މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފިއެވެ.

މާލޭގެ މަގުތަކުގައި ބުޅާ އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން ތަފާތު އެތައް ބަލިތަކެއް އާންމުވަމުން ދާކަމުގެ ޝަކުވާ ރައްޔިތުން މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކުގެ ސަބަބުން މީސްމީޑިއާގެ ޒަރިއްޔާއިންވެސް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރެެއެވެ.

ވަރަށް މުހިންމު ކަމެއް މިކަމަކީ ކުރަން. ވަރަށް ސިމްޕަލްކޮށް އެކަމަކުވެސް ނަތީޖާ ނެރެވޭނެގޮތަށް ޓޭބަލްކުރެވި އަންނަ ހަފުތާއަށް އިދާރީ ކަންކަން ނިންމަވައިދެއްވުމަށް އެދެންމާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އެންވަޔަރމެންޓް ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު، ވީހާވެސް އަވަހަކަށް "ކެޓް ނިއުޓާ ފެސިލިޓީ" އެއް ޤާއިމުކުރުމާ މެދު ގޮތެއް ކަނޑައެޅި އަމަލީ މަސައްކަތް ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ނިމިދިޔަ އަހަރުގައި ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، އެ ކައުންސިލުން ވަނީ ކެޓް ނިއުޓާ ފެސިލިޓީގެ ކުރެހުމެއްވެސް ކުރަހާފައިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ބުޅާގިނަވެ އާއްމުންނަށް އޭގެ ދަތިތަކާއި ކުރިމަތިވެފައިވާތީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަން ޖެހުނީ އެކަމުގައި ޒިންމާވާން ޖެހޭ ސަރުކާރުގެ އިދާރާތަކުން އެކަން ނުކުރުމުން ކަމަށެވެ.

މާލޭގައި ބުޅާ ގިނަވެ އާއްމު އުނދަގުލަކަށްވެފައިވާތީވެ އެކަން ހައްލު ކޮށްދިނުމަކީ މި ސަރުކާރުން ވެފައުވާ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އޮތީ ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙ

    ބަލި ފެތުރެނީ ހަމަ އެކަނި ބުޅަލުން ދޯ
    މަގު މަތީގަ ހުންނަ ކުނި ފުނި ތައް އޯކޭ
    މަގަށް ކުޅު ޖަހާ ކުޑަ ކަމު.ގޮސް ބޮޑުކަމުގޮސް ހޮޑުލާ ބަޔަކުވެސް އުޅޭ