ބ. އަތޮޅު ދަރަވަންދޫގައި މީހަކަށް ހަމަލާދީ ބޯ ފަޅާލައިފިއެވެ.

މިދިޔަ ބުދަ ބުރާސްފަތު ދުވަހުގެ ދަންވަރު އެރަށުގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނެވެ.

ފުލުހުން ވިދާޅުވީ، އެ ރޭ ދަންވަރުގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި އަނިޔާ ލިބުނު މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދިނުމަށްފަހު ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މޫނު ނިވާކޮއްގެން ހުރެ، ދަނގަޑު ހޮޅިބުރިއަކުން ބޮލުގަޖެހީ، ސައީދުބެ ހޮޓާ ބަންދުކޮއްފަ ރުފިޔާކޮޅު ހިފައިގެން ގެއައް ދަނިކޮން. ަ

  2. ހަސަނުގެ ދަރި ލަތީފް

    ނުފެންނާނެތާ އެބުނަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓެކޭ