ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އަލަށް 365 މީހުން ގުޅިއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފައިވާ ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީއާ އަލަށް ގުޅިފައި ވަނީ ފަސް ދާއިރާއަކުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޖޭޕީއާ ގުޅިފައި ވަނީ ގއ. ވިލިނގިލި ދާއިރާ އިންނެވެ. އެއީ 150 މީހުންނެވެ.

އަދި ލ. ގަމު ދާއިރާ އިން 65 މީހުން ވަނީ ޖޭޕީއާ ގުޅިފައެވެ. ރ. ދުވާފަރު، ރ. މަޑުއްވަރީ އަދި ރ. އަލިފުށި ހިމެނޭ ހެން ކޮންމެ ދާއިރާއަކުން އަލަށް 50 މީހުން ގުޅިފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

މި މީހުން ޖޭޕީއާ ގުޅުނު ކަމުގެ ފޯމް ހަވާލުކޮށްފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަ ކުރައްވާ އިރު، ކެމްޕެއިން ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރުމަށް ތައްޔާރީތައް ވާން ފަށާފައިވާތާ ދުވަސްކޮޅެއްވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތަސް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންނަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވަނީ ހަމަޖައްސައިފައެވެ.

ގާސިމް ވިދާޅުވީ ކެމްޕެއިންގެ އެންމެހާ ކަންކަން ރާއްޖެ ބަޔަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މިފަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ފަހި ފުރުސަތެއް އޮތީ ގާސިމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މީހުންގެ އަނބިން ފޭރޭ މީހަކު ރަނގަޅެއް ނުވާނެ. ގައުމުގެ ދަރިން އަތުން ބޮޑުއަގު ނަގައިގެން ދަށް ފެންވަރުގެ ކޯސް ހިންގާ މަހުޖަނަކު ރަނގަޅެއް ނުވާނެ. ތަނަކުން ފެންނަ ކޮންމެ އަންހެނެއްގެ ފަހަތުން ދުވާ ފިރިހެނަކު ރަނގަޅެއް ނުވާނެ.

    9
    3
  2. އަލީ

    ދިވެހި ޤައުމުގެ ބައިތުލްމާލު ކައްވާލައިގެން މުއްސަނދިވި މީހާ ވެސް ޤިޔާމަތްދުވަހު މަޙްޝަރުކުރެއްވޭނެ. އެ މީހާ އަށް ޙައްޤުވާ ޖަޒާ އެ ދުވަހު އެ މީހާ އަށް ދެއްވާނެ. ކޮންމެ އިންތިޚާބެއްގައި ދަޅަ ދައްކައިގެން ރާއްޖޭގެ ބިންތައް ފޭރޭ މީހާ އަށް ހަލާކުހުރި.

    16
    2
  3. ކީއްކުރާނީ

    އަޅެ ފަހެ މިޔައްވުރެ ބޮޑު ވަބާއެއް މިގައުމުގައި ނޭތީތަ؟ ލާ ތިޖައްސަނީ އަމިއްލަ މުދާ ގަޑެއްތަ؟

    17
    • ހިކި ކިރު

      ސޭޓު މިފަހަރު އިނދަ ޖައްސާލާފަ ނޫނީ ތިކުދިން ސޭޓާއި ދުރުވުމެއް ނޯންނާނެދޯ!

      12
      1
  4. މަހުޖަނު ޕާޓީ

    ގާސިމު ލާރި ދޭން ރެޑީގަ ހުއްޓާ ލިބޭނީ. ބޮލަށް އެރިގެން ލާރިކޮޅެއް ހޯދާލަން ފަސޭހަގޮތެއްތާ

    15
    1
  5. ހުފުރާ

    މަދީހާ މިކޮން ފާޑަކަށް މިޣުޅެނީ ޙާޙާޙާޙާޙާޙާޙ

    11
  6. ސެންޗޯ

    ފެންއޮތް ދިމާލަކަށް މަސްދުވާނީ

    16
  7. ކައިދާ

    ކިތައްމެ ބަޔަކު ގުޅުނަސް ﷲ ގެ ރަޙްމަތް ފުޅުން ގާސިމަށް ވެރިކަމެއް ނުލިބޭނެ
    މި އަންހެނާ މިހިރީ ޔޫރަޕް މީހުން އަޅާ ކަހަލަ ސްކާފެއް ދޮއްތަ އަޅާފަ އަތުގެ ބޮޑުބައި ހާޔަށް މޭމަތި ހާޔަށް އައުރަ ނިވާކުރަން އިސްލާމީ ސްކާފެއް ނޫން

    18
    • ލުޓޭރުންގެ ސަރުކާރު

      އިންޝާﷲ 1ބުރުން ފޭލްވާނީ ދިވެހިންގެ ޙަޒާނާ ދޮވެލާ ވިލާގަޑެ ދިވެހިރާއްޖެއަށް ބޭނުމެނޫން...ފައިސާ ފަހަތުންދުވާ ނަފްސުވިއްކާ ގްރޫޕުގެ ވެސް ލަދުކުޑަކަން..

      5
      1
  8. Anonymous

    ބުރުމާ ދިވެހި ގައުމު ދަވާލައިފި

    10
    1
  9. ޕޮގުބާ

    ނިކަމެތި ފަގީރެއް ނުގުޅެ ގުޅުނީ މުއްސަދިން ލާރީގެ ބޭނުމުގަ ފަގީރުންއަތުން ވޯޓް ހޯދަން

    7
    2
  10. ދީވީ

    ބުރުގާ އަޅާފަ ދޯ ތިހިރީ! ހީވަނީ... ވިސްނާލާ! ވަރަށް މަދު ދުވަސްކޮޅެއް މި ދުނިޔޭގަ އުޅެން މި ލިބެނީ..ޤުރުބާނީއެއް ނުވެ ޖަންނަތަށް ދާން އުނދަގޫވާނެ..މި ވަގުތީ ދުނިޔޭގެ ކަމެއް ޙާޞިލުކުރުމަށްޓަކައި ތި ތެޅޭ ތެޅުން ވިސްނާލަބަލަ.. އެހެންކަމުން އުޑުތަކާ ބިން ފަދަ ތަނަވަސްކަން ހުރި ސުވަރުގެއަށް ދިޔުމަށް ކިހާ މަސައްކަތެއް ކުރަން ޖެހޭނެތޯ!!!

  11. ހެހެހެ

    ސޭޓް އަނބިންގެ ފިރިމީހާއަށް ވޯޓް ދޭކަށް މަނެތީން