މި ހުންނެވީ ޒުވާނުންނާއި އެކުގައި ކަމަށާއި، ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ފުރަވީރުން އިވެންޓްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މާދަމާގެ މުސްތަގުބަލުގައިވެސް އަދި މިއަދުގެ މުސްތަގުބަލަކީވެސް ފެންނަން ތިބި ކުދިންނާއި ޒުވާނުން ކަމަށެވެ.

"އެބޭފުޅުންނާއި ހަމައަށް އަޅުގަނޑުމެންގެ ޒުވާނުން ވާސިލްކޮށްދޭން ޖެހޭނީ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގައުމު ވާސިލްކޮށްދިން ފަދައިން، އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި އެކުގައި، އެކަން ހަނދާން ކުރަން މި ޖެހެނީ އެނގޭތޯ". ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވިދާޅުވިއެވެ.

ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ފުރަވީރުން އިވެންޓްގައި ގާސިމް ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ގާސިމް ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ގައުމުގެ ތަރައްގީ އާއި ގައުމުގެ ކުރިއެރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގައި އެމީހަކު ހުންނާނީ، ގައުމުގައި ތިބި ޒުވާނުންނާއި ޅަ ކުދިންނާއި އެކީގައި ކަަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހަރުމީހުންނާއި އެކީގައި ތިބޭ ފަދައިން އެއަށްވުރެ މުހިންމު އަހައްމިއްޔަތުކަމެއް ދޭން ޖެހޭނީ ޅަ ކުދިންނަށާއި ޒުވާނުންނަށް. ތިބޭފުޅުންނާއެކު، ޒުވާނުންނާއެކު އަޅުގަނޑު ހުރި ވާހަކަ ދަންނަވާލަމުން، ތިބޭފުޅުން ހާސްކަނޑާލައްވާށޭ ބޭނުންފުޅުވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ". ގާސިމް ވިދާޅުވިއެވެ.

ގިނަ ޒުވާނުންތަކެއް އެއްވެ، ވަރަށް ފޯރީގައި ބޭއްވި މި އިވެންޓްގައި އެތައް ހުށަހެޅުމެއް ފެނިގެން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި ފްރީ ސްޓައިލް ހަރަކާތްތަކާއި، ނެށުންތަކާއި، ބޮޑުބެރުގެ ފޯރިގަދަ ހަރަކަތްތައް ފާހަގަކޮށްލެވެއެވެ.

މި ހަރަކާތުގެ ސަޕްރައިޒިންގ އިވެންޓެއްގެ ގޮތުގައި އެ ޕާޓީއާ އަލަށް ގުޅުނު 2023 ޒުވާނުންގެ ފޯމު ގާސިމްއާ ވަނީ ހަވާލު ކުރައްވާފައެވެ. މިއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ އިސްނެންގުވުމުގެ މަތިން ޒުވާނުންނަށް ހާއްސަކޮށް ބޭއްވި އިވެންޓެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަޑިދޮންބެ

    ހާސްކަނޑައިގެން މިހުރީ. ކީއްކުރަން ހާސްވަނީ؟ މީހަކު ނުޖެހޭނެ އެހެންމީހެއްގެ ހާސްކަނޑާން އަންނާކަށް.

    27
  2. ސަމްސިއްޔާ

    ދެންތިޔަހާ ޒުވާނުން ވެގެން އުޅެންޏާ ޒުވާނުންނަށް ފުރުސަތު ދޭންވީއެއް. ތިޔަ ވެރިކާމަކާ ހިފާތާވެސް ކޮން ޒަމާނެއް. ކީއްވެ ޖުމްހޫރީ ޕާޓީން ޒުވާނަކު ނުނެރެންވީ؟؟

    32
  3. Anonymous

    މިހާރު ހަމަޖެހިއްޖެ ހުރިހާ ކަމެއް.

    13
  4. ޢަހަންމަދު

    ނަޝިދު އާއެކު ކުރެވުނު މަޝްވަރާތަކުގެ
    ނަތީޖާ ތިފެންނަނީ. ވަރަށް ނުރައްކާ!

    19
    2
  5. ނަމަ

    ގާސިމް ޒުވާނުން ހާސްކަނޑާލަން ތިޔަބުނަނީ ޒުވާނުން މޮޔަފުޅު ވެފަތިބީމަތޯ

    26
  6. މުސްކުޅިން ވެރިކަމާ ނޫޅެންވީނު

    ވެރިކަން ވެސް ޒުވާނަކަށް ދޫކޮށްލަންވީނު!

    29
  7. ޖުއްބާ

    ރާއްޖޭގެ ގިނަ ޒުވާނުން ބޭނުމީ މަސްތުވާތަކެތި..... ދެންވެސް ގާސިމު އެމީހުން ބޭނުންވާހާކަމެއް ކޮއްދޭނީ......؟؟؟^#@!

    14
  8. ސީމް

    އިންޝާﷲ މީނާއަށް ދުވަަހަކުވެސް ވެރިކަން ނުދެއްވާށި.

    19
    1
    • Anonymous

      ސިޔާސީ ވަފާތެރި ކެހިވެރިން މިރާއްޖެ ގެނައި ސިޔާސީ ޕާޓީ ނިޒާމާއި، ސިޔާސީ ވަފާތެރި ކެހިވެރިން ހަމަ މިމީހުން ދައުލަތުގެ މާލިއްޔަތު ޖީބަށްލާން ވެގެން ގެނައި ޓެކުސްގެ ނިޒާމް މި ދެނިޒާމް ވަނީ ފެއިލް ވެފައި !

  9. ހަލީމް

    އެވިދާޅުވީ މީގެ 10 އަހަރު ފަހުން ޢޭނަޔާއި ނަހުލާގެ ތުއްތު ކުދިން ޒުވާނުންގެ އުމުރަށް ދާންވާއިރަށް ކޮންމެ ކުއްޖަކަށް އިތުރު ރިސޯޓަކާއި ފަޅެއް ހަމަޖެހޭނެ ވާހަކަ.

    16
  10. Anonymous

    ކިބުރުރުވެރި ގާރޫނު ކަލޭހާސްނުވާނެ

    14
  11. އަހްމަދު

    ކޮވިޑްގައި މުސާރަކޮޅު ކަނޑާފާ ފޮނުވާލީ. ހާސްކަން ކަނޑާލަންވީ ގާސިމް. އެއްގޮތަކަށްވެސް ހާސްވާނެކަމެއްނެތް . މިފަހަރުވެސް ނުހޮވާނަށް.

    19
  12. Anonymous

    75 އަހަރު އެކަމަކު އަދިވެސް ޒުވާނެއް! ވާ ސަރީ ވާ! ޒުވާން އަންބަކާ އެކުވީމާ ޒުވާން ވީ! ކުރިޔަށް! ވަރުގަދަ ރޫހެއް!

    13
    1
  13. ރާއްޖެތެރެ

    މިރައްޖެ ތަރައް ގީ ވަނިކޮއް އިންޑިޔާ އެކީ ޖޭޕީ ހެދީ ހަޑިހޭވީ

    13
    1
  14. ޒުވާނުން

    ޒުވާނުން ބޭނުންވަނީ ނަހުލާ..

    8
    1
  15. ސައިންޓިސްތު

    މުވައްޒަފުން މެދުގަ ތިހާ ތަފާތުކުރާ މީހަކަށް އެއްވެސް ކަމެއް ނުވާނެ..މިހާރުވެސް ވިލާ ސައިޓުގަ މަސައްކަތް ކުރާ މުވައްޒަފުން އެއްބަޔަކަށް ބޯންދެނީ ސަޕްލައިފެން އަނެއްބަޔަކަށް ވާރޭފެން އަނެއްބަޔަކަށް ފިލްޓާފެން އަނެއްބަޔަކަށް މިނެރަލްވޯޓާ..