ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.

މެމްބަރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުގައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. އީވާގެ މައްސަލަ ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ.

އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރު ސޮއި ކުރައްވާ ހުށަހެޅުއްވީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވެ، އާޕާޓީއެއް އުފައްދަން މަސައްކަތް ފެށުމުންނެވެ.

ރިއްފަތާއި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅުވައިގެންނެވެ.

މަޖިލީހުގެ ނައިބު ރައީސް އާއި އަދި ވަޒީރުންގެ ވެސް އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 55 އަށް އަރައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލަލަލާ

    ބޭރުކުރޭ ބޭރުކުރޭ. ލަސްވެއްޖެ

  2. ގައުމީ ލޯބި

    މީ ހަމަ އަސްލުގައިވެސް ބަޖެޓު ލޫޓުވާ 2 ގޮލާ. ޚައްސަކޮށް ޝާހިދަކީ ދައުލަތުގެ އެންމެ ޚަރަދު ބޮޑު އެއް އިންސަނާ

    މީނާ ގެ ކިބައިން މިންޖުވާން ވިތާ ކިތަންމެ ދުވަހެއް!

  3. ބާގީންތަކެއް

    ސަޅިކަމެއް. ބޭރުކުރޭ. ބޮޑެތި ބާގީންތަކެއް ތިތިބީ

  4. ބޯދިގުޒައީމް

    2006 ގަވެސް ޝަހިދަކީ ވަގެކޭކިޔާ ގޮވީއެމްޑީޕީ އިންމިހާރު 2023ގަވެސްގޮވަނީ އެޕާޓީއިން ސަރު ކާރުހިންގާ އޭނަވެސްނިސްބަތްވާއެމްޑީޕީމެންބަރުން މީކަމުގަ މިއުޅެނީ ރައްޔިތުންގެތެރެއިން ބައެއްގެ މައްސަލަ އެއްތޯ ނޫނީ އޭނަގެމައްސަލައެއްތޯ ސަފުކޮއްދިނުންރަނގަޅުސިޔާސީމުސްތަގުބްލައްވެ ސް ނޫނީރާއްޖޭގެވެރިކަންކުރަން ހޯދަންޖެހޭތާއިދު ވެސް ގެއްލިކުޑަވަމުންދަނީ ރައީސްއޮފީހުގަލިފްޓު ތައްބެހެއްޓީ 2002 ހިސާބުގައޭރުއްސުރެ ލިފްޓޭ ކޭކިޔާ ގޮވަނީ ދެންސުނާމީއައްފަހު 2012 ޖީއެމް އާރް 2023 ކަނޑުމިކިޔަނީ ކަނޑުފަޅުޕުރެސްގަ ވެސް ޝާހިދުވެސްމިކަމަށް އަލިއަޅުވާލިނިވާވެތިބެ ގޮވާތީ ރައްޔިތެއްގެ ހައިސިއްޔަތުން ގެއްލިގެންދާ ހައްގުތައް ހަކުރާ ގެއިންގޮވީމަ ކުރީގެއަޑުގެބައެއް ހުރިތަންމިހާރު އަޑުގަދަ ވާތަން މަޖިލީސްގެ

  5. ޢާޒިމް

    މިތިބީ ގައުމުގެ ނަމޫނާއޭ ކިޔައިގެން އުޅޭ މީހުންގެ ފެންވަރަކީ ފައިސާލިބެންޏާ އަމާގެ ފައްޓަރުބައިވެސް ވިއްކާލަން ރެޑީ

  6. އަހްމަދު

    އަވަހަށް ތިނެތިވެސް ބޭރުކުރޭ! އަވަސްކުރޭ!

  7. Anonymous

    މިހައްތަހާވެސްދުރުކުރަންޖެހޭބައެއް