ރާއްޖެއާއި ސާބިއާއާ ދެމެދު ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަަށްފަހު ކުރެއްވި ޓުވީޓެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާރބިއާގައި ތަމްރީނުވެ ތަޖުރިބާ ހޯދުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވަނީ މިދިޔަ އަހަރުވެސް ސާބިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ޝާހިދުގެ މި ފަހަރުގެ ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންޓެލްކޮމިނިޓީ

    އެންމެ ގިނައިން ދިވެހިން ދަތުރުދާ ތަން ތީ. އަސްލު ތީ މަނީ ލޯންޑަރިން ނަމަކަށް ކޮންމެސް އެއްޗަކު ސޮއި ޖަހާލަނީ

  2. ހިކި ކިރު

    ރައްޔިތުންގެ ފައިސާ ތަލާ ބުރުއްސާ ފޮރިން މިނިސްޓަރަކު މި ނޫނިއްޔާ ނުދެކެމު!