ހޯމް މިނިސްޓްރީއާއި ޔޫތް ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި މިއަދު ފަށައިފިއެވެ.

މިއަދު ފެށި ފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.

އެ ފޯރަމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުاللهއެވެ.

ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އެ ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި, މ.އަތޮޅަށްވެސް ވަރަށް މުހިއްމު ފޯރަމަކަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމުގައި ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ގައުމިއްޔަތުގެ އަސާސްތަކާއެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ އެ ގައުމެއް ކުރިއަރާ ދިއުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

“ޤައުމެއް ބިނާވާނީ, ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެ ގައުމެއްގެ ޒުވާން ޖީލަކީ އިލްމީ ގާބިލު ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން.”މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރުމަށް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއެކުގައި އަދި ޒުވާނުންނާއެކުގައި ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.

މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މި ޝިއާރުގެ ދަށުންނެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް ލީޑާރސް ނެޓްވޯކްގެ އެޑްވައިޒަރީ ބޯޑްގެ މެންބަރު އަލީ ޒަކީ ވިދާޅުވީ ދެ ޒަވިޔަންޏަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ޒުވާނުންގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޒުވާނުންނަކީ ވަރަށް ޒިންމާދާރު އަދި ޒިންމާ ނަގައިގެން މަސައްކަތްކުރާ ބައެއްކަމަށެވެ.

"އެހެންވީމަ ޒުވާނުން ޒިންމާދާރުކަމާއެކުގައި ކުރިއަށްގޮސްފިނަމަ ޤައުމު ތަރައްގީ ކުރުމަކަށް ހުރަހެއް ނޯންނާނެ." އަލީ ޒަކީ ވިދާޅުވިއެވެ.

މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި މައިގަނޑު މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ. ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސްމަތު

    މުނާފިގު އިމްރާން އަބްދުﷲ އަކީ ގައުމަށް ފާވެފައިވާ ނުރައްކާތެރި ވައިރަސް އެއް. ކައްޒާބު އިމްރާން ހައްޔަރު ކޮށް އުލު ބައިދަންޖެހޭ. ދޮގުވެރި އިމްރާންގެ ސަބަބުން މުޖުތަމައު ފަސާދަވޭ

    20
    1
  2. ލޯބިވާ ވަޠަން

    ރިޔާސީ އިންތިޚާބަށް ޖަހާ ކަޑަ. މިފަހަރުގެ ކަޑަ އަމިއްލަ ރަށުގައި. މިހާރު ތިޖަހާ ކަޑައަކުން ވާނެކަމެއް ނެތް.

    19
  3. ހުވަދޫ އަލިބެއްޔާ

    މަސްއޮޑި ގޭންގް ހިންގާ ބޮނދު ގޮލާ ނިސްބަތްވަނީ މ.ކޮޅުފުއްޓަށް..

  4. އުގުރި

    މަކަރުވެރި އިމްރާން..

  5. ހުސެން

    ޒުވާނުންނޭ ނަމަނަމަ ދޮގު ނަހަދާތި .ކައްޒާބަކަށް ނުވާތި.