ވާނުވާގައި ޖަލުގައި މީހުން ބަންދުގައި ބޭތިއްބުން މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވާނުވާގައި ޝަރިޔަތް ނިމެންދެން ޖަލުގައި މީހުން ބަހައްޓާ ބެހެއްޓުން ނާޒިމުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށެވެ.

"ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަދި ޝަރީޔަތްތައް އަވަސްކުރުމަށް ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލު ގެންނާނެ." ރިޔާޒް ވިދާޅުވި އެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޮރީ

    ދެހާސްއަށާރަވަނަ އަހަރު އިބުރާހިމަށް ވެރިކަން ހޯދައިދޭން މަރުފަލިޖަހައިދިން އެއްސިޔާސީއަކަށްވެސް މިއިންތިޚާބުގައި ވޯޓުދެވޭކަށްނެތް.

    2
    2
  2. މުޙައްމަދު

    ރިޔާޒުގެ ބާރުވެރިކަމުގައި ރޯދަމަހެއްގައި އަނިޔާވެރި ތަޙްޤީޤެއް 1996ހިންގާފައިވާ އަޅުގަނޑުގެ މައްސލައެއް ވީނުވީއެއްނޭނގި އަދި މިއަދާއި ހަމައަށް ނުނިމި އަޅުގަނޑު މިއަދާއި ހަމައަށްވެސް މިހީ މައްސލަ ނުނިމި އަޅުގަނޑު ދޫކުރިދުވަހު ރިޔާޒު ސޮއިކުރުވި ލިޔުމުގައިވާގޮތަށް މާލޭގައި ބަންދުގައި ވީމާ ފުރަތަމަކަމަކަށް މިހެންހުރި ކަންތަކުގެ ވާހަކަ ދެއްކުން މާރަނަގޅުވާނެ ކޮބާ މިއަދާއި ހަމައަށް އަޅުގަނޑުގެ ޙައްޤު ؟

    2
    1
  3. 7 ފެބް

    ބޭފުޅާ މިހާރު ހުރިވެރިޔާ ރަނގަޅީ، ވާހަކަ ދައްކަން ޗާންސް ތިލިބެނީ، 7ފެބް ފައިލް އަލުން ހުޅުވީމަ ތިގޮތަށް އަނގަޔެއް ނުތެޅޭނެ.

    3
    1
  4. ދޮންބެ

    މަނިކުފާނުގެ ސީޕީ ކަމުގައިވެސް ތިކަން ކުރެވެން އޮންނާނެ ކީއްވެތަ ނުކުރީ. އެތައްބަޔަކު ބަންދުގައި ބޭތިއްބީ ކީއްވެތަ؟ ތިކަމެއް ނުކުރެވޭނެ. ކުރެވޭވަރުގެ ކަންކަމުން ވައުދުވާންވީނު. ކުށްކުރާ މީހުން ދޫކޮށްފަ ބައިތިއްބާކަށް ރައްޔިތުން ބޭނުމެއް ނުވޭ. މިހާރުވެސް ކުށްވެރިން މަގުތަކުގައި ގިނަވެގެން ރައްޔިތުން މިތިބެނީ ބިރުވެރިކަމެއްގެ ތެރޭގަ. ފުރަތަމަވެސް ތިޖެއްސެވީ ބައިކޮޅަށް ގޯލެއް. މަގޭވޯޓު ދެވޭކަށް ނެތް. ސޮރީ

    1
    2
  5. ހުސޭނުބޭ

    ތިއީ ތިކަމުގައި ވާނުވާ އެނގޭ މީހެއް ނޫން. އަދި ކިއެއްތަ އެކަމުގެ ބޮޑެއް! ދެން ކިހިނެއް ހަދާނީ!

  6. އަސްކަރީ މޭން

    ޢަސްކަރީ ކޯސްތަކެއް ފުރިހަމަ ކިރެއްވިނަމަވެސް އެންމެ ޝަރަފްވެރި އެއް މިލިޓަރީ އެކަޑަމީ ކަމުގައިވާ ޔޫކޭގެ ސޭންޑްހާރސްޓް މިލިޓަރީ އެކަޑަމީން ފާސްވިތޯ ބަލާބަލަ. މަކަރު ހަދައިގެން ކަމެއް ކުރި މައްސަލައިގައި ޑިސްއިނަރަބްލް މީހެއްގެގޮތުގައި ކޯހުންވަކިކޮށް ޤައުމަށް އަނބުރާ ފޮނުވާލީ