ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޒިންމާއާއި މަސްއޫލިއްޔަތު އަދާ ނުކުރައްވާ، އިތުބާރު ނެތް ކަމުގެ މައްސަލަ ނެގުމަށް އެންގުމަކީ ދެރަވެރުގެ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރަން ހުށަހަޅާފައިވާ އިރު އެ ދެ ބޭފުޅުން ވެސް ދަނީ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހައްދަވަމުންނެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު އެދިވަޑައިގެން ރިޔާސަތު ބަލަހައްޓަވަމުން ދަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ނަމަވެސް އަފީފް ވަނީ ޖެހިޖެހިގެން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިފައެވެ. އެހެންކަމުން ދެން އަފީފްއަކަށް ރިޔާސަތެއް ނުބެލެހެއްޓޭނެއެވެ.

ނަޝީދު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންޓްރޯލް މުޅި މަޖިލީހުގައި އޮތްކަން އެންމެނަށް ވެސް ސާފު ކަމަށެވެ. އެހެންވެ މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ މައްސަލަ އަނބުރާ ނެންގެވުމަށް އެދި ވަޑައިގެންނެވިއެވެ. އަދި ކޮންމެ ވެސް އެއް ބޭފުޅެއްގެ ގާތު މަޖިލިސް ހިންގަވަން އެދިވަޑައިގަތުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

ރައީސް ނަޝީދު މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް

"އެގޮތަށް އަޅުގަނޑު މިހިރީ ކުރަން ވަރަށް ބޮޑަށް ތައްޔާރަށް,". ނަޝީދު ވިދާޅުވިއެެވެ.

އެމްޑީޕީ ޕީޖީގެ ފަރާތުން ރައްޔިތުންގެ މަޖިލީސް އިދާރާގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، "ދެން އަޅުގަނޑުގެ މައްސަލަ ނެގީމައޭ ކުރިއަށް ގެންދެވޭނީ،" މިހެން ނަޝީދު ވިދާޅުވުމުން އެއީ ވަރަށް ހެއްވާ ވާހަކައެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ، މައްސަލަ ނަންގަވަން ނަޝީދު އަންގަވާނީވެސް "އިހުލާސްތެރި ކަމެއް މި މަސައްކަތަށް، ނުވަތަ މި ޕްރޮސެސްއަށް ނެތުމުން". ކަމަށެވެ.

"ދެ މައްސަލަ އެއްފަހަރަށް އެެ ދުވަހަށް ފޯލްވާ ގޮތަކަށްވެސް ނޫން ލެވިފައި އޮތީ، އެއް ދުވަހަށް ފޯލްވާ ގޮތަށް އޮންނަ ނަމަވެސް، އެ ޖަލްސާއެއްގައި ވަަރަށް ސާފްކޮށް މަޖިލިޙުގެ ގަވާއިދު ބަޔާން ކުރޭ، އެހެންވީމަ އެކަން ނުކުރައްވާ އޮތް އޮތުން، މަޖިލީހުގެ ރައީސަަށް ގާނޫނު އަސާސީންނާއި، ގާނޫނުން މަތިކުރެވިފައިވާ ޒިންމާއިން އެއްކިބާވެވަޑައިގެންނެވެނީ، ޒިންމާ ފުރިހަމައަށް އަދާ ނުކުރައްވަނީ، މަސްއޫލިއްޔަތު އަދާ ނުކުރައްވަނީ، އެއީ އުފެދޭ ސުވާލެއް ނޫން". އަސްލަން ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެ ޕާޓީގެ ޕީޖީ ގްރޫޕް ގަބޫލުކުރާގޮތުން މަޖިލީސް ކުރިއަށްގެންދަން މަޖިލީހުގެ ގަވާއިދުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ހަމައެކަނި މަޖިލީހުގެ ރައީސާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިފައި އޮތީމަ، މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށްދާ ދުވަހަކު އެ ޖަލްސާގެ. ހަމަ އެހެންމެ މަޖިލީހުގެ ނައިބް ރަައީސަށް ރިޔާސަތު ނުބެލެހެއްޓެނީ، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާ ދުވަހަކު. އެހެންވީމަ ހުރަހެއް ނާޅާ ރިޔާސަތު ބެލެހެއްޓުމަކަށް". އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް

އަސްލަމް ވިދާޅުވީ، އެ ދެ ބޭފުޅުންވެސް ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ގަވާއިދު ހުރަސް ނާޅާ ކަމަށެވެ. އަދި ދެ ބޭފުޅުންނަށްވެސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ކޮމެޓީއަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭ ގޮތަށް އޮންނަ ކަަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް ނެތިގެން، މަޖިލީސް ހުއްޓުވުމުގެ ޖާގައެއް ނުދޭ، މިިހާރު ހުއްޓިފައި އޮތްއޮތުން، މިއަދުގެ ޖަލްސާ ނުބޭއްވި އޮތް އޮތުން އެއީ މަޖިލީހުގެ ރައީސްގެ ގާނޫނީ ޒިންމާ އަދާ ނުކުރުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް ދެކޭތީވެ އެ ވާހަކަ ދަންނަވަން.". އަަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތްތަކެއް ނިމުމަކަށް ނުގޮސް، މި އަހަރުގެ ދެ ވަނަ ދައުރުގެ ރިސެސްއާ ހަމައަށް އާދެވިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުން ކަންތައް އަަވަސް ކުރަން ބޭނުންވާނަމަ އަވަސްކޮށްފައި ހުންނަ ކަަމަށެވެ. އަދި މަޖިލީހުގެ ބައެއް ރިޕޯޓްތަކާއި، ގުޅޭގޮތުން އަވަސް ކުރުމަށްޓަކައި މަޝްވަރާގެ މަތިންވެސް އެކަން ކުރެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ނަޝީދު އެގޮތަށް އަމަލު ނުކުރައްވާ ކަމަށާއި، ނަޝީދު މަޖިލީހުގެ ބާރުވެރިކަން ނަހަމަ ގޮތުގައި ހިފަމުންދާ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަދި މަޖިލީސް ހުއްޓީފައި އޮތް މައްސަލައިގައި އަމަލު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަމަލު ކުރެވޭނެ ގޮތްތައް ވަރަށް ދަތިކޮށް މި އޮންނަނީ، އަޅުގަނޑުމެންނަށް ދައުރުން ބޭރުގެ ޖަލްސާއަކަށް، އެކަމަކު ދައުރު އަދި ނުމިނުކަން ޔަގީނެއް ނޫން. މިއަދު ދައުރު ނިންމަލާވީ ކަމަށް ޔަގީނެއް ނޫން". އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝާފީ

    އެމްޑީޕީ މީހުންނަށް ވާނުވާ ނޭގުނީ އަވަސްއަރުވާލައިގެން ޖަޒުބާތުގަ ޖެހުނީމަ
    ޕްރޮފެޝަނަލް އެތިކުސް އަންނި އެބަހިފަހައްޓާ އަސްލަމުމެން އަދިޅަވާނެ

  2. ޢަހިމަދު

    ޜައްޔަތުން ވިސްނާ މިއީ ރޭވުމެއް މިމީހުންގެ ގުއިރޯނުގައި މިފަހަރު ނުޖެހޭތި

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މުޅި ރާއްޖެ ގޮވަމުން ދަނީ، "ޗޯރު އިބުރޭ ފައިބާ، ފައިބާ، ފައިބާ"! ޔާމީން އަށް ސަޕޯޓް ކުރާ 1،00000 (އެއް ލައްކަ) އަށް ވުރެ ގިނަ މީހުން އެބަ ތިބި، ނަޝީދު އަށް ސަޕޯޓް ކުރާ 60،000 އަށް ވުރެ ގިނަ މީހުން އެބަ ތިބި. މި އެންމެން އެކުވެގެން "ޗޯރު އިބުރޭ ފައިބާ، ފައިބާ" ގޮވަން ފެށީމާ އިބޫ ހައްޔަރު ކުރުން ނޫން ގޮތެއް ނޯންނާނެ! ޔާމީން އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލާ!!!

  4. Anonymous

    ފޯޅަވަހި މައްސަލަ އޮއްބާލަން ކުޅޭ ޑުރާމާއެއް !

  5. އއ

    ނަޝީދު ކަޝީދު ކިޔައިގެން ކަނޑު ވިއްކާފަ އެކަންތައް އޮއްބަން މުޅި މޑޕ އެކުވެ ޖައްސާ ވައްތަރު .! ކަލޭމެންނަކީ ގައުމައް ޚިޔާނާތްތެރިން.!!! އަމިއްލައެދުމާ ގުޅި ފޭލްވެފައިވާ ބައެއް.!!!

  6. ކޮވިޑް

    ނަޝީދު ޒިމްނާ އަދާ ނުކުރާ ވާހަކަ ދައްކަން އެމްޑީޕީގެ ބާކީ ތިބި މެމްބަރުން ލަދުގަންނަން ޖެހޭނެ ދޯ؟

  7. މަރީ

    އެހެންވީމާ މިހާރު އެމްޑީޕީ މެންބަރުންނައްވެސް ސާފުވޭދޯ މިނަޝީދުދެ ޚުދުމުހުތާރު ކަން މިކަހަލަ މީހުން ދެންވެސް ވެރިންނައް ނޮހޮވަންވީ

  8. އަހޭ

    ވައްކަން ނުކުރެވިގެން ތެޅި ބާލަނީ އެކަން ރައްޔިތުންނަށް އެނގޭ.

  9. ކަރަން

    ނަޝީދު ބޮލަށް ކަނޑާނެ ކަމެއް ނެތް.