ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދު ކުރި ޝަންގްރިއްލާ ރިސޯޓުގައި ހިމެނޭ ސަރުކާރުގެ %30 ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިއުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ މަރަދޫގައި އިއްޔެ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ފުރަތަމަ ހުޅުވި ޝަންގްރިއްލާ ރިސޯޓް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން ގެއްލުމުގައި ހިންގަން ފެށުމުންނެވެ. މިއީ ދިވެހި ސަރުކާރާއި ހޮންކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ރިސޯޓެކެވެ. ޝަންގްރިއްލާ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް މަރަދޫގައި ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އަދި އެ ފަރާތާ އެކު އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަށް އެމަނިކުފާނު ނުހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

"ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލު ކުރުމުގެ ލިޔުންތައް ސަރުކާރުން އެ ފަރާތާ ހިއްސާކޮށްފިން. އެކަން ނިމުމާއެކު، ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި، ހިންގަން ފަށާނެ." ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގައެވެ. ގެއްލުމުގައި ހިންގަމުން އައި ކަމަށް ބުނާ އެ ރިސޯޓުގެ ހިދުމަތްތައް ހުއްޓާލުމާ އެކު، 500 މީހުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓުގައި 284 ކޮޓަރި ހެދިއެވެ. އެ ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިގެންނެވެ.

އައްޑޫގެ 7،000 އެނދާއެކު ރައީސް ދެއްވީ ފަތުރުވެރިކަމުގެ އުންމީދުގެ ހުޅުކޮޅެއް!

ރައީސް ސޯލިހް ކުރިން ވިދާޅުވީ އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައި އޮތް އެއް ކަމަކީ ޝަންގްރިއްލާގެ މަސައްކަތް ކަމަށެވެ.ކުރިން ސަރުކާރާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ޝަންގްރިއްލާ ހިންގަމުން އައި ނަމަވެސް އެ ތަނަށް ވާނުވާ އެއްވެސް ސަރުކާރަކުން ނުބަލާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިސޯޓުގެ އޮޕަރޭޝަންތައް ހުއްޓި، އެތަނަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އައި ކަމަށާއި އެފަދަ ޖޮއިންޓް ވެންޗާއެއްގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ވިޔަފާރިއެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޝަންގްރިއްލާ ރިސޯޓު އަންނަ އޮގަސްޓު ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދީދީ

    ޝަންގްރިއްލާ ހިއްސާ ދޫކުރުމާއި އެވާހަކަ ދައްކަންޖެހެނީ މިއަދަކުނޫން، އިހްލާސްތެރިކަމެއް ހުރިނަމަ އެކަން ކުރަންޖެހެނީ ކޮވިޑްގެ ވަބާއިން އަރައިގަނެ ރިސޯޓްތަށް ހުޅުވިގެން އައިދުވަސްވަރު. އެދުވަހު އައްޑޫގެ ތަރައްގީއަށް ރައްޔިތުންގެ ފައިދާއަށް ވިސްނައިގެން ދޫކުރާން ޖެހުނު ކޮންމެ އެއްޗެއް ދޫކޮށްގެން ނަމަވެސް މިރިސޯޓް ހިންގޭނޭ މަގު ފަހިކުރިނަމަ ރައީސް މީހާގެ އިހްލާސްތެރިކަމާއި، މޭޔަރު އެބުނާ ދެވަނަ ދައުރެއް ދޭންޖެހޭނޭކަން ގަބޫލުކުރެވުނީ. ރިސޯޓް ނުހުޅުވި ވީރާނާވާން ދޫކުރެވުނު އިރު މާލޭގައި ތިއްބެވި ވަޒީރު ބޭފުޅުން އެކިފަހަރު މަތިން އައިސް އައްޑޫ މީހުންގެ ޖީބު ޑޮލަރާއި ޕައުންޑުން ފުރާލާނެ ވާހަކައިން އައްޑޫމީހުންނަށް ކުރީ މަލާމާތާއި ފުރައްސާރަ. އެދުވަހު އިންތިހާބަށް ވަގުތު އޮތީތީވެ އައްޑޫ އެއީ އޮތްތަނެއްކަމެއްވެސް ހަނދާނެއް ނެތް، ބައިއިލެކްޝަން ދާއިރާތަކަށް މިލިޔަނުން ފައިސާ އަޅަމުންދިޔައީ، މިއަދު އިންތިހާބު އައިސް ޖެހުނީމައި ޝަންގްރިއްލާއޭ ބިންހިއްކުމޭ ހަންކެޑެއޭ ކިޔައިގެން އައްޑޫމީހުން ހައްލާނުލެވޭނެ.
    ދެން މިއަދު ޝަންގްރިއްލާ ރިސޯޓުގެ ސަރުކާރު ހިއްސާ ދޫކޮށްލިޔަކަސް އެރިސޯޓް އެއޮތީ ތިރީހަކަށް މިލިޔަން ޑޮލަރު ހޭދަނުކޮށް އޮޕަރޭޝަނަށް ނުގެނެވޭނެ ވަރަށް ވީރާނާ ވެފައި.
    ކޮންމެ ސަރުކާރަކުން އިންތިހާބާއި ކައިރިކޮށް ބޮޑެތި ލޯނުނަގައިގެން އައްޑޫ ބިން ހިއްކައި ޑުބާއި ސިންގަޕޫރުގައި އެހުންނަކަހަލަ ނަލަ މަންޒަރުތަކާއި އެއްގޮތަށް އާކިޓެކްޗަރުން ލައްވާ ބޮޑު މަންޒަރުކުރަހައިގެން ރައްޔިތުންނަށް ދެއްކިޔަކަސް ހަގީގަތަކީ އައްޑޫގެ ޓުއަރިޒަމް ހިންގުމަށް ރަނގަޅު މާސްޓަރ ޕްލޭނެއް ނެތްކަން. އޮތްހާވެސް އެއްޗަކީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް، ޝަންގްރިއްލާ ހިންގި ވިލިނގިލި ރިސޯޓް، މިއީ ރައީސް މައުމޫނުގެ ޒަމާނުން ފެށިގެން އިންތިހާބުތަކަށް އައްޑޫ ރައްޔިތުންނަށް ދައްކަން ދަމާނެރެން އޮންނަ ޕްރޮކެޖްޓް.

  2. އަބްދޫ

    އައްޑޫގަ އެނދު ހެދިދާނެ ދަގަނޑުއެދާއި ފަށް ޖެހި އެނދުގެ 10000 ވެސް ހެދިދާނެ އެކަމަކު އައްޑޫގަ ޓޫރިޒަމް ކުރިނާރާނެ.

  3. ޜައްޔިތުމީހާ

    ހިއްސާދޫކޮއްލީ ދައުލަތައް އެއްޗެއް ނުލިބޭގޮތައްކަމުގަ ވަނީނަމަ ތީތިކަޑަ