އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ ޕާޓީތައް ކުޑަ ނޫން ކަމަށާއި އެހެންކަމުން އެއްވެސް ހާސްކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލާ މި ފަހަރު އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަސޭހަ ކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

" ރައްޔިތުން ބޭނުންވަނީ ސުލްހަ މަސްލަސްކަން. ތަފާތުނުކޮށް އެންމެން ތަރައްގީގެ ފޮނި މީރުކަން ލިބުން. ބޯހިޔާވެހިކަން ލިބުން." މަވޯޓާ ޝަރީފް ވިދާޅުވެފައި ވެއެވެ.

މަވޯޓާ ޝަރީފް ވިދާޅުވީ މި ފަހަރު ޖޭޕީގެ ބަދަލުގައި ހަމަ އެއާ އެއްވަރުގެ ޕާޓީއެއް ކަމަށްވާ އެމްޑީއޭ އިން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައި ކަމަށެވެ. އެހެންކަމުން މިފަހަރުގެ ކޯލިޝަން ވެސް ވަކި ކުޑައެއްނޫން ކަމަށާއި އެއްވެސް ހާސްކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތުގެ ޕާޓީގެ އިތުރުން އެމްޑީއޭ އިންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީ ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު، އެއްބުރުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    2008 ގައި ރައީސު މައުމޫނު ބަލިކުރި ކޯލީޝަން އިބޫ ސޯލިހް އާއި އެކު ކޯލީޝަން ހަދާފަ މިއޮތީ އެމްޑީއެން ސަން ޝިޔާމް އާއި އަދާލަތު ޕާޓީ އަކީ ވަރުގަދަ ޕާޓީ ތަކެއް ، ކޯލީޝަން ކުޑައެއް ނުވާނެ !

    7
    10
  2. ސުވޭ

    އިބްރހީމް ބޮލަށް ހުތް ފެލައިގެން ގުނބޯ ހައްދަނީ. ތިޔަކިޔާ ކޯލިޝަން އެމްޑީއޭގައި 3000 ހަމަނުވެ. އަދާލަތުގައި 3000 ހަމަނުވެ. ދެން ކޮންބޮޑު ކޯލިޝަނެއްގެ ވާހަކަ ތިޔަ ދައްކަނީ. މިއަށް ބާރުލާ ރަނގަޅު ހިސާބެއް ހަދައިފިއްޔާ އިބްރާހީމް ދާނީ އެއްލަކިން ޗޮކުން.

    13
    2
  3. އއ

    ކަލޭތީ މިހާރު ސާލިހުއާ އިދިކޮޅު އޭނާ ވާވައްދަންހުރި މީހެއް.!! ޝުކުރިއްޔާ!:

    11
  4. މަކަރެ

    ދެން އެހެން ވިއްޔާ ކޮން ފެލިއެރުވުމެއް ތި އަރުވަނީ ޗޯރޭމެން

    12
    1
  5. ރައްޔިތުން ބޭނުންވަނީ ކަލޭ ދިނީމަ ބޯހިޔާވަހިކަމެއްނޫން..ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ ހުންނާނެ ގޮތެއް..އޭރުން އަހަރެމެން އަމިއްލައަށްވެސް ގެ އަޅާފާނަން…އަހަރެމެން ނަރުދަމާ އާއި އެކު ފާޚާނާ ތަށިވެސް ބޭނުންވާނެކަން އެނގޭ ވެރިޔަކު ބޭނުނީ…އަހަރެން ޔާމީންގެ ވެރިކަމުގައި ޑޮލަރ ގަތީ 15.50 އަށް ރޭގަ އަހަރެން ޑޮލަރ ކޮޅެއް ގަންނަން ބެލި އިރު 17.80 އަށް ހުރީ…މީ މި ބުނާ ވާހަކަ އަކީ

    10
    • ާާަަަަައަހުމަދު

      ޔާމީނު ވެރިކަމުގަާ އަހަރުމެނަށް ޑޮލަރު ލިބެނީ 19 އަށް

      2
      9
  6. Anonymous

    ކާމިޔާބީ އަކީ ކުޑަވުމުން ނުވަތަ ބޮޑު ވުމުން ލިބޭ އެއްޗެއްނޫން ކާމިޔާބީ އަކީ ﷲ ދެއްވާ އެއްޗެއް ކުޑަ ޕާޓީ އަކަށްވެސް ބޮޑު ޕާޓީ ގެ މައްޗަށް ކުރި ހޯދިދާނެ ﷲ ގެ ރަހުމަތުން !

    9
    1
  7. އަހުދު

    މާ ގިނަމީހުންގެ ޖީބަށް ލާރި ވަދެގެން ދިއުން އެހާ ރަގަޅެއްނޫން، ގެއްލުން އެކަށީގެންވޭ، ޤާރޫނު ވެސް ރައްޔިތުންނަށްދިން އެހީ ރައްކާކުރަން ބެހެއްޓީ އޭނާގެ އަތުގައި، އަހަރުމެން އެންމެންގެ ލާރިވެސް ރަގަޅުވާނީ ޔާމީނުގެ ބެލުމުގެ ދަށުގައި (ކުރީންވެސް ބެހެއްޓި ގޮތަށް) ބެހެއްޓުން.

  8. ޙާލަތު

    ޙާސްން ވަރަށް ބޮޑު

  9. ސަލީމް

    ބޯގޮވިއެއް

  10. ދޯދި

    ކަލޭ ބާރަށް ތިހެންގޮވާ.އެއިރުން އަދިވެސް ދަރަންޏެއް އޮތިއްޔާ ދަރަނި ފުއްދަދީ އިތުރަށް ރުފިޔާއެއްވެސް ލިބޭނީ.ކަލޯތީ ހީވާގޮތް.ދަރަނި ބޮލަށް ދެން ފުރުސަތެއްނެތް.އެހެންކަމަކާ އުޅޭ.

  11. ސުން

    އަނގަބޮޑު ކޯލިޝަން.

  12. Anonymous

    ތިކަން އެގޭ ރާވަފައި އޮތްގޮތުން ބުރުމާ ނިކުމެ ތިއުޅެނީ ތިކަމާ . އޭ ތިބުނާ ހާސް ކަމެއް ނެތޭ ކިޔާ ކަމަކީ. ހަމަ ޔަގީނުން އަހަރެން ސޭޓަކަށް ވޯޓެއް ނުދޭނަން އަދި މަގޭ ރައްޓެއްސެއްސެއްވެސް ނުދޭނެ.