ރާއްޖޭގެ ކުޅަދާނަ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ޔޫއްޕެގެ އިތުރުން ރާއްޖޭގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު ހަސަން ރަމީޒް (ޓިމޯ) އާއި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރު މުހައްމަދު ތައުފީގް ވެސް ޖޭޕީއަށް ސޮއިކޮށްފައިވާ ކަމަށެވެ. މި މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ނައިބު ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

މީގެކުރިން ޔޫއްޕެ ވަނީ ޖޭޕީއާ އެކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވޯޓު ދެއްވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު، ފަހުން އޭނާ އެމްޑީޕީއާ ވެސް ގުޅުނެވެ.

ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ އަންނަނީ ގުޅެމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާ އިރު، ކެމްޕެއިން ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރުމަށް ތައްޔާރީތައް ވާން ފަށާފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންނަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވަނީ ހަމަޖައްސައިފައެވެ.

ގާސިމް ވިދާޅުވީ ކެމްޕެއިންގެ އެންމެހާ ކަންކަން ރާއްޖެ ބަޔަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިގްތިސޯދީ ޗޯރު

    ނަހޫއްތަ ހިންގާލާވަރު ބަލާބަލަ. ފަޔާ ލަދުގަންނަންޖެހޭނެ.

    6
    1
  2. ކެނެރީ

    ނަހުލާ ޔާ ހިތާނުވިއްޔާ ކިތަޢްމެހާވެސް ރަނގަޅު މިހާރު ޔޫއްޕެ ސޮއިނުކުރާ އެއްވެސް ޕާޓީއެއް ރާއްޖޭގައިނެތް ، މާދަމާ ޖާބިރުގެ ގުރީން ޕާޓީ އަށް ސޮއިކުރާނެ

  3. ފޯއްވަޅި އަލީ

    ލާރި އޮތީމަ އުއްޗު ވެސް ބޮލީވުޑް ސުޓާރުން ގެނަސް މަޖާކޮއް ސަމާސާ ކޮއް ހަދާ!! ތީ ކީ އަހަރެމެން އެހާ ސަޕްރައިޒް ވާނެ ކަމެއް ނޫން، ގާންބެ ބަންގުރޫޓް ވާނީ ތިހެން މީހުން ގަނެ ގަނެ ރައިސް ކަން ކުރުމުގެ ހުވަފެން ދެކިލަ ދެކިލަ އޮއްވާ، އޭރަށް ވަޅި ގެއްލި މަރިޔަބު ވެސް ގެއްލި، ކާރު ވައްދާނެ ގަރާޖެއް ނެތީމަ ސިޓީ ކައުންސިލުން ކާރު ގެން ގޮސް ތިލަފުއްޓަށް ލާނެ!!

  4. ހުސޭނުބޭ

    އަނެއްކާ ކޮން ފިލްމެއް ކުޅެންބާ ތި އުޅެނީ. "ރިޔާސީ އިންތިޚާބު - ހާޓް އެޓޭކް" ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ!

  5. އަފީ

    ގާސިމް އެއްބުރުން ހޮވި ނިމިއްޖެ! ކޮވިޑް19 ގެ ހާލަތު މުވައްޒަފުން ބިކަކޮށްލި ހަނދާން ރައްޔިތުން ނުނެތޭނެ. ޗާގޯސް މައްސަލައީ ކަންކުރިގޮތް ރައްޔިތުން ހަނދާން ނުނެތޭނެ!

  6. Anonymous

    ފިލްމުސްޓާރ ދިޔައިމާ ގާސިމައްވެރިކަން ތިލިބުނީ

  7. ދޮންތު

    ކިތައްފަހަރު ޔޫއްޕެ ޖޭޕީއަށް ސޮއިކޮއްފި؟؟؟

  8. Anonymous

    ކުނިގޮނޑު ހޮވާގެން ޖަމާކުރިޔަސް މިގައުމުގެ ވެރިކަމެއް ނުލިބޭނެ. ހަމަ އަތުގަ ހުރި ލާރިކޮޅު ތަޅާހުސްކުރަންޖެހޭނީ. މުއްކައްބަ ދަށަށް މުޅިގައު ލުމުގެ ހުވަފެނެއް.