ރ.ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަހްމަދު ކްރިކް ރިޒާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތައް ދެން ދިފާއަށް ލިބިގެންދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ފަރާތުން އެދުނު ގޮތައް ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލް ނުކުރިނަމަވެސް ޖަމީލް ވިދާޅުވީ ކުމުގެ ނަތީޖާއަކީ ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމުންތަކެއް ބެލުމުގެ ފުުރުސަތު ލިބިގެން ދިއުން ކަމަށެވެ.

"މުޅި ޖުމްލަ މައްސަލަ، އަޅުގަނޑުމެން ހުށައެޅި ގޮތަށް ސުޕްރީމް ކޯޓްގައި މާތްﷲގެ ތަނަވަސް ރަހްމަތާއެކު އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން މިދިޔައީ. އަޅުގަނޑުމެން އެދުނު މިންވަރަށް ވުރެވެސް ބޮޑަށް ސުޕްރީމް ކޯޓުން އެކަމުގެ މަގު ކޮށައި ދެއްވައިފި. ސުޕްރީމް ކޯޓްގެ މިރޭގެ ހުކުމުގެ ނަތީޖާއަކީ ދައުލަތުގެ އަތުގައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ލިޔުމުންތަކެއް ބެލުމުގެ ފުުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ. އެއްވެސް އިސްތިސްނާއެއް ނެތި،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއިއެކު ދެން ސާފުވެގެން ދިޔަ ކަމަކީ އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމާއި މެދު ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ނިމިގެން ދިއުން ކަމަށެވެ. "ހަގީގަތުގައި އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް. ސަބަބަކީ ފަނޑިޔާރުން ވަރަށް ސާފް ސަރީހަ ގޮތެއްގައި މި މައްސަލަ ކުރިއަށްދާއިރު މި ދެ ހެއްކާ (އަދީބު އާއި ޒިޔަތު) ބެހޭ ގޮތުން ގޮތެއް ކަނޑައަޅަން ޖެހޭނޭ. އަޅުގަނޑުމެން ބޭނުންވީ މިހާރުވެސް އެ ގޮތް ކަނޑައަޅަން،" ޖަމީލް ވިދާޅުވިއެވެ.

ރޭ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކުށުން ބަރީއަވުމުގެ ވަސީލަތެއްގެ ގޮތުގައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރު ކޮށްދީފައިވާ ހައްގުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ތަހުގީގުގެ ބޭނުމަށް އެއްކޮށްފައި ހުރި ހުރިހާ މައުލޫމާތެއް ދިފާއަށް ލިބުމުގެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެހައްގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގަވައިދުގައި ބަޔާންކުރާ އުސޫލުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ނުވަތަ ބޭނުންކުރާ މައްސަލައިގެ ފައިލު އެކުގައި ބެލުމުގެ ހައްގުވެސް ހިމެނޭ ކަމަށް ހުކުމުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮކި

    ފުއްގިރި ހެކި މައްސަލަ: ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ނާކާމިޔާބު! އެކަމަކު ފުއްނާބުއުސް ބޮޑިބަތްޖަމީލް މިކިޔާނީ ކީކޭބާ ؟؟؟؟؟؟؟؟؟

    3
    3
  2. Anonymous

    ކަލޭ ދުވަހަކުވެސް ބަލި ގަބޫލުކުރަންތަ.
    ނޭނގޭ އެއްޗެއްވެސް. އެނގޭ އެއްޗެއްވެސް ނެތް.
    ތިހެންވެޔޭ "މިރައީސް" ނައިބުކަމުން ކަލޭ ބޭރުކޮށްލީ.

    "މިރައީސް" މިހާރު ހުރީ ގޭގައިތޯ!!! ބުނުއްވީމެއްނޫންތޯ ރޯދައިގެ ކުރިން "މިރައީސް" ހުންނަވާނީ ގޭގައޭ. ލޮލް

    2
    2
  3. ޔާލީ

    މީ ޔާމީނަށް ލިބިފަހުރި ބޮޑު ވައިރަސް އެއް... ޔާމީނު ޖަލުގަ އޮވެ މޮޔަވިޔަސް މިކަލޭގެ ބުނާނެ އެ ލިބުނީ ވަރަށް ބޮޑު ކާމިޔާބެކޭ..

    2
    1
  4. އއ

    ނުވާނެ ރަނގަޅަކައް އެއްކަމެއްވެސް.... ދިވެހިރާއްޖެ އޮއްނާނެ މިތާގެ ރައްޔިތުން އުޅޭނެ ނޫޅޭނެ ގޮތެއްނެތި މަގުމަތވެ ނިކަމެތިވެގެންދާނީ. .. ސަބަބަކީ އެތައްޒަމާނެއްވަންދެން ހިންގުނު ކޮރެޕްޓު ނާއިންސާފު ސިސްޓަމާ ބޭރުގެ ތަފާތު ބާރުތަކުގެ ނުފޫޒުން މިހާރު މިތިބަ ދިވެހި ރައްޔިތުން ސަލާމަތް ނުކުރެވޭނެތީ. !! ސްޕްރީމް ކޯޓުން ޖަމީލު ފެންނާނެ ކަމައް ތިއުއްމީދު ކުރާ އިންސާފުގެ ފިލްމް ނުފެންނާނެ. !!! ޔާމީނު މިހާރު ޔަގީން ކުރާނެ ތިމަންނަ ވާދަ ކުރާނެ ރިޔާސީ އިންތިޚާބެއް ނޯންނާނެކަން. !!!

    6
    2
  5. މެޑަން ފާތުން

    ހެހެ. 50 އަހަރަށް ހުކުމް ނުކޮއް 11 އަހަރަށް ކުރިހުކުމަކީވެސް ކާމިޔާބަކަށްދޯ ވާނީ

  6. މަރީ

    ޕީޕީ އެމުންވެއްޖެ މިޖަމީލުގެ ކިބައިން ސަލާމަތްވާން