ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފިއެވެ.
ހައިލަމް ޖޭޕީއަށް ސޮއިކުރައްވާފައިވާކަން އިއުލާނުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އޭނާ އެ ޕާޓިއާ ގުޅިވަޑައިގަތް ހާމަކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ހައިލަމް ސިޔާސީ މައިދާނާ ގުޅުވަޑައިގެން ޖޭޕީ އިހްތިޔާރު ކުރެއްވި ކަމީ އޭނާއަށް ލިބުނު ނުހަނު ބޮޑު އުފަލެއް ކަަމަށެވެ.
ގާސިމް ވަނީ ހައިލަމްއަށް މަރުހަބާ ވިދާޅުވެފައެވެ.
ހައިލަމް ޖޭޕީއަށް ސޮއި ކުރެއްވި ކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ގާސިމެވެ.
ހައިލަމް އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެތައް ބަޔަކު ދަނީ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ޖޭޕީގެ އިސް ސަފުގައި މަސައްކަތް ކުރައްްވާ ފަރާތްތައް ހިމެނެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ގާސިމް ވާދަކުރައްވާއިރު، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މިހާރު ވަނީ ވަަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އެކި ރަށްރަށުން ގިނަބަޔަކު ދަނީ ޕާޓީއާ ގުޅެމުންނެވެ.
އެގޮތުން ރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި އިވެންޓެއްގައި އެ ޕާޓީއާ އަލަށް ގުޅުނު 2023 ޒުވާނުންގެ ފޯމާއި ގާސިމް ވަނީ ހަވާލުވެފައެވެ.
މިހާރު ވެސް ހައިލަމް މެންގެ ފެނަވަރު އެގިއްޖެ. ކިހިނެއްތޯ ކޯޓް ދާނީ ރަގަޅައް
ކުރީގެ ކަފުން ވަމުންދާ އިބްރާހީމުގެ އެމްޑީޕީއަށް ގުޅޭނެ މީހަކުވެސް ނެތް... ތިޔަހަރީ ހަތަރެސްކަން ހަމަވެފަ.
މީހުންނައް ހުކުމްޖަހާމީހުން ސޮއިކުރާނެތާ ހުކުމްލިޔާމީހާބުނީމަ ތިދެންއާކަމެއްނޫންތާ
ގާސިމް އަށް މިފަހަރު ރައީސްކަން ލިބުނީތި . އިންތިޚާބް ބާއްވާނެ ކަމެއްނެތް ހުވާކުރުމުގެ ކަންތައް އަވަހަށް ހަމަޖައްސަންވީ
ޙައިލަމަކީ ރައީސް ޔާމިނަށް ވަރަށް ސަޕޯރޓް ކުރައްވާ ބޭފުޅެއް
ކޯޓްތަކާއި ގާސިމު ވަރައްޓެހިވާނާނެ
ޤާސިމުގެ ރަނިންގ މޭޓް...