އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ މެނިފެސްޓޯއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ބޭލުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންއަށް ކުރަމުންދާ އަނިޔާތެއް ނިމޭނެ ދުވަހެއް ނެތް ކަމަށެވެ. އަދި ޕީޕީއެމްއާއެކު މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު ގުޅެން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަ ދެން އަލިއަޅުވާލެއްވީ އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ މެނިފެސްޓޯ އަށެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯއަކީ މި އިބްރާހިމް ބޭލުން. \މި ރައީސް/ ބޭލުނީމަ ދިވެހި ރައްޔިތުންނަށް ރަނގަޅު ތަރައްގީއެއް ލިބޭނީ. ބޭލުނީމަ މި ގައުމުގެ އިގްތިސާދު ކުރިއަށް ދާނީ. ބޭލުނީމަ މި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ރަނގަޅުވާނީ. ބޭލުނީމަ މި ގައުމުގެ ބޯހިޔާވަހިކަން އެޅޭނީ" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައިީސް ސޯލިހަށް މޭޒުގެ އަނެއް ފަރާތުގައި އަބަދު ހުރެވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ޕީޕީއެމްއިން މޭޒުގެ އަނެއް ފަރާތަށް މިހާރު މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި ޕީޕީއެމްއިން ވެރިކަމަށް އައުމަށް ފަހު ރައީސް ސޯލިހުގެ ވެރިކަމުގައި ކޮށްފައިވާ ހުރިހާ ކަމެއް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރީގަހެން އަޅުގަނޑުމެން މަސްލަހަތު ގެއްލިދާނެތީ އާއިލާތަކުގެ މަސްލަހަތު ގެއްލިދާނެތީ އަޅުގަނޑުމެން ދޫކުރާނެ މައްސަލައެއް ނޯންނާނެ، ދިވެހި ރައްޔިތުންގެ މާލިއްޔާއިން ވައްކަން ކުރާ މީހާ ޖެހޭނީ އެކަމާ ފޭސް ކުރަން" ޝިޔާމް ވިދާޅުވިއެވެ.

ޕީޕިއެމްގެ ލީޑަރު ރައީސް ޔާމީންއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ރައީސް ޔާމީންއަށް ކިރިޔާވެސް ވާދަކުރެވެން އޮތީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފްގެ މައްސަލަ ނިމި އެ ހުކުމް ބާތިލުކޮށްގެންނެވެ. ނަމަވެސް އިންތިހާބު ސެޕްޓެމްބަރު މަހު އޮންނައިރު، ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން އޮންނަ މުއްދަތު ތެރޭގައި ހުކުމްތައް ބާތިލުވެދާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނަމަސްތޭ

    ހެހެހެހެ . . ކޮންމެސް އެހެންކްމަކާ އުޅެބަލަ . . .ތިއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން . . ގައުމަށް ހެޔޮ އެދޭނަމަ ނޫޅޭނެ ވަގެއް ސަލާމަތް ނުވެގެން . . . ހަޖަމް

    11
    12
    • ކޮވިޑް

      ތި ނަމުން ވެސް ( ނަމަސްތޭ ) އެންގޭ ދޯ މިސަރުކާރަށް ސަނާނޫން އެއްޗެއް ނުކިޔާނެ ކަން. އިންޝާﷲ ޕީޕީއެމް ގެ މެނިފެސްޓޯ އެކަންޏެއްނޫން މި ޤައުމުގެ އަޣުލަބިއްޔަތު ރައްޔަތުން ބޭނުންވާ ގޮތް އެއީ ﷲ ގެ ރަޙުތާއެކު.

      7
      4
  2. މާމީ

    ކަލޯ ވަގުކަލޭގެ މިހާރު އެދިޔައީ ސިންގަޕޫރައް ކަލެއައް ވަގެއް ފެނުނިއްޔާ އެނގޭނެތަ؟؟

    9
    3
  3. އަލީ

    ފުރަތަމަ ނަމައް ބެލީމަވެސް އެބައެގޭ ކޮންތާކު މީހެއްކަން

    2
    1
  4. ދޫމް

    ވަރަށް ރަނގަޅު އެއީ ސޯލިހަކީ ނަމުންސޯލިހު ކަމުން ގައްދާރު އޭނަ ހަށްޔަރުކުރޭ ޕީޕީއެމް ވެރިކަމުގަ ދުވަހަކުކޮޅުންވެސް ސަލާމަތް ނުވެވޭވަރަށް.

    4
    3
  5. ތީތާ

    ތިއޮއް ފަޅާއެރީ ތި ބައިގަނޑުގެ އަސްލު ބޭނުން... ރައްޔިތުންނަށް ކޮށްދޭނެ ކަމެއް މެނިފެސްޓޯގަ ނެތް. ހުރިހާހެވެސް ބޭނުމަކީ ސަރުކާރު ވައްޓާލާ ވަގު ސަލާމަތް ކުރުން... ބަލަން ތިބޭ ބަޔަކަށް ފެންނާނެ.

    5
    6
  6. އުމަރު ނަސީރު

    ވަގު ކަލޭގެ އޮތީ 5 ސުޓާރ ރިސޯޓް ޖަލުގައި ބޭނުން އެއްޗެެއް ފަރިއްކުޅު ވައިގެން ނަމުގައި ޖަލުގައި އަރާމުގައި

    6
    6
  7. ޗޯރުއިބުރޭ

    ސާބަހޭ.އިންޝާﷲ.މިކަން ކުރުމަށް ހޭވައްލާ ތައްޔާރު،އެގިޑާނެތާ ވަރުހުރީ ގައުމީލޯބީގަތޯ ،ޗޯރުވޯޓުގަންނަށް ފުނިޖަހާ ފައިސާގަތޯ.