ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު 4:00 ޖެހިހާއިރު އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ މޭޔަރު އަހުމަދު އާތިފާއި ކައުންސިލް މެންބަރުންނެވެ.

އެމަނިކުފާނު އެ ސިޓީއަށް ވަޑައިގަންނަވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށެވެ.

އެ ރަސްމިއްޔާތު އޮތީ މިރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

އެ ސިޓީ ކައުންސިލުން ބުނީ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ނަޝީދު‬⁩ ކުޅުދުއްފުއްޓަށް ވަޑައިގެންދެއްވިކަމީ ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ނަޝީދު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެންނެވިއިރު، ކުރިން އެމްޑިޕީ މެންބަރުންގެ ގޮތުގައި ތިބި އެ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކޮށްފައެވެ.

ހުރިހާ މެމްބަރުން ޑިމޮކްރެޓްސާއި ގުޅިވަޑައި ވަގުމުން މިއީ ސިޓީ ކައުންސިލެއް އެއްކޮށް އެމްޑީޕީގެ އަތުން ބީވި ފުރަތަމަ ފަހަރެވެ.

ދަ ޑިމޮކްރެޓްސްއަކީ ނަޝީދު އަށް ވަފާތެރި ގިނަ ބަޔަކު ހިމެނޭ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލިބެ

    ޗޮ ކުންދާނީ ދަނޑި ޑިމޮ ކްރެޓްސް....މާނައީ މަލާމަތްލިބިގެންވާ މީދާތައް...

    12
    4
  2. މާކަޕު

    މިހުރިހާ ދުވަހު އައްޑޫ ކޫދުން ގަޅިހެއްދީ. މިހާރު ކުޅުދުއްފުށި! ނޫނޭ ނަށީދު ބޭބެ ވާ ގަދަ. އުމުރަށް މުސާރަ ޔަގީންކޮށްގެން ކޮނމެވެސް ބަޔަކު ގަޅިހެއްދުމުގާ

    11
  3. ގޮވެލި

    މަޖިލިސް ބޮޑުތަޅު އަޅުވާފަ ކެންޕޭނުގަ

  4. މަތިމަތިން

    ލަދުހަޔާތް ކުޑަ އިންސާނެއް ވީމާ ކޮންމެ ގޮތަކަށްވެސް އުޅެފާނެ. ފަހަރެއްގައި ތިޔަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާވެސް ކޮށްފާނެ. ހުވާކޮށްފަ ބުނެފާނެ އެއީ ކުޅުދުއްފުށީ މީހުން މާލި ހަދާހެން ކުރި ކަމެކޭ. މާލި ހެދުމުގެ ނަމުގައި އެއީވެސް މަލާމާތްކުރުމާއި އާޑަފުރައްސާރަ ކުރުމުގައި ހައްދުން ނެއްޓިފައި ތިބި ބައެއް.

  5. ޖާނު

    އެކްސްފަޔާ ވެފަހުރީ މިހާރު ބޭނުން ކުރަން ކަމަކު ނުދާނެ