މަދިރި ނައްތާލައި ޑެންގޫ ހުމުން ރައްކާތެރިވުމަށް ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.

އާބަންކޯއިން ބުނީ ކޮންމެ އަހަރެއްގެ ޖޫން ޖުލައި ވިއްސާރަ އާއި ވިދިގެން ޑެންގޫ ބަލި ޖެހޭ މިންވަރު އިތުރުވާކަން އެކުންފުންޏަށް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި މަޝްވަރާކޮށް މަދިރި ނައްތާލައި ޑެންގޫ ހުމުން ރައްކާތެރިވުމަށް ހުޅުމާލެ ފޮގް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާބަންކޯއިން ބުނީ ފޮގް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ދެ އިރަށް ކަމަށެވެ.

ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ލޯޝަން ބޭނުން ކުރުން.

ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން.

ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށިޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުން. ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުން.

އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން.

އާއްމު ތަންތަނުގައި މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް މާސްކް އަޅައިގެން އުޅުން. އަދި ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައިވެސް މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުން.

ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުމުން ދުރުހެލިވުމާއި މާސްކްއަޅައިގެން އުޅުން.

އަދި ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ދިޔުމުން ދުރުހެލިވުން.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައްޔިތުމީހާ

    އަދިތިޔަކަންކުރަން ތަންކޮޅެއް އަވަސްނޫންތޯ

    4
    1
  2. ބުނީތީ ފަރަށް

    އާދަޔާ ޚިލާފަށް ނުބައްދަލް މިންވަރަށް ހުންޖެހިގެން ހަސަްފަތާލް ތަކަށް ދައްކާ މީހުން އިތުރުވެ އާސަންދައަށް ބާރު ބޮޑުވުމުން ދެންވާ ނުތިބެވޭ ހިސާބަށް ދިޔުމުން ނިކުމެ ބޭނުންވާ ދޫނިސޫފާ ސޫފިވެސް މަރުވާ ގޮތަށް ގޭގޭގައި ތިބޭ މުސްކުޅިންގެ ލޮލަށް ބުރާ ގޮތަށް ކަން ދެއްކުމުގެ ބޭނުމުގަ މިކުރްަނީ އަމާ ބުނީތީ ފަރަށް ދަގޮތަށް ކުރާ ކަމެކެވެ.މަފިރި ތިބީ ކާނުތަކުގެ ތެރޭގަ ފިލައެވެ. ބޭސްޖަހަނީ ދެއްކުމުގެ ބޭނުމުގަ މީސްމީހުންގެ ލޮލަސާއި ބޮލަށެެވެ

    4
    1