ތ.ވޭމަންޑޫ ސްކޫލްގެ ތިން ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރިއަށް ނުގެންދާތީ، މަޝްރޫއުގެ އެއްބަސްވުން އުވާލައިފިއެވެ.

ވޭމަންޑޫ ސްކޫލު އައު އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ ،2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

އެ ސްކޫލުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބާއި ގުޅިގެން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެމްބަރު، ރިޔާޒު ވަނީ އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އަދި އެމަސައްކަތް ހުއްޓި އެއްބަސްވުން އުވާލާފައިވާ ކަމުގެ ހަގީގަތަކީ ކޮބައިތޯވެސް މިނިސްޓަރާއި ސުވާލުކުރެއްވިއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓރަު ވިދާޅުވީ، އެ މަޝްރޫޢު، 2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 18 ވަނަ ދުވަހު، ބަޔަކާ ޙަވާލު ކުރެވި، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެ މަސައްކަތް ނިންމަން ކުރިން ދީފައި އޮތީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަސް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަޝްރޫޢު ލަސްވާތީ އެކަން ރަނގަޅު ކުރަން ކޮންޓްރެކްޓަރަށް އެންގުމުންވެސް އެއްވެސް ފިޔަވަޅެއް އަޅުއްވައިފައި ނުވާ ކަމަށެވެ. އަދި ތިން ފަހަރަށް ނޯޓިސް ދިނުމަށްފަހު، 17 ޖެނުއަރީ 2023 ގައި، މަޝްރޫއުގެ އެއްބަސްވުން އުވައިލައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުގައި އެޑިއުކޭޝަން މިނިސްޓަރީގެ ޓެކްނިކަލް ޓީމުން އެމަސައްކަތްކުރާ ސައިޓަށް ގޮސްފައިވާ ކަމަށާއި، ސްކޯޕަށް ކުޑަ ބަދަލެއް ގެންނަން ވާހަކަ ދެއްކި ކަމަށެވެ. އަދި ބީއޯކިއުއަށް ބަދަލު ގެނައުމަށްފަހު ޓެންޑަރ ބޯޑަށް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ރަށްރަށުގައި ހިންގަން ހަވާލު ކުރާ މަސައްކަތްތައް، މަސައްކަތް ހަވާލު ކުރާ ކުންފުނިން ނުކުރުމުގެ ޝަކުވާ ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެބޯގެރި

    ޚަބަރުކިޔާ ނިމުނުއިރުވެސް މަސައްކަތާ ހަވާލުވީ ކޮން ބައެއްކަމެއްނޭނގުނު އެހެންތާވާނީ ބައިކޮޅުގެ އިސްފަރާތެއްހިއްސާވާ ތަންދޮރު ނުދަންނަ ބަޔަކު އުފެއްދި ކުންފުންޏަކަށް މަސައްކަތްދީ ފައިސާދީފަވާނީ މިސަރުކާރުން ލޯނުނަގއިގެން ރައްޔިތުންއަތުން ޓެކްސްނަގައިގެން ރައްޔިތުން ޖޫރިމަނާކޮށްގެން ރައްޔިތުން އަތުން އެކިނަންނަމުގައި ޗަންދާ ނަގައިގެން ރައްޔިތުން ފެލައިގެން ފައިސާ ހޯދާފަ ހަދާ ގޮތަކީ ގޯތީ ކޮންމެވެސްކުއްޖަކަށް ނުވަތަ ގޯތީ ކުއްޖަކު ހިއްސާވާގޮތަށް އުފައްދާ ކުންފުންޏަކަށް ބޮޑެތި އަގުތަކުގަ މަސައްކަތް ހަވާލުކުރަނީ މަސައްކަތެއްކުރަންނުވެސްދަނޭ ހަދާ ގޮތަކީ ދެތިން ޕާޓޭ ފޮނުވާފަ ރަށްރަށުގަ ހާވާލަހާވާލާ ތިތިބެނީ ކޮންމެ ރަށެއްގަ ބޮޑޫ ޕްރޮޖެކްޓު ބޮޑު އަގުދީފަ ފައްޓަފަ ދުވަހަކުނުމެއްނިމޭ ރައްިތުންގެ ފައިސާ އިސްރާފުކުރަނީ ސަތޭކަ ރުފިޔާ ޚަރަދުކުރަންޖެހޭކަމަކަށް މިލިއަނުން ޚަރަދުކުރަނީ އެހެންވީމާ އެވާހަކަ ދައްކައިގެންނުވާނެ ނޫސްވެރިންވެސް ކަންކަމުގެ ހަޤީޤަތް ހާމަކުރާއިރު މިކަންކަމަށް ސަމާލުކަންދޭން އެބަޖެހޭ