ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެމަނިކުފާނު އެ ސިޓީއަށް ވަޑައިގަންނަވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.

އެ ރަސްމިއްޔާތު އޮތީ މިރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ނަޝީދު ކުޅުދުއްފުއްޓަށް މިއަދު ހަވިރު ވަޑައިގަންނަވާއިރު، އެ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރުން ކުރިން ތިއްބެވީ އެމްޑީޕީގަ އެވެ. ނަމަވެސް ހުރިހާ މެމްބަރުން ޑިމޮކްރެޓްސާއި ގުޅިވަޑައި ވަގުމުން މިއީ ސިޓީ ކައުންސިލެއް އެއްކޮށް އެމްޑީޕީގެ އަތުން ބީވި ފުރަތަމަ ފަހަރެވެ.

ދަ ޑިމޮކްރެޓްސްއަކީ ނަޝީދު އަށް ވަފާތެރި ގިނަ ބަޔަކު ހިމެނޭ ޕާޓީއެކެވެ.

ނަޝީދު މީގެ ކުރިންް، މިދިޔަ ޑިސެމްބަރު މަހުވެސް އެ ސިޓީއަށް ވަޑައިގެންނެވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަތިމަތިން

    ތިޔަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރައީސްކަމުގެ ހުވާކުރައްވަންތޯ ނުވަތަ ކުޅުދުއްފުށީ ބޮޑު ވަޒީރުކަމުގެ ހުވާކުރައްވަންތޯ؟ މި ޚަބަރުން އެކަން ސާފުނުވާތީ އަހާލީ.

    5
    4
  2. ގޯޓާބޭ

    ތާއީދު އޮތް ހަމައެކަނި ތަން

    4
    4
  3. ވައްހާބު

    ރަށަށް ނާރުވާ ފޮނުވާލަބަލަ!

    3
    2