ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގަނީ ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ލައިވް ޖަލްސާތައް އެ ޗެނެލްއިން ދެއްކުން ހުއްޓައެއް ނުލެވޭނެ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން މަޖިލީހުގެ ޖަލްސާ ދެއްކުން ހުއްޓާލާފައިވަނީ އިއްޔެ އިން ފެށިގެނެވެ. މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދީފައި ވަނީ ރިޕީޓް ޕްރޮގްރާމްތަކެވެ.

އެހެންވެ އީވާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އީވާ ވިދާޅުވީ ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށާއި އެހެން ކަމުން ރައްޔިތުން ތަމްސީލުކުރާ މިހުން ދައްކާ ވާހަކަތައް ޕީއެސްއެމްއަށް ދައްކަން މަޖުބޫރު ކަމަށެވެ. އަދި ޕީއެސްއެމް ޓީވީ ނިއްވާލުމުގެ ހައްގު އޮންނާނީ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ޑިމޮކްރަސީއާއެކު އަޅުގަނޑުމެން ހޯދި ހައްގުތައް އަލުން ނިގުޅައިގަތުން. އަނެއްކާވެސް 90 ގެ އަހަރުތަކުގެ ތެރެއަށް މިދިޔައީ" އީވާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޕީއެސްއެމްއިން މަޖިލިސް ދެއްކުން ހުއްޓާލީ ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ތަޅުމުގައި ސަރުކާރާއި ދެކޮޅަށް ވާހަކަދައްކާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އިސްވެ ތިއްބަވައިގެން އުފައްދަވަން ހުށަހެޅުއްވި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ދީފައެވެ. އެއާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ފޯމު ހަމަކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފައެވެ. އަދި ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަނުގެ ދަރި ލަތީފް

    ތިޔަ މަޖްލިސް ދެއްކުމަށްވުރެ ރަގަޅުވާނެ ބަކަރި ކޮއްޓެއް ދެއްކުންވެސް ގޮއްޔެ ހިތަށް އަރާދޯ ވަރަށް މުހިއްމު ތަނެކޭ ތިޔައީ ތޮލިޔަތަނުގެ އިއްޒަތް ވެސް ތިޔަ ބައިގަނޑު ވަނީ ނަގާލާފަ

    2
    3
  2. ހަސަނާ

    ކީއްވެހޭ މީހުންލަށްވާ މަސެތްކަތް ކުރުވާފަ ފައިސާނުދެނީ ކޯޓުން ޙުކުމްޖުރީމަވެސް ޕީއެސްއެމް ފައިސާނެތޯ ޙަލިދު މުސާރަފުޅު ކިރިޔާ ހަމަވަނީއޯ.

  3. Anonymous

    ރައްޔިތުންގެ ޓެކުސްފައިސާއިން ކައިބޮއި ހަދއިގެން މަޖިލިސްގައިތިބެގެން ބޭނުންހާ ވަހަކައެއްދައްކައިގެން ޓީވީ ޗެނަލްތަކުން ލައިވުނުކުރެވޭނެ އެކަން ރައްޔިތުން ހުއްޓުވާނެ !

    4
    5
  4. ޢާމިނާ

    ތިޔަ ބުނާ ސަރުކާރުގެ ޓީވީ ތަކުން ރައްޔިތުންނަށް އެއްޗެއް ފެންނަނީ ވެސް މީޑިއާ ނެޓަށް ފައިސާ ދެއްކީމަ. ގައުމީ ޓީވީ ވެސް ހިލޭ ނުފެނޭ ކޮންވާހަކައެއް ތިދައްކަނީ އަމިއްލަ މަންފާ އަށް ހުރިހާ ކަމެއްވެސް.

  5. ކުރަނޑިފަތި

    ހޫނ ދެން މީ ކަނޑާލާފަހުރި މީހެއްނު.

    3
    1
  6. އަހްމަދު

    މިމީހުންމި ގޮވަނީ ކޮން މޮޔައެއް.؟ ހުއްޓާނުުލެވޭނެޔާ ބުނާއިރު އެއޮތީ ހުއްޓާލާފާ. ދެން ކަލޭމެން ދައްކަބަލަ. އެޅެނެ ފިޔަވަޅެއްވެސް ނޯންނާނެ. ބުނާ އަޑެއް ނާހަމުދޯ "ލަކުޑި ގަނޑަކީ މާވަޑިޔާގެ ހިތޭ" މާވަޑިޔާ ބޭނުން ކިއްސަރަކަށް އަތްދަށުވަޑިން ޖެހޭނީ ލަކުޑިގަނޑު ކޮށަން.

  7. ފީވާ ވަރަށް ޓީވީ އިން ދެއްކޭ ހިތްވޭ ދޯ!

    ތިހާ ދެއްކޭހިތް ވަންޏާ ދިވެހި ފިލްމް ކުޅެންވީނު!

  8. މުހުސިން

    ޓެކުސް ފައިސާއިން ހިންގާ ޗެނެލް ކީއްވެތޯ ރުފިޔާދީގެން ބަލަން ޖެހެނީ؟ މިސުވާލަށް ވެސް ޖަވާބެއް އެބަ ބޭނުންވޭ. ސަބަބަކީ ތިޔަ ވިދާޅުވި ޓެކުސް ފައިސާއިން(ރައްޔިތުންގެ ރުފިޔާއިން ) ހިންގާ ޗެނެލެއް ބެލުމަށް ރުފިޔާ ދައްކައިގެން ބަލަން ޖެހޭތީވެ.