އަައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގައި ބޭނުން ނުކުރެވޭ ވަރަށް ގެ އަނދައިފިއެވެ. ގޭގައި ދިރިއުޅުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްއިން ވަނީ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނީ ސ.ހިތަދޫ މާކޯޅިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޭގައި ދިރިއުޅުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރަމުންދާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނެ އެވެ.
ރޭ ދަންވަރު މާކޯޅިގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގޭގައި ހުރި އުއްބަތިއަކުން ރޯވެގެންނެވެ. އެ ހާދިސާގައި އަންހެނަކާއިތިން ކުދިންނަށް އަނިޔާވެފައި ވެއެވެ. އަނިޔާވި އެންމެނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެގޭގައި ހުރި އުއްބަތިއަކުން ކޮޓަރިތެރޭގައި ރޯވެގެންނެވެ. އަނިޔާ ވެފައިވަނީ އަންހެނަކާއި 3 ކުދިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ފެނަކަެިން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ. މުޅި އައްޑޫ އިން ކަރަންޓް ކެޑުމުން މިލިބުނު ގެއްލުމ،ާ އަނިޔާގެ ބަދަލު ދޭންޖެހޭނެ

  2. ބޯހަލާކު

    ޢެގޭގެ ކުލިޔަށް އުޅެބައެއްގެ އިހުމާލުން ހިންގި ހާދިސާ އެއް ،އުއްބަތްތި ،އަލިފާން ގެންގުޅޭ އިރު ،ރަށްކާތެރި ގޮތުގަ ގެންގުޅެންވީ، ދެރަކަމެއް !