ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ ސިޔާސީ ޕާޓީއެއް ހައްދަވައިފި ނަމަ، ރައީސް ކަމަށް ކުރިމަތިލައްވަންވީ ކަމަށާއި އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"އޭރުންތާ އެނގޭނީ ވަރަށް ސާފުކޮށް ކަންކަން އޮތްގޮތް. ވަރަށް ބޮޑަށް އެދެން ރައީސް ނަޝީދު ވަކި ޕާޓީއެއް ހައްދަވައިފި ކަމަށްވާނަމަ ނިކުނަނަވަން. އަޅުގަނޑުމެންނާ އެކުގައި އެމްޑީޕީގެ ރައީސްއަކަށް ހުންނަވާ ކަމަށްވާނަމަ ވަރަށް ބޮޑަށް އެދެން ރައީސް ސޯލިހްގެ ފަހަތަށް އަރާވަޑައިގަތުމަށް." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ނަޝީދު ވަކި ޕާޓީއެއް ހައްދަވައިފިކަމަށްވާ ނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިނުލާންވީ ވަކި ސަބަބެއް ނެތް ކަމަށެވެ. ޕާޓީތައް ހަދަނީ ވެރިކަމާއި ބާރު ހޯދަން ކަމަށް ވިދާޅުވިއެވެ. އަދި އެބަޔަކު ބޭނުންވާ މެނިފެސްޓޯއެއް ތަންފީޒުކުރުމަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމަށްވާނަ ނަޝީދު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަންވާނެ ކަމަށާއި އެކަމާއި ގުޅިގެން އެ ފަރާތްތަކުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފައެވެ.

ނަޝީދަށް ވަފާތެރި ބޭފުޅުން ބޮޑުފެންވަޅުގޭގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަން އިއުލާން ކުރެއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އެމްޑީޕީ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އީވާ އާއި އިލްޔާސް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ބޭފުޅުންތަކެއް އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފައެވެ.

އީވާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު އިތުރު ސިޔާސީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ނަޝީދު ފިޔަވައި އެ ފެކްޝަންގެ 12 މެންބަރުން ޕާޓީން ވަކިވި ސިޓީތަކުގައި ސޮއި ކުރެއްވި އިރު ނަޝީދު އެ ތަނުގައި އިންނެވި ފޮޓޯތައް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ. ފިކުރެއްގެ ދިރުން ނަމުގައި ޕާޓީއެއް އުފައްދަވާއިރު އެކަމުގައި އިސްކޮށް އުޅުއްވަނީ ސީދާ ނަޝީދު ކަމެއް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ.

އެކަމަކު، ނަޝީދުގެ ލަފަޔާއި އިރުޝާދުގެ މަތިން ނޫނީ ސިޔާސީ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް ނަޝީދަށް ވަފާތެރި މެމްބަރުން އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑައެލޯގް

    އިރާދަކުރެއްވިއްޔާ އިބޫގެ އަނިޔާވެރިކަމުން މިގައުމު ސަލާމަތްވާނެއެވެ. މިހާރުވެސް ކޮންމެ ދުވަހަކު ކޮތަޅަށްވެސް 20 ރުފިޔާ ޚަރަދުވެއެވެ. އަހަރެން ދިޔައީ ހޮޓަލަކަށް 2 ވައްތަރު ރިހަޔާއި ފިހުނުމަހަކާއި 10 ރޮށި ގަންނާށެވެ. އެކަމަށް 5 ކޮތަޅަށް 10 ރުފިޔާދިޔައެވެ. އެއީ އެންމެ ހެދުނެވެ. ބާކީ ބައިދިޔައީ އެދުވަހު ކުރި އެހެން ވިޔަފާރިތަކަށެވެ.

    22
    3
    • އަހުމަދު

      ގެއިން ޕްލާސްޓިކް ކޮންޓެއިނަރ ގެންދޭ ރިހަޔާ ބަތާ ރޮށި ގަންނަން.... ތަށިބަރިވެސް އެހުރީ

      5
      1
    • ހާބުރި

      އަންހެނުން ގޭގަ ކައްކާނުދެނީތަ؟

      5
      2
      • ؟؟

        މި ވެދާނެ އަންހެނަކަށް ވެސް. އެކަމަކު ފިރިހެނެއް ނަމަ އަންހެނަކު ކައްކާ ނުދިނަސް އަމިއްލައިން ކެއްކޭނެ

    • އިތުރުގޮތެއް

      ކޮތަޅަށް މި ހަރަދުތައް ކުރަންޖެހޭކަން އިނގޭއިރު، އަލުން ބޭނުން ކުރެވޭ ކޮތަޅާއި ޕްލާސްޓިކް ކޮންޓެއިނަރު ގެންދިޔުން ރަނގަޅުވާނެ. ކޮންމެ ދުވަހަކު ކޮތަޅަށް ހަރަދު ކުރާ ފައިސާ މި ކަހަލަ އަލުން ބޭނުން ކުރެވޭ ދެ ތިން އެއްޗަކަށް ހަރަދު ކުރުން ބުއްދިވެރިވާނެ 🙂

  2. ރައްޔިތުން

    ރަނގަޅު. ފިކުރެއްގެ ބޮޑުން ސައިޒު ކުރާނަން މިބުރު. ނިކަން ކުރިމަތިލާބަލަ

    6
    19
  3. ނުވިއެއްނުން ފައިބާ

    ކަންބޮޑު ވުމެއް ނެތް 5%އާއއި އެކު ފައިބަން ޖެހޭނެ

    22
    2
    • Anonymous

      އިރާދަކުރެއްވިއްޔާ 85% އިން ހޮވޭނީ އިބޫ.

      1
      7
  4. އަބްދޫ

    ފައްޔާޒު ބޭނުންނަމަ ނަސީދަށް ކުރިމަތި ނުލެވޭގޮތް ހެދުމަކީ ވަރަށް ފަސޭހަކަމެއް އަދި މަޖިލީހުގެ މެމްބަރުކަމުން އޮޓަމެޓިކޮށް ނަސީދު ވަކިކޮށްލުމަކީ ވެސް ވަރަށް ފަސޭހަކަމެއް. ނަސީދު ކުރެއްވި ވައްކަން ސާބިތުވެ ހުކުމްތަނފީޒުކުރެވިފަވޭ . އެ ވައްކަމުގެ މައްސަލަ ސްޕްރީމްކޯޓުން ބާތިލް ކޮށްފަ ނެތް. ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ބުނާގޮތުން ވައްކަންކުރި މީހަކަށް ރައީސްކަމަކަށް ނާދެވޭނެ. ސްޕްރީމްކޯޓަކީ ކީރިގުރްއާނުގެ އާސަޔެއް މަންސޫހް ކުރުގެ ބާރުވެސް ގާނޫނުއަސަސީގެ އަކުރެއްވެސް ބާތިލް ކުރުމުގެ ބާރު ލިބިފާ އޮތް ތަނެއްނޫން. ކީރިތި ގުރްއާނުގާ ވެސް ރަސުލުﷲ ގެފާނުގެ ސުންނަތުގާ ވެސް ވައްކަމުގެ ދެވަނަހުކުމެއް އައިސްފަ ނެތުމުން ސްޕްރީމްކޯޓޫން ނިންމިގޮތް ގާނޫނުއަސަސީގެ 109 ގަ އޮތް އޮތުމާއިހިލާފުވޭ. ވިހާލަތުގަ ބުނަނީ އަމަލުކުރަންޖެހޭނީ ގާނޫނުއަސަސީ ގެ 64 ވަނަ މާއްދާ އަށް މި މާއްދާގެދަށުން ކީރިތި ގުރްއަނާއި ރަސޫލުﷲ ގެފާނުގެ ސުންނަތާއި ގާނޫނުއަސާސީގެ 109 ވަނަމާއްދާއަށް ރިއާޔަތް ކޮށް ނަސީދުގެ ކެންޑިޑެންސީ ސައްހަ ނޫންކަމަށް އިލެކްސަނުން ކަނޑައަޅަންޖެހޭނެ. ގާނޫނުއަސާސީގެ ނެތް އިސްލާމީސަރީއަތުގެ ވާހަކަ ގާނޫނުއަސާސީގަ އޮތީ އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާކުށެއް ސަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގަ ނުވުން . ރާއްޖެއަކީ ވައްކަމުގެ ހައްދު ގާއިމްކުރާ ތަނަކަށް ނުވާތީ ހައްދުގާއިމްކުރަންޖެހޭތޯ ބަލަން ނުޖެހޭނެ. ވައްކަން އެއި އިސްލާމްދީނުގަ ހައްދުކަނޑައެޅިފައިވާކުށެއް ނޫންކަމަށްކަނޑައެޅުންވާނީ އިސްލާމްދީނަށް ފުރައްސާރަކުރުމަކަށް އެފަދަ މީހުންވާހަކަ އައްތައުބާ ސޫރަތުގަ އައިސްފައިވޭ.

  5. ރޮކްމައިވޯލްޑް

    މިއުޒިކް މިއުޒިކް މިއުޒިކް ޑޮއްޗާ މަމެން ވަރަށް ގަޔާވެއޭ ގަޔާވެއޭ ގަޔާވެއޭ އޯއް އޯއް އޯއް ފިކުރެއްގެ ދިރުމުން ތަމެންނަށް ދޫނުދީ ފިރިހެންވަންތަ އުސޫލުން އެމެން ހަށިފޮޅާލާ ނިކުތުން އެއީ މަމެން އުފާ އުފާ އުފާ ކުރާކަމެކޭ ފިކުރެއްގެ ދިރުމުގެ ކުދިންނޭ މަމެން ޕިންކީން ވެސް އެހީވާނަމޭ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާރޓީ އުފައްދަން އޯއް އޯއް އިހްސާސް ވަނީ މަމެންނަށް އާބިޓެއް ލިބުން ފަދަ ކަމެކޭ އެއީ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާރޓީ އެއް އުފެދުމަކީ އޯއް އޯއް މަމެން އުފާވޭ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާރޓީ އެއް އުފެދިގެން އަންނާތީވެ އުފާވެރިކަމުގެ އަލާމާތް ތައް ވަތަންގެ ސިޔާސީ ދާއިރާ އިން ފެންނާނެ ކަމުގެ އަލާމާތް ތަކޭ އޯއް އޯއް އޯއް މީ ރަނގަޅު ފާލަކަށް މިކަން ވުން ގާތޭ މަމެން ވަރަށް އުފާވެއޭ ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާރޓީ އެއް އުފެދޭތީވެ މަމެން ވަރަށް އުފާވެއޭ އުފާވެއޭ އުފާވެއޭ އުފާވެއޭ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

  6. ާދަލޭކް

    މިހާރު އިބޫމެން ކުރަނީ ވެރިކަންތަ ދައުލަތުގެ ޚަޒާނާ ހުސްކުރަނީ ރައިޔަތުންގެ ލޭބޮނީ

    5
    2
  7. ރަން ރީނދޫ

    ކަންބޮޑުވާނެ ކަމެއް ނެތް. މޯދީ ފޮނުވާނެ އިންޑިއާގެ ހިންދޫން ވޯޓް ދޭން ކޮތަޅު އިބްރާހީމަށް.

    4
    1
  8. އިސްލާހުޖާޑި

    ދާނީ ޗޮކުން ، ކެނެރީގޭ ނަޝީދު ދިވެހިންނަށް ދަސްވެއްޖެ! މައުމޫނު ވެރިކަމުގަ ހުުއްޓާ އައިސް ދެއްކި ހުރިހައި ވާހަކައެއް މިހާރު ބިންދަމުން އެދަނީ އެ ބޭފުޅާގެ ބޮލަށް ، ޑިމޮކްރަސީ ދަޅަދައްކައިގެން އައި ޑިކްޓޭޓަރެއް