ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް، ނެސޯ ވަގުތު ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލް މެޗު އޮންނަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފްގެ ސިފްކޯގެ އެހީތެރިކަމާ އެކު، އަދި "ވަގުތު" އޮންލައިނުން އިންތިޒާމުކޮށްގެން ބާއްވާ ހަވާ އެރުވުމުގެ އިވެންޓް އޮންނާނީ ހިތަދޫ މަނިކު ދަނޑު ސަރަހައްދުގައެވެ. ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ އެ ރޭ 11:00 އާއި 11:30 އާ ދޭތެރޭގެ ވަގުތެއްގައެވެ. ހަވާ އަރުވަން ނިންމާފައި ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލު ކުރުމަށް ފަހުއެވެ.

ހަވާ އެރުވުމުގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް އެ ރޭ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިއީ މި ފަހުން، އައްޑޫ ސިޓީގައި ހަވާ އަރުވާ ފުރަތަމަ ފަހަރެވެ.

"ވަގުތު" އިން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ވަގުތު ފުޓްސަލް ޗެލެންޖުގެ މިފަހަރުގެ ފައިނަލްގައި ބައްދަލު ކުރާނީ އެފްސީ އުސްގަނޑަ އާއި މައިލޯ ސިޓީ އެފްސީއެވެ. އުސްގަނޑަ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ 2-0 އިން ފްރެންޑްސް ކްލަބް ބަލިކޮށްފައެވެ. މައިލޯ ސިޓީ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ 10-1 އިން ފުވައްމުލަކު ހޯދަޑު ބަލިކޮށްފައެވެ.

އުސްގަނޑަ ޓީމުގެ ކުޅުންތެރިން.:ވަގުތު އިމޭޖެސް:އަބްދުالله އަބީދް

މުބާރާތުގެ ތިން ވަނަ ހޮވާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެރެއެވެ. އެ ރޭ 8:30 ގައި ބައްދަލު ކުރާނީ ފްރެންޑްސް ކްލަބާއި ހޯދަޑު އެފްސީއެވެ.

އުސްގަނޑަ އެފްސީ އާއި މައިލޯ ސިޓީ ބައްދަލު ކުރާ ފައިނަލް މެޗު ކުޅޭނީ ހަމަ އެ ރޭ 9:30 ގައެވެ. އުސްގަނޑަ އިން ފައިނަލާ ކުރިމަތިލާ އިރު، އެ ޓީމު އަމާޒު ހިފާފައި ވަނީ މުބާރާތުގެ ތަށި މިލްކު ކުރުމަށެވެ. އެންމެ ފަހުން ބޭއްވި ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައި ވަނީ އުސްގަނޑައެވެ. އަނެއް ކޮޅުން، މައިލޯ ސިޓީން ނުކުންނަނީ އުސްގަނޑަ އަށް ތަށި މިލްކުވިޔަ ނުދިނުމަށެވެ.

މައިލޯ ސިޓީގެ ކުޅުންތެރިންނާއި ސަޕޯޓަރުން. -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މި މުބާރާތުގައި އުސްގަނޑަ އަށް ކުޅޭ މަޝްހޫރު ބައެއް ކުޅުންތެރިންގެ ތެރޭގައި އަޔާޒް އަހުމަދު (އަޔާ)، އިސްމާއިލް ފާތިހް (ތާޑޭ) އާއި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބް އީގަލްސްގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ސާމިން މުހައްމަދު ނަސީރާއި މުހައްމަދު އައްޒާމް ހިމެނެއެވެ. މި ކުޅުންތެރިންގެ ތެރެއިން އަޔާ އަށް ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އެއީ ސެމީ ފައިނަލްގައި ދެ ރީނދޫ ކާޑާ އެކު، ރަތް ކާޑް ދެއްކުމާ ގުޅިގެންނެވެ.

މައިލޯގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ތެރޭގައި އަލީ ހާފިޒް (ހާއްޕެ) އާއި ހުސެއިން ޝަރީފް (އޮންލީ) އާއި އިސްމާއިލް ވަޖީހް (ވައްޖެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) އާއި ހާޒިމް ފައުޒީ އެވެ.

ވަގުތު ފުޓްސަލް ޗެލެންޖަކީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫ މަނިކު ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ކުޅެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ވެސްމެއެވެ.

މިފަހަރުގެ ފުޓްސަލް މުބާރާތުގައި 12 ޓީމަކުން ބައިވެރިވިއެވެ. ސެމީ ފައިނަލަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މެޗުތަކުގައި ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.

އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަނޔޭ

    އައްދެ، ތިލިބުނީ ކޮތަޅު ސޯލިހުއައް އައްޑޫ މީހުންގެ %100 ތާއީދު. ވަރައް ސިންޕަލް!

    • ކަލޯ

      މީނާ މީވެސް ރީނދޫ މީހެެއް. ދެން ކޮން ވޯޓެކޭ ތިކިޔަނީ

  2. ފާތުން

    މާލޭގަތިބި އައްޑޫ މީހުންދޭބަލަ ހަވާބަލަން އަވަހައް ރަށަށް.

    2
    3
    • ބާތުން

      މަބުނީ ފާތުން، އައްޑޫ އޭ ބުނާއިރަށް ކީއްވެ ރަތަށް އަރަނީ. އެެއީ ދިވެހި ރައްޔިތުން ނޫނީބާ؟ ނޫނީ ހިތާވި މީހަކު އެރަށުން ނުލިބުނީބާ؟ ގަބޫލު ކުރިޔަސް ކުރަން އުނދަގޫވިޔަސް މި ގައުމުގަ ތިބި އެންމެ މޮޅު އިލްމު ހުރި މީހުން އުޅޭ އެއް އަތޮޅު އައްޑު އަތޮޅަކީ. އަދި ބުނެލަން ތަ. އަހަރެންމީ އައްޑޫ މީހެއްނޫން. ނަމަވެސް، މީހެއްނަމަ ގޮތެއް ފޮތެއް ހުންނަން ވާނެ. ފާތުންގެ ބެލެނިވެރިން ފާތުން ބޮޑުކުރުމަށް ހޭދަކުރި ފައިސާއާ އެއްވަރަށް ތަރުބީއްޔަތެއް ދެވިފަހުރިނަމަ މީހުންނާ މުއާމަލާތުކުރަން ދަސްވެފަ ހުރީސް

      3
      2
  3. ދިޔެ

    އޯ ހަވާއަރުވަނީ އާޒިމް އެމްޑީޕިން ކަޑާލީމަ އެކަމުގެ އުފަލުގާ.