަން ތަކަކާއި، އައިލެންޑް ސެކްޝަންތަކެއް ލުމާއި، އޭގެ އިތުރުން، ބިން ހިއްކުމުގެ ބައި ތަކެއްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ރިޔާސީ ވައުދެކޭ ވިދާޅުވެ، ވައުދު ނުފުއްދުނީއޭ ބާރަށް ބުނެވޭނެ ކަަމަށެވެ. އެ

ނަމަވެސް، މަސައްކަތް ރޭވިފައިވާ ގޮތާއި، މި ދައުރު ތެރޭ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަމެއް، އަދި ޔަޤީން ތާރީހެއް ވިދާޅުވެ ދެއްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނަނީ އަންނަނީ

    މަސައްކަތް ސްލޯ ވިޔަސް ބޯކޮށް ވޯޓު ލިބެންޔާ އެވީނު
    ހަމަ އަންނަނީ އަންނަނީ ކިޔާލަ ކިޔާލާ ތިބެފާ ހުރިހާ އިންތިހާބެއް އެބަ ނަގާ

  2. ފަގީރު ކޮއި

    ވޯޓު ލިބެޔޭ ކަމެއް ނުކުރިޔަސް

  3. ހުސޭނުބޭ

    އެ ދެރަށުގައި ތިބޭނެ އެކަން ނުފެންނަ ރައްޔިތުން. 500 ރުފިޔާގެ ނޫޓެއް ދިނީމާ އެމްޑީޕީއަށް ވޯޓުދޭނެ

    • ދޮނާ

      ގިނަވާނީ އެބައި ،،.

    • އަންދާޒާ

      ތައް ދޯ އިންގެނު