ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީ ބައިބައިކޮށް ޕާޓިގެ އިތުބާރު ގެއްލުވާލާފައި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސްފަރާތުގެ ވާޖިބަކީ ޕާޓީގެ އެއްބައިވަންތަކަން ގާއިމުކޮށް ޕާޓީގެ މަގުސަދުތައް ހާސިލު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

"[އެހެން ނަމަވެސް] މިއާ ހިލާފަށް ރައީސް ވަނީ ޕާޓީގެ މަސްލަހަތު ދޫކޮށް ޕާޓީ ބައިބައިކުރައްވައި ޕާޓީގެ އިތުބާރުގެއްލުވާލާފައި. ވަކިކުރަންޏާ ވަކިކުރަންވީ ރައީސް ސޯލިިހު" ހަސަން ލަތީފް ވިދާޅުވި އެވެ.

އާޒިމް ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ދާދި ފަހުން އާޒިމް ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އުފައްދާފައިވާ "އިދިކޮޅު އިއްތިހާދު"ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ.

އަދި އޭގެ ފަހުން އެކަމާއި ގުޅޭގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެވެ.

އެހެންވެ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އާޒިމްއާ މެދު ފިޔަވަޅު އަޅަި ދޭން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އާޒިމް ޕާޓީން ވަކި ވެއްޖެކަމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    ހަސަނާ މޑޕ އެކަންޏެއްނޫން!!! ކަލޭމެން އަޅާ ނުލާ އިހުމާލުވެގެން ތިއްބާ މިގައުމުގެ ބައިތައްވެސް ނަގާނެ ބަޔަކު ނަގަން އޮއި ކުންޏައް ދޫކޮއްލައިފި.!!

    1
    2