ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނަންގަވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު އެގޮތަށް އެދިވަޑައިގެންނެވީ އެމަނިކުފާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންޓްރޯލް މުޅި މަޖިލީހުގައި އޮތްކަން އެންމެނަށް ވެސް ސާފު ކަމަށެވެ.

އެހެންވެ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެންގެވުމަށް އެދި ވަޑައިގެންނެވިއެވެ. އަދި ކޮންމެ ވެސް އެއް ބޭފުޅެއްގެ ގާތު މަޖިލިސް ހިންގަވަން އެދިވަޑައިގަތުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

"އެގޮތަށް އަޅުގަނޑު މިހިރީ ކުރަން ވަރަށް ބޮޑަށް ތައްޔާރަށް,". ނަޝީދު ވިދާޅުވިއެެވެ.

އީވާ މާގަމުން ދުރުކުރުމުގެ މައްސަލަ ނޯޓިސް ފޮނުވައި 14 ދުވަސް ހަމަވެ އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ.

އޭގެ އެއް މައްސަލައަކަށް ދިމާވެގެން އުޅެނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅެއް ނެތުމެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދައްކަން ފާސްކުރަން ޖެހޭ ވަގުތު އާންމު ކޮމިޓީ އަލުން އެކުލަވާ ނުލެވޭތީ އެކަން ނުކުރެވުމެވެ.

އޭގެ ފަހުން އެ މައްސަލަތައް ހައްލު ކުރަން މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ވެސް އޮތީ ހުށަހަޅައިފަ އެވެ. އަދި ރިޔާސަތު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހަވާލުވެ ވަޑައިގަތް ނަމަވެސް މަޖިލިސް ފެށޭއިރަށް ކުއްލި މައްސަލަތަކާ ނިޒާމީ ނުކުތާތަކާއި ހުރެ އެޖެންޑާ ކުރާ ކަންކަން މަޖިލިސް ނިމޭއިރު ވެސް ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިއްދޫ ސޭޓު

    ރައީސް ކަމުން އިސްތިއުފާދިންހެން ހަމަ އަޅުގަނޑަށާ ' ޤއަުމަށް ލިބިދާނެ ގެއްލުމަކަށްޓަކައޭ ކިޔާފަ ދެގޮލާ އިސްތިއުފާދީބަލަ . . ރައީސް ކަމަށްލާނެ މީހުން ނުވެގެން ނޫޅެމޭ އަހަރެމެންނެއް . . .

    14
    4
  2. ޔޫގޯ

    ތި ދެމީހުންވެސް ބޭރުކުރަންވީ! މާދެރަވެގެން އާދޭސް ކުރެއެއްނު ލަދުކުޑަވެގެން!

    13
    4
  3. ބަރަބޯ

    މީހުސް ކުޅޭ ގޭމެއް. ބަލާނެކަމެއްނެއް ދޭތިވެސް ވަކިކޮށްލާ. މި މީހުން އަދިވެސް އެބަލަނީ ކުކުރާލަ ކުކުރާލަ ތިބެން. ރައްޔިތުންނަށް ޖެއްސުން ނޫން ކަމެއް ތިޔަ މަޖިލިހުން އެބަ ކުރޭތަ

  4. ގައުމީ ލޯބި

    ދެން ކަލޭ މުސާރަ ނަގައިގެން ދައުލަތުގެ ކާރާއި ގެކޮޅުގައި ހުރެމެ، މަޖިލީހަށް ހާޒިރުނުވަނީ ކީއްވެ؟

    މަޖިލިސް ހުއްޓުވާއިގެން ޙިސޯރުކޮށްގެން ތިބުނަނީ ތިމަންނަގެ ނޯކޮންފިޑެންސް އަބުރާގެންދާށޭ.. ތިޔަށް ކިޔަނީ ބްލެކްމޭލް ކުރުންނޫން ދެން ކޯޗެއްތޯ.؟ މިގޮތަށް އަމަލުކުރަން، އަމިއްލަ މަންފާ ހޯދަންވީމަ، މަޖިލީހުގެ ޤަވައިދު ހުއްދަ ކުރޭތޯ؟

    ރައްޔަތުން ދެން ތިބެންވީ ކަލޭ ބޭނުން ދުވަހަކު އަންނަދެކަށް މަޖީހުގެ ތަޅުއަޅުވައިގެންތޯ؟

    5
    1
  5. ދޮންއަގަ

    މާދަމާބުނާނެ ހެޔޮނުވާނެޔޭ މަށަށް ބޮޑުވަޒީރުކަންދޭށޭ ބަލާއެއްމީ ކަތިވަޅި ގެއްލި ކޮށިދަޑުވެސް ގެއްލުނީމަ ވާނީމިހެން.

  6. އަހުމަދު

    ކޮބާ ބޮޑާވެފަ ފުއްޕާފަ އުޅުން ދެމީހުން މިއަދު ތިޔަ ސަލާން ޖަހަނީ.......