ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

ނަޝީދަށް ވަފާތެރި ބޭފުޅުން ބޮޑުފެންވަޅުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަން އިއުލާން ކުރެއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެމްޑީޕީ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އީވާ އާއި އިލްޔާސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ބޭފުޅުންތަކެއް އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފައެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އިތުރު ސިޔާސީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވީ މާ ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކާ އެކުގައި ނޫން ކަމަށާއި އެބޭފުޅުންނަކީ އެމްޑީޕީ އަށްޓަކައި އެތައް މަސައްކަތެއް ކުރެއްވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީން މިއަދު ވަކިވެވަޑައިގަންނަވަން ޖެހުނީ ހިތާމައާއެކު، އަދި އުންމީދާ ވެސް އެކު ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގައުމުގެ މުސްތަގްބަލް ބައްޓަން ކުރުމުގައި މުހިންމު މުއައްސަސާއެއް ކަން ގަބޫލުކޮށް އެ ޕާޓީ އަށް އެތައް މަސައްކަތެއް ކުރި ބައެއް އަޅުގަނޑުމެންނަކީ. ދެ ފަހަރު މަތިން އެމްޑީޕީ އަށް ވެރިކަން ހަވާލު ކުރުމުގައި ވެސް މަސައްކަތްތަކެއް ކޮށްފައި ތިބި ބައެއް އަޅުގަނޑުމެންނަކީ،" ދެހާސް އަށް ވަނަ އަހަރާއި ދެހާސް އަށާރަ ވަނަ އަހަރު އުފެދުނު ވެރިކަމަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި އާ ސިޔާސީ ޕާޓީއެއް އަނެއްކާ ވެސް އުފައްދައިގެން ރާއްޖެ އާއި ޒުވާނުންނާއި ސިޔާސީ މުސްތަގްބަލް ބައްޓަން ކުރުމުގައި މި ޕާޓީގެ އުންމީދު ބޮޑެވެ.

އެމްޑީޕީގެ މެމްބަރުން އެ ޕާޓީއާ އެކުގައި ތިބީ އެ ޕާޓީގެ އަސާސްތަކެއް ގަބޫލުކޮށްގެން ކަމަށް އީވާ ވިދާޅުވިއެވެ. އެމްޑީޕީގައި ތިއްބެވީހެޔޮވެރިކަމުގެ އަސާސް އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ގަބޫލުކޮށް އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ދެފުށް ފެންނަ ހާމަކަން ބޮޑު ތެދުވެރި، އިހްލާސްތެރި ވެރިކަމެއް ކުރުމުގެ އުންމީދުތަކާއި އަސާސްތަކާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިއަދުގެ އެމްޑީޕީއަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން. މިއަދުގެ އެމްޑީޕީއަކީ ވައްކަމުގެ ހާއްޔަކަށް ހަދައިފި. އެ ވައްކަމުގެ ހާލީގައި އަޅުގަނޑުމެން ތިބެން ބޭނުން ނެތީ،" އެމްޑީޕީ އުފެއްދި އަސާސްތަކާ ދުރަށް ދާން ބޭނުން ނުވާ ކަން ހާމަ ކުރައްވައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ އިރު، ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ވައްކަމާއި ދެކޮޅާއި މިނިވަން ކަމަށް އަލުން އަނބުރާ ވޯޓުލާން ބޭނުންވާ އެތައް ބަޔަކު އެބަތިބިއެވެ. އަދި އާ ސިޔާސީ ޕާޓީގެ އުންމީދަކީ އަނެއްކާ ވެސް ދިވެހިންނަށް އެ ފުރުސަތު ހޯދައި ދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

"އެ މަގްސަދުގައި އަޅުގަނޑުމެން މަސައްކަތް ފަށައި މިތިބީ." އީވާ ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވި 12 މެމްބަރުން.

އިލްޔާސް ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި ވަރަށް ގިނަ ބަޔަކު ގުރުބާނީވެފައިވާ ކަމަށާއި ދެ ފަހަރު ވެރިކަން ހޯދައިދީ، އެންމެ ފަހުން މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދީ، އެ މީހުން ޕާޓީގައި މަސައްކަތްކޮށްފައި ވަނީ ވަރަށް ބޮޑެތި އުންމީދުތަކާ އެކުގައި ކަމަށެވެ.

ނަމަވެސް އެމްޑީޕީ ބިރު ދެއްކުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ނަފްރަތާއި އެތައް ޖީލަކަށް ބައްޓަންވެގެންދާ ވަރުގަދަ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިކަމުން އަރައިގަތުމަށް އެމްޑީޕީގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"އެހެންވެ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ނުކުމެ އާ ޕާޓީއެއް އުފައްދަން ޖެހިއްޖެ ކަމުގައި،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމުގެ ގޮތުން ފެށޭ ހަފްތާގެ ތެރޭގައި އިދާރީ މަސައްކަތް ކުރުމަށް ފަހު، 3،000 މެމްބަރުންގެ ފޯމް ފުރައި ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ މި އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިރާދަކުރެއްވިއްޔާ ފިކުރެއްގެ ދިރުމުގެ ނަމުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓަކު ހުންނާނެއޭ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އެ ބޭފުޅުން ނުކުންނަވަނީ، ރައްޔިތުންގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. އެ އުންމީދު ހާސިލް ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރަކު މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި މި 12 މެމްބަރުން ވެސް ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މެމްބަރުން ޕާޓީން ވަކިވެވަޑައިގަތީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށް، އިތުރު ހަތަރު މެމްބަރަކު ވަކި ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ޕްރެސް ކޮންފަރެންސްގައި އާޒިމް އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އިރު، ނަޝީދެއް ޕްރެސްގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ެެއއ

    ޕާޓީ ހަދާފަ ކޮރަޕްޓު ގާސިމް ހިހޫތަނުން ކާ މައުމޫނު ސާލިހުގެ 5 އަހަރުގެ ކޮރަޕްޓް މީހުންގަނޑު ބާކީވެފަވާ ރާއްޖެއެއް ފެންނަން ޖެހިފަ އޮތީ!

    16
    2
  2. ޢަހު

    ސާބަހޭ ސާބަހޭ ދިވެހި ޓީމަށް ސާބަހޭ…. ލަދުން ބޯ ހަާކުވެއްޖެ.

    31
    2
  3. ފިކުރެއްގެ ނިމުން

    ފިކުރެއްގެ ނިމުން ގާތްވީހެން ވަރަށް ހީވެއެވެ.

    44
    4
  4. ދިވެހި މުސްކުޅިން

    ތިޔައީ ހެޔޮ ފާލެއް، އެމްޑީޕީގައި ޖަމާވެފައި ހުރި ކުނިތައް ނެރެވެނީ އަވަސްކުރޭ

    39
    7
  5. ތުއްތުނާ

    ތިޔަޖެހެނީ ބޮޑުމުސީބާތަކާ. ދެންތިޖެހެނީ އިތުރުކަރުދާސްޗާޕުކޮށް ބޮޑުވަޒީރަށްވެސް ގޮޅިއެއްހުންނަން

    28
    3
  6. މަ

    ލޮލް

    15
  7. ގެރިކުޑޭ

    އެއްމެފަހުން ޔާމީނު ދޫނުކޮށް މިގޭމް ފުރިހަމައެއްނުވާނެ!

    31
    1
  8. ހުސްކުރާސޭލް

    އެލެކްޝަންސްކޮމިޝަނަށްދަންނަވަން މީހުންނިދާފަތިއްބާވެސް ގޮވައޮގެންނެރެގެން ފޯމުތަކެއްގަސޮއިކުރުވާފަވެއްޖެ. ކޮންއެއްޗެއްކަންވެސްނޭގި ވަރަށްގިނަމީހުން ސޮއިކުރިކަމަށްވޭ. ފަހުންއެނގުނުގޮތުގަ އެއީ ފިކުރެެއްދިރުވަންވެގެންނޯ. ބުނަންމިއުޅެނީ އެފަދަފޯމުތައްހުށަހެޅިއަސް އެއީސައްހައެއްޗެއްނޫނޭ ވިސްނަވައްޗޭ ؟

    23
    1
    • ޜަނާ

      ޙެޔޮ ނުވާނެ ތިޔަ ޕާރޓީއަށް ވެރިކަން ދޭން މިހާރުވެސް ރާއްޖެތެރޭގަ އާއްމުންގެ ތެރޭގަ މީހުން ބަރަހަނާއަށް އުޅުމާ މަސްތުވާތަކެތީގެ ކަންތައް އާއްމު ވެފަ ވަނީ ކެނެރީގޭ ނަޝީދުގެ ބަހަށް ރާއްޖެތެރޭގަ ހިންގާ ގެސްޓް ހައުސް ތަކުގެ ސަބަބުން. ރަސޫލާއަށް ފުރައްސާރަ ކުރާ ޝަހިންދާބއަށް ސަޕޯރޓްކުރާ މީހެއްމީ ޢެމްޑީޕީ އުފެއްދުމުގަވެސް ތިޔަކަހަލަ ކަންތަކެއް ކުރި އެމްޑީޕީގެ ސަޕޯޓަރަ ކަށްް ހުރި އެވަގުތު ޑީއާރއެންގަ ހުރި މީހަކު ވެސް އެޔެއް މިޔެއް ނާންގާ ރޭގަނޑު ފޯމް ތަކެއް ފުރާފަ މަހިތުން އޭރު ސޮއިވެސްކުރީ އެހެން ބައެއް. ޔާﷲ މިބައިގަަނޑު މިރާއްޖޭގެ ވެރި ކަމާ ދުރު ކުރައްވާނދޭވެ!

  9. ދިޔާޒު

    އިބޫ ދެން ލަލަލަ

    27
    14
  10. ރާކަނި

    ތިޔަޖެހުނީހަކަންތަކާ. މުސީބާތެއް. ވަބާއެއް. ހަލާކެއް. ބަލާއެއް.

    31
    3
  11. ލަލަލާ

    އިބޫއައްވުރެ ނަޝީދަށް ތާއީދުބޮޑޭ. މިއީ އިބޫއަށްވެސް އިނގޭކަމެއް. އެހެންވީމަ ކަނޑާލަން ނުކެރިގެން އެހުންނަނީ

    35
    28
  12. ސަމީރު

    ތިއީ ހުސް އެކައްޗެއް.. ހަމަ އިންޑިޔާގެ އެޖެންޓުން ދެ ކޮޅުގަވެސް ތިބީ. ނުދޭނަން އެންމެ ވޯޓެއްވެސް.

    32
    1
  13. ލޮލް

    ސުވާލަކީ މިވީގޮތުން އެމްޑީޕީ ދީނީ ވީހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެމްޑީޕީ ވާނީ ހަމަ އެމްޑީޕީއަށެވެ. އެޔަކު އެއްވެސް ހެވެއްނުވެއެވެ.

    22
    4
  14. މުހައްމދު

    އަނެއްކާ މިގައުމަށް އިތުރު ވަބާއެއް މިފާުރެއްވީ މިޗޯރު ލާދިީނީ ލުއްޗާ އާއިހެދި މަގުމަތީގަވެސް ނޫޅެވޭނެ

    13
    4
  15. ޒައިދު

    ބޮޑު މަކަރެއް!

    ރައީސް ޔާމީން ނުހައްގުން ޖަލަށް ލާފަ، ހުރިހާ ޕާޓީއަކާ އެއްކޮށް ކޯލިޝަން ހަދައިގެން މޑޕ އިން ވެރިކަމަށް އައިސް މިތިބި. 2023 ވާދަ ކުރާނެ ވާދަވެރިޔާ ޖަލަށް ލާފަ ކިހިނެއް ބޭރުދުނިޔެއަށއ ޑިމޮކްރަސީ ގެ ދަޅަ ދައްކާނީ؟

    އެހެންވެ ރައީސް ޔާމީން ޖަލުގަ ބާއްވަން މޑޕ އިން ކުޅޭ ޑުރާމައެއް މިއީ.

    ސޯލިހު މޮޅުވެއްޖެއްޔާ ކުރީ ކޯލިޝަން މޑޕ މޮޅުވީ. ނަޝީދު މޮޅުވެއްޖެއްޔާ އާ ކޯލިޝަން މޑޕ މޮޅުވީ.

    މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރޭ !

    21
    6
  16. ޢަަހުރެން

    ނަސީދަށް ވަފާތެރި މެމްބަރުން އަމިއްލަ އަށް އެމްޑީޕީއިން ކެނޑުނީ އެކަމަކު އެމެންބަރުންނަށް އިހުތިރާމުކޮށް ކެނޑޭކަށް ނަސީދަކަށް ނުކެރުނު . ނަސީދު ގޮޅީގަ އޮއްވާ ނަސީދު ގެއަށް ބަދަލުކުރަން އޭރު އެމްޑީޕީ މެމްބަރުން ފުރަތަމަ ފަހަރަށް އަދީބު ކުރިމަތީ ކުޑަކަކޫޖެހީ އެކަމަކު ނަސީދު ނުކުމެ އެމެންބަރުން ފަހާ މިދުވަނީ މީ މީނަގެ ފެންވަރު . ތިޔަ 12 މެމްބަރުންނަށް ވާނީ ކިހިނެތްބާ ؟؟

    15
    3
  17. ޙާދީ

    ކެރަފާ ޖަހުލުގެ ލާދީނީ މުޑުދާރީން ނަށް ކާމިޔާބެއް ނުވާނެ....ނަގޫ ގޮއްޖެހި ފައިން ފަޔައް އެރިފަ ތިތިބީ.. ބޮޑުވަޒީރުގެ ހުވަފެނަކީ ބިލާހެއް.....

    16
    2
  18. އއ

    45 އަހަރުގެ މާޒީއައް ބަލާއިރު 2.5 އަހަރު ނޫނިއްޔާ ރާއްޖެ ހިންގާފަ މިއޮތީ މައުމޫނިޒަމްގެ ފަލްސަފާގަ .!! އިލްޔާސް ގާސިމް ޔާމީނު އޭގެފަހަތުގަ މިތިބަ ތިން ޖަނަރޭޝަންގެ ސިޔާސީ މީހުންނަކީ މިމީހުން އުޅުނުގޮތުން އުފެދުނު ކޮރަޕްޓު ރައްޔިތުން. !! މިސަބަބުތަކައްބަލާ އިރު ނަޝީދު އަނެއްކާވެސް ހޮވާފަ މިބައިގަނގަނޑު ދީނޭ ގައުމޭ ކިޔާފަ ދުވާ މަންޒަރު ފެނޭތޯބަލަމާ ހިނގާ.. ހިނގާދަމާ ކުރިޔަށް ހިތާހިތުން ގުޅިގެން .... ކޮރަޕްޝަނާ ދެކޮޅައް.... !!!

    6
    9
  19. އަލިފު ހާ

    ތިޔަނެރެންއުޅޭކެނޑިޑޭޓު ނެރޭތަނަކަށް ވައްދަންވެސްޖެހޭނެ އިނގޭތޯ ؟

    8
    1
  20. ޢަހޫތަ

    މީ އައްނިއާ އަލަމްގިރި ނަސީދުގެ ޕާޓިއެއް ރައީސްއަކީ އަލަމްގިރި ނަސީދު ބޮޑުވަޒީރަކީ އަންނި ދެން އީވާއާ އަމުރް ތިބޭނީ އަތްޖަހަން

    7
    1
  21. ސަރަފަކައްދަ

    މަރުޙަބާ ކިޔަން. އަނެއްކާ ތި އުފައްދާ ޕާރޓީ ތެރޭގައި ބްރޯއެއްގެ ރޯލް ކުލޭނެ ޤާބިލު މީހަކު ކުރެދާނެބާ! ކޮންމެ ގޮތެއް ހަދާފަވެސް ރައްޔިތުންގެ ފައިސާ ތަލާ ބުރުއްސާނެ މީހަކު ހުންނަންކެހޭ ކަމަށް ދެކެން. އަދި މިހާތަނަށް އުފެދި ފައިވާ ކޮންމެ ޕާރޓީ އެއްގަވެސް ބްރޯއެއް ވަނީ އުފެދިފައެވެ. ވ ވެދުން.

  22. އިބިލީސް

    އެހެންވަންޏާ ތިއުޅެނީ އަންނި ހަޔާތުގަ ލިބޭނޭ އެންމެ ބޮޑު ލަދުވެތިކަން ކުރިމަތި ކުރުވަން. ތިއެއްކުރާ 5000 މީހުންފިޔަވާ އޭނައަށް ވޯޓް ދޭނެ މީހަކު ނުވާނެ. އިބްރާޙިމް މުޙައްމަދު ސޯލިޙަށް ވޯޓު ލާންޖެހުނަސް އަންނި އަކަށް ވޯޓެއްނުލާނަން

    1
    1
  23. މޫސަ

    ވަގެއްގެ ނަން ވޯޓް ކަރުދާސް ކޮޅުގަ ނެތިއްޔާ އޯކޭ ވާނެ. އޭނަގެ އެކައުންޓަށް މިލިޔަނުން ފައިސާ ވަންނަން ޖެހޭ ގޮތެއް ޕީޕީ އެމް މީހުން ބުނެދީބަލަ.

    2
    17
  24. އެޑިޓް

    މީ ދޯ ބަނޑު ކެނޑިގެން ބޫތު ކައިގެން ތެލޭ ކަމަކީ.. ތި ފިކުރު ތީ މިޖީލު ފަނާ ކުރަނި ފިކުރެއް..

    10
    1
  25. ތުއްތުނާ

    ތިޔަޑުރާމާގެ އިޝްތިހާރުފެނިއްޖެ. މާރީތި ބަލާހިތްވާކަހަލަ ޑުރާމާއަކަށްވާނެހެން ހީއެއްނުވޭ ؟؟ސަބަބުތައްބައިވަރު.. ފުލޮޕްވާނެކަމަށްފެންނަނީ

  26. ޒަރީނާ

    އާޗާ ބަރުލަމާނީހޭ.. ސިޔާހީހަޔާތް އޮޔާދަނީހޭ.. ފިކުރެއްގެދިރުން މަރުގަޔާހޭ..

    8
    1
  27. ރަނާ

    ތީ ލާދީނީ ފިކުރުގެ ދިރުން. ޙައްތާ ތިޔަތިބީ ލާދީނީ ބައިގަނޑު

  28. އަލްޖިބްރާ

    ކޮށިދަޑުގެއްލި ، ކަތިވަޅިގެއްލި ، މަރިޔަބުވެސް ގެއްލޭހިސާބަށް ދަނީ !

  29. ޙާމަ

    ޢަންނި ޕާޓީ ހޮވިއްޖިއްޔާ މިޤައުމުގަ ހުރިހާދީނަށް ފުރުސަތު ހުޅުވާލާނެ، އަދި ފާޅުގަ އިސްލާމްދީނަށް ފާޑުކިޔާނެ، އެއްޖިންސު ކުދިންނަށް ވެސް ފުރުސަތު ދިނުމަށް ގޮވާލާނެ ، މިހުރިހާ މުޑުދާރު އަމަލުތަކަށް ގޮވާލާނެ، މިހާރު ބުނާނެ އިސްލާމް ދީނަށް ނޫން ދީނަކަށް ފުރުސަތެއް ނެތޭ

  30. ނުވޭސް

    މާތް ﷲ ގެ ވާގިފުޅާ އެކު މިރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނައުމަށް ޖާނާއި މާލުން މަސައްކަތް ކުރަންޖެހޭ

    11
    2
  31. ހަސަނުގ

    ވިއްކާ 12 ގޮނޑިދޯ މީ. ސަޅި. ލާރި ޖަހާލާނެ މިފަހަރު. ކިތައް މިލިޔަނަށްބާ ގޮނޑިއެއް؟ ދެން ލާރި ކޮޅު ލިބުނީމަ އަނެއްކާވެސް އަނެއް ޕާޓީއަށް ވިކެންވީ.
    ވޯޓް ދިނީ ޕާޓީއަށް. މިބައިގަނޑު ކޮއްދީފަހުރި ކަންކަން ބަލާފަ، ނޫނީ ބުރުސޫރަ ރީތިކަމަކުން ނޫން. ޕާޓީން ވަކިވީމަ، ގޮނޑިވެސް ގެއްލެން ޖެހޭނެ. މިވެސް ބޮޑު ވިޔަފާރިއަކަށް ހަދައިފި.

    7
    1
  32. ރައްޔިތުންވިސްނާ

    ތިޔައީ ހަމަ އިބުރާހިމް ސޯލިހައް ތާއީދު ނެތްކަން އެނގޭތީ
    އޭނަޔައް ތާއީދު ބޮޑުކޮއް އެމްޑީޕީން ވެރިކަމުގަ ތިބެން ޖަހާ މަޅިއެއް ތިޔައީ ހަމަ އެއްބައެއް

    5
    1
  33. Anonymous

    ފިކުރެއްގެ ދިރުން މޫނުމަތިން ފެންނަނީ ހާސްކަމާ ފިކުރުބޮޑުުން.
    ފިކުރެއްގެ ދިރުމަކީ ފިކުރުބޮޑުވެގެން ދިއުންތޯ. ދިރިހުރިއްޔާ ފިކުރުވެސް ބޮޑުވާނެތާ

    5
    1
  34. Anonymous

    ޔާﷲ، މި ލާދީނީ މީހުންގެ ކިބައިން މުސްލިމު އަޅަމެންނާއި އަޅަމެންގެ ދަރިންނާއި އަޅަމެންގެ ދަރިންގެ ދަރިން ސަލާމަތްކުރައްވައިފާންދޭވެ! އާމީން.

    7
    1
  35. ޝާފު

    ކެންޑިޑޭޓެކޭ ތިބުނަނީ ކީއްވެތަ. ތިޕާޓީއިން ނަޝީދު ނޫންމީހަކަށް ކެންޑިޑޭޓުކަމެއް ނުލިބޭނެ.

    5
    1
  36. ހާސްކަން

    މަކަރާ ޙީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ކޮންމެ ގޮތަކަށް ތިކަން ކުރިއަސް ހުރިމާ މޮޅެއް އޮތީ އެމްޑީޕީއަށް. ތިކަމަކީ މި ރާއްޖެއަށް ބަރުލަމާނީ ގެނައުމަށް ޙީލަތުން އެޅި ފިޔަވަޅެއް. ދެވަނަ ބުރަކުން އަންނި ވެރިކަމަށް އައިސް އެކަން ކުރުމަށް އޮތް ހަމައެކަނި މަގަކީ އެއީކަމަށް ދެކިގެން. ޚިޔާރުކުރި މަކަރުވެރި ރޭވުމެއް. ދެން އޮންނާނީ ދެ އެމްޑީޕީ އޭގެ ފަހުން މަޖިލީހުގެވެސް ހުރިހާ ބާރެއް އެކުގަ ލިބުނީ. ރައްޔިތުން ވިސްނަވާ. މިވެރިންގެ މަޅީގަ ޖެހި ޤަވްމު ފަނާކުރުމަށް ފުރުޞަތު ނުދެއްވާ. މީ ދަރިންނާއި ދަރިންގެ ދަރިންގެ އަމާނާތެއް. ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާ.

  37. ދީން

    ކޮބައިބާ މި ރާއްޖޭގަ ދީނުގެ ބިންގަލުގެ މަތީގަ ހިންގާ ކަމެއް؟؟؟ ނަމާދު ކުރާމީހުން ކުރަނީ ..... ދައުލަތް ލޫޓުވާމީހުން ލޫޓުވަނީ.....ރާވިއްކާމީހުން ވިއްކަނީ.....ހެކި ދެނީވެސް ދޭނެމީހަކު.... ރިބާވެސް ފުރީ... ރިޝްވަތު އޯކޭ...ހުއްޓުވަން އުޅޭ މީހަކުވެސް ނެތް....... ޝަރީއަތުގެ ނިޒާމް ދުވަހަކުވެސް ވެރިމީހާ ބޭނުންވާ ގޮތައް ނޫނިއްޔާ އޮތްތަނެއްނޫން...

  38. ޖުއްބާ

    ކެނެރީގޭ ގޭންގުމީހުން ކޮން ފިކުރެކޭކިޔާކައްތަ.... ތީ ފަސާދައިގެ ދިރުން!!!!!!

    1
    1