ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ފެނިވަޑައިގަތީ ރައްޔިތުންގެ ހިތުގައި ރައީސް އަށް އޮތް ލޯބި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް އައްޑު އަށް ވަޑައިގަތީ އެ ސިޓީގައި ކުރިއަށްދާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމަށާއި ބައެއް މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށެވެ.

އައްޑޫ ސިޓީގެ ތަރައްގީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ ސިޓީއަކީ ސަރަހައްދީ އިގްތިސާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތައް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވައިފައެވެ. މި މަޝްރޫއުގެ ދަށުން 194 ހެކްޓަރުގެ ބިން ހިއްކާ އިރު، އެކަމަށް 1.5 ބިލިއަން ރުފިޔާ ހަރަދުވެއެވެ. މިއީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ އެއް މަޝްރޫއެވެ.

އެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު މަރަދޫ އަށް ދިޔައެވެ. އަދި އެ އެންމެންނާ ސަލާމްކޮށް ފޮޓޯ ނެންގެވުމުގައި ގާތްގަނޑަކަށް ސާޅިހަކަށް މިނެޓު ވަނީ ހޭދަ ކުރައްވައިފައެވެ.

މިއީ މި ފަހުން އައްޑޫން ރައީސަކަށް ކީ އެންމެ ހޫނު މަރުހަބާއެވެ.

ރައީސްއާ އެކުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ސޯލިހަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ދެއްވާ ތަރުހީބު އިއްޔެ ފެނުނު ކަމަށެވެ.

ރައީސް ސޯލިހަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުއްވުމެއް ނެތި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އޯގާތެރި ވެރިއެއް ކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އާ ބައްދަލުކުރެއްވުމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަވާސާ ހާދިސާ

    އައްޑޫ މީހުންނަށްވުރެންފަސޭހައިން ހައްދާލެވޭ ބަޔަކު މިދިވެހި ރާއްޖޭގައި ނޫޅޭނެ! މުސްތަގުބަލުގައި އައްޑޫއަކީ އިންޑިޔާގެ ބަޔަކަށްވާނީ އެހެންވެ އިންޑިޔާ އަޑީގަ ތިބެގެނ ްމޮރިސަސްއަށް ފޯޅަވަހި ލިބޭގޮތަހަދަން އުޅޭނީ! މޮރިސަސް އަކީ މިހާރުވެސް އިންޑިޔާގެ ފުރިހަމަ ކޮންޓްރޯލް އޮންނަތަނެއް!

    32
  2. ރރރ

    އައްޑޫ މީހުންނަކީ ވެރިން ނުވަތަ މަދު މުއްސަދިން ކޮޅަކަށް ކޮންޓުރޯލް ކުރެވޭ އަމިއްލަ ވިސްނުމެއްނެތް ޖނވރ ކަހަލަ ބައެއް . ! މާދަމާވެސް އެހެންގޮތަކައް ފެނިދާނެ. !!!

    21
    4
  3. ޑައެލޯގް

    އޮތްތާއިދު އެގޭނީ ރިޔާސީ އިންތިހާބުގެ ވޯޓުންނެވެ. މީގެކުރިންއޮތީ ޕްރައިމެރީގެ ވޯޓެވެ. އެވޯޓަށް ފެނަކަތަންތަން ހިސާރުކުރިގޮތަކަށް ނުވާނެއެވެ. ސަބަބަކީ އެންމެނަށްވެސް އެގޭނެ މިފަހަރުބަލިވީމަ އިބޫނިމުނީކަމެވެ. ޔާމީނުވެސް ރިޔާސީއިންތިހާބުވޯޓުނޫން ހުރިހާވޯޓެއްނެގިއެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ބަލިވީއެވެ. އިންޑިޔާގެ ވައްކަމާއެކުއެވެ.

    26
    1
    • ބަޔަސްޑް

      ޔާމީން ދެން ނެގީ ވޯޓެއް؟ ހަނދާން މާ ބަލިކަމުން ނޭނގިގެން މިއުޅެނީ

      2
      7
  4. ކާޕެޓް

    އެއީ މަށަށް ރަނިންގ މޭޓްކަން ލިބޭތޯ ބުނި އެއްޗެއް.

    14
    2
  5. ޟަނޓޭ

    އައްޑޫއައް ރައްރަށުން ގެންދިޔަ މީހުން ތިތާފަ އޮތީ ލޮލް

    14
  6. ހުސައިން803

    އުތުރުން ހަނިމާދޫއާއި ދެކުނުން އައްޑޫގެ ތަރައްގީގެ ވާހަކައަކީ ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް އެންމެ އަޑުހަރުކޮށްދައްކާ ވާހަކައެވެ. އިންތިހާބު ހަމަނިމުނީ މަސްރޫއުތައް މަޑުޖެހިހުއްޓިގެންދެއެވެ. މާލޭގެ ޑިމާންޑް ދައްވާގޮތަށް އުތުރާއި ދެކުނުގައި އަސްލުގައި ތަރައްޤީއަންނަ އެއްވެސް ފޮރޮޖެކްޓެއް ނުހިންގާނެކަން ޤަބޫލުކުރާށެވެ. މުޅިންވެސް ތި ހިންގާލަނީ ވޯޓައްވެގެން ހިންގާކަންކަމެވެ. ދިވެހިން އަދިވެސް ހޭނާރައެވެ.

  7. މޯދި

    ކޮއްމެ އިންތިހާބެއް ބޯމަތިވީމަ އައްޑޫގެ ރައްޔިތުން ގުބޯހައްދާ!

    22
  8. ޖާބިރު

    އައްޑޫގެ ުރިހާ ވޯޓެއް ރައީސް ސޯލިހަށް ކަށަވަރު ކުރާނަން. : إِنْ شَاءَ ٱللَّٰهُ

    2
    27
  9. ކޮމާކޯޅި

    އައްޑުގަ އަސްލު ތާއީދު ވަރަށް ކުޑަވެއްޖެ. ވައުދު ނުފުއްދާ އިބޫ ބޭނުމެއްނޫން

    9
    1
  10. އިއްބެ

    ހުވަދޫން މީހުން ގެންދިޔަ ، މާލެއިން މީހުން ގެންދިޔަ ، އައްޑޫ ބަޔަކުވެސް ދިޔަ ، ކައިރި ރަށްރަށުން ފެނަކަ މީހުންތައް ދިޔަ! އައްޑޫމީހުންނަށްވެސް އެގޭ ތިޔައީ ވޯޓަށް ޖަހާ ކަޑަކަން! 4 އަހަރާ 9 މަސް އެއްކަމެއްނުކޮށް ތިބެފަ ކުއްލިއަކަށް ފެށިކަންކަން ނިމޭނީވެސް ހާވާގެންފަ ކުއްލިއަކަށް! ވެރިކަމށް ހޮވިއްޖެނަމަ ދެން ނުދާނެކުރިއަކަށް! މީ ތޯތޯއެއްނޫން! އައްޑޫން 20 ޕަސެންޓްވެސް ޞާލިޙަށް ނުލިބޭނެ

  11. ގޯދިއެ

    ޙުރިހާމީހުނެއް ނޫން މަދުބައެއް ބިންހިއްކިދާނޭ 2008 އެމްޑީޕީ ވެރިކަމުގަ ވެރިކަންކުރާ މާލެ އަތޮޅުގަ ބިންތައްހިއްކީ އެކަމެއްކުރުމުން އެއްމެބޮޑުއާމްދަނީއެއްލިބޭތަން ކޮންކަމެއްތޯ ކުރެވުނީ 2013ގަވެސް އައްޑުއަތޮޅުބިންހިއްކި އާމްދަނީއެއްލިބޭ ކަމެއްކުރެވުނުތޯކިނބުލަކުން ކަކުނިއަކައްބަދަލުވުނޫންކަމެތްނެއްތިކަމުގަ ގިނަމީހުނައް ނުވެސްއެނގޭ ތިބުނާމީހަކު ހުރިހެނެއް ޝާހިދައްހީވަނީ އެމްޑީޕީ ގިނަ މެންބަރުން ނުވެސްދޭ އެމީހުބްބުނަނީ ބިން ހިއްކުމާ ނަރުދަމާ މަގުހެދުން ބަނދަރު މީވައުދެއް ނޫނޭ ރައީސަކުކުރަން މިތަހުޒީބީ މުޖުތަމައެއްގަ ގާނޫންތަކުން ވެރިންކުރަންޖެހޭ ކަންތައް ޝާހިދުމެން ކޮސްގޮވަނީ ރައްޔިތުން އޮޅުވާލަން ދެންހުރި ސޭކްވޯޓާދެމީހުން ވަޒީފާގެ ބިރުއޮތުމުންދާބަޔަކުދާނެ ދަރިފުޅައް ވަޒީފާދީފަ މިބުނަނީ މަންމައާ ބައްޕަކާރީ ބުނާޝޭ ވަޒީފާ ގެއްލިދާނެއޭ ގޭމީހުންސަރުކާރާދެކޮޅުޕާޓީތަކުގެ ހަރާކާއްތަކުގައުޅޭނަމަ މިނިސްޓާރްބުނީ ގުޅާފަ މިއަހަރު ދެންދާނެމީހުން ބިރުންވެސްއާމްދަނީ އެއްލިބޭނެގޮތެއްނެތީމަ ވޯޓްފޮޝިން ކަކުނި ބޭރުވާތަންފެއްނާނެ އެއްމެނަކައް ވަޒީފާގެ ބިރެއްނުދެއްކޭނޭ މިނިވަންކަމާއެކްއިދިކޮޅުގަ ތިބިބަޔަކައްވޯޓްދޭނީ ހޯދާވެސް

  12. އަރިއަތޮޅުން

    ރަނގަޅޭ. އެމަށް ވެސް ފިލިޖަހާލީމާ ފިއްޔަށް ހިފާނެ. ދަލަށް ވެސް އަރާނެ.

  13. ޢައްޑޫ މީހާ

    މަގޭ އާއިލާގެ ހުރިހާ ވޯޓެއް ޔާމީން އަށް

    13
  14. އަހަރެންގެ ވަގުތު

    ނުކުލެދޭ މީހުންގެ އެލަވަންސު ބޮޑު ނުކުރާވާހަކަ ނޫހެއްގަ ލިޔެދީބަލަ ޕްލީސް

  15. ޝައިޚް

    40 ވަޢުދުވެފައި އެއްކަމެއް ނުކޮށްހުރެފަ ވޯޓުކައިރީމާ ޖަހާ މަޅި! ވޯޓު ނުލިބޭނެ

  16. ނަން

    އަހަރެމެން ރަށަށް އައިސްފިއްޔާ ހިތުންނެއް ނޫން. އަތާ ފަޔާ ލަޓިބުރިން ރައީސްއަށް އޮތް ލޯބި ދައްކާލާނަން.