ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މީހަކު އައްޔަން ނުކުރުމަކީ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދިނުން ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ނައިބުރައީސް އިތުބާރުނެތްކަމަށް ވޯޓްނަގަން ބާއްވާ މަޖިލިސްގެ ޖަލްސާ ގަވާއިދުގައި ވާގޮތަށް ރިޔާސަތަށް އަރާނެ މީހަކު އައްޔަން ނުކުރުމަކީ ރައީސްގެ މާގާމުގެ މަސްއޫލިއްޔަތުން އެއްކިބާވުން، ނުވަތަ އިތުބާރުނެއްކަމުގެ ވޯޓުން އެއްކިބާވުމަށް އަމިއްލައަށް އިސްތިއުފާދިނުން ކަމަށެވެ.

އީވާގެ އިތުބާރުނެތް ކަމުގެ ގަރާރު މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތުމުން ޖަލްސާ ފެށޭނެ ގޮތެއް ނެތި ވަނީ ލަސްވެފަ އެވެ.

ޖަލްސާ ފަށަން ހަމަޖެހިފައި އޮންނަ ގަޑި ކަމަށްވާ 09:00 ވުމުން މަޖިލީހުގެ އަމީންއާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ގަރާރު އެޖެންޑާ ކުރުމުން މަޖިލީހުގެ ރިޔާސަތުގައި ނައިބު ރައީސް އީވާއަށް ނީނދެވޭނެ ކަމަށެވެ.

އެހެންކަމުން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދެންނެވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ ގަރާރަށް ގޮތެއް ނުނިމެނީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

"އެހެންކަމުން މިއަދުގެ މިޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއިމެދު ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މިޖަލްސާ ކުރިއަށް ގެންދެވެން ނެތް ވާހަކަ މެންބަރުންނަށް ދަންނަވާލަން." ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ އެހެން ވިދާޅުވުމާއިއެކު ގިނަ މެންބަރުން ވަނީ މިހާރު މަޖިލިސް ތަޅުން ދޫކުރައްވާ ނިކުމެވަޑައިގެންފައެވެ. ނަމަވެސް މިއަދު މަޖިލިސް ޖަލްސާ ކެންސަލްވީ ކަމެއް އަދި މަޖިލީހުގެ އިދާރާއަކުން ނާންގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަވަށުމީހުން

    ސަން ޝިޔާމްއަށް ގޮވާގެން ގެނެސް ތިތަން ހުޅުވަބަލަ.. މަޖިލިސްއަށް ވެސް އަންނަ މީހެއްނޫނޭ

  2. ބުލްބުލް

    ސަރިއްޕެ ކަލޭވެސް އަނގައަރުވަންފެށީދޯ

  3. ަައަހުމދު

    އެހެންނާވެސް އެކަން އޮންނަނީ ރައީސް އަދި ނާއިބްރައީސް ނެތިއްޔާ އެންމެ ދުވަސްވީ މެމްބަރަކު ރިޔާސަތު ބަލހައްޓަން..

  4. ރިޒޭ އިންވާޓާރ

    ތަންދޮރުނޭނގި ކިޔޭނުކިޔޭނޭނގޭ މީހުން އަނގައަރުވަންނޫޅޭ ކަލޭ ކޭޕާކުން ގަނެފަ ހުރި ފުލެޓެއްގެ ކަންތަކު ކަލޭ ވައިބާ ގުރޫޕުގަ މާގަދަވެގެން އެމައްސަލަ ތިމަންނަ މަޖިލީހައް ވައްދާނަމޭ ކިޔާފަ އެއްކަމެއްވެސް ނުކުރެވުނު ފަހުން ގުރޫޕުގަ މީހުން ބަވަން ފެށީމަ ގުރޫޕުން ބޭރުވީ މީކަލޭގެ ފެންވަރަކީ ފާއިސާޔާ މަގާމު ލިބުނަސް ބޮކެއްވާނީ ބޮކަކައް އެބަދަލެއް ނުވާނެ

  5. ހަސަނު

    ދެކެވޭ ވާހަކަތަކަށް ބަލާއިރު ބެލެވެނީ އަމީނުއާންމު ނިއުޝާ ނަޝީދުގެ ޚުދުމުޚުތާރުކަމަށް އެއްބާރުލުން ދޭކަމަށް. ސަބަބަކީ މީގެ 2 ދުވަސްކުރިން ނިއުޝާ ބުނެފައެބައޮތް ނަޝީދު މަސްއޫލިއްޔަތުން އެކަހެރިވި ވާހަކަ، ދެން ހަމަ ނަޝީދު ރިޔާސަތުގައި ބައިންދަން މިއަދުގެ ޖަލްސާ އެޖެންޑާ ކުރުމަކީ މިކަމުގެ ހެކި، ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ ނިއުޝާގެ ގާނޫނީ ޒިނަމާއެއް. މިކަން ނުކުރުމަކީ މީގެ 2 ވަނަ ހެކި. 3 ވަނަ މީހަކަށް ނިއުޝާގެ ނަން ހިމަންވީ !

  6. މުހައްމަދު

    ތިޔައީ މިހާރު ރައްޔިތުން އަތުން ރުފިޔާ ނަގާގެން ހިންގާ ވަކި ޖަމާއަތެއް ތިތަނުން ރައްޔިތުންގެ އެއްވެސްކަމެއް ގަ ޙައްލެއް ހޯދަދީފަކަނެތޭ ދެން ކޮން ރައްޔިތުންގެ މަޖިލިހެކޭ ކިއާކައްތަ

  7. މޮހޮރު

    ތިޔަ މީހާގެ ލަދެއްވެސް ނެތީ ދޯ

  8. ގުދުގުދާބެއްޔާ

    ހެހެހެ! ހާދަ ރުޅިގަދަވެފަ! ކަލެއައްދޯ އިގޭނީ ނަސީދު އިސްތިއުފާދޭން. ޕޮއްޕަޓޭމެން މަޖިލިސްގެ ނައިބު ރަޢީސްގެ މަގާމު ފުރާހިތުން ލޮލުފިޔައެއް ނުޖެހޭ! ޕޮއްޕަޓޭމެން މަހަށް ދޭބަލަ! ޕޮއްޕަޓޭމެން ދެން މަޖިލިސްގެ މެންބަރ ކަމަށް ނުހޮވޭނެ! އެމްޑީޕީ ދާނީ ޗޮކޮހުން1