އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ކަމަށްވާ އަލީ ނަޝާތު އާއި މުހައްމަދު އާސިފް އެކޮމިޝަނުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ދެކޮޅު ހެއްދެވުމުން ކޮމިޝަންގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ކޮމިޝަންގައި މަރުތަޅު އެޅިއްޖެއެވެ. އެއާއިއެކު އީދު ބަންދުގެ ކުރިން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމުގެ ކަންކަން ނުކުރެވޭނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

އިލެކްޝަންސް ކޮމިޝަންގައި ޖުމްލަ ތިއްބަވަނީ ފަސް މެންބަރުންނެވެ. އޭގެތެރެއިން ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެވެ. އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ މަދުވެގެން ތިން މެންބަރުން ތިއްބަވައިގެންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު އޮތް އަލީ ނަޝާތު އާއި މުހައްމަދު އާސިފް ވިދާޅުވާ ގޮތުގައި ފުއާދު ރިޔާސަތުގައި އިންނަވައިގެން އެއްވެސް ޖަލްސާއެއްގައި ދެން އެދެބޭފުޅުން ބައިވެރިއެއް ނުވާނެއެވެ.

އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވާން ދެކޮޅު ހެދިއިރު ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް މިއަދު ކޮމިޝަންގެ ޖަލްސާއެއް ބާއްވަން އޮތީ ތާވަލް ކޮށްފައެވެ. ނަމަވެސް އަލީ ނަޝާތު އާއި މުހައްމަދު އާސިފް ޖަލްސާގައި ބައިވެރިވާން ދެކޮޅު ހެދުމުން މިއަދު ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

އަލީ ނަޝާތު އާއި މުހައްމަދު އާސިފް ވިދާޅުވާ ގޮތުގައި ދެބޭފުޅުން އިލެކްޝަންސް ކޮމިޝަންގެ ޖަލްސާތައް ބޮއިކޮށް ކުރެއްވީ އެންމެ ފަހުން ބޭއްވި ޖަލްސާ އާއި ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް ފުއާދު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވައި، އެދެބޭފުޅުންގެ އަބުރަށް އަރައިގަތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެޕާޓީ އުފެއްދުމުގެ ހުއްދަ ދެވޭނީ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ޖަލްސާއެއްގައި ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙާލަތު

    ތިކަން ސަރުކާރަށް މައްސަލައަކަށް ނުވާނެ

    26
    1
  2. ނިއުމަތު

    އިލެކްޝަންސް ކޮމިޝަން ނުފޫޒާއި ތަޢުއްސުބުން އެކިބާވެ މިނިވަންކަމާއެކު މަސައްކަކުރާތަން މިފެންނަނީ. ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ޕާޓީއެއް ރަޖިސްޓްރީކުރިއަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއްކުރާތަން. މިހާރު މިއޮތީ އިލެކްޝަންސް ކޮމިޝަނަށް އަތްބާނާފަ. ދެން ވޯޓަށްވާނެ ގޮތެއް ނޭނގޭ.

    38
    2
  3. ވިސްނާ

    ގޫގްލް މީޓް މެދުވެރިކޮށް އޮންލައިންކޮށް ބާއްވާ އޭރުން ހައްޖުގަ ހުރި މީހާ ލައިގެން ކޯރަމް ހަމަކުރެވޭނެ ދޯ.

    30
    2
  4. ކާފަ އިމިގްރޭޝަން

    އަސްލު ދިވެހީންގެ ޓިކްޓޮކްގެ މެޖޯރިޓީއަކީވެސް ވަރަށް ސިކް ބައެއް. ކުރިން ރެއަކު ލަތީފާ ކިޔާ އައިޑީއަކުން ލައިވްވެ، 800 އަށްވުރެ ގިނަ މީހުންގެ ކުރިމަތީގައިވަނީ ކުޑަ ފިރިހެން ކުއްޖެއް "ރަނޑުކަމުން" ރޭޕްވި ސްޓޯރީ ކިޔާ، ވިކްޓިމް ބްލޭމްކޮށް ހިއުމިލިއޭޓްކޮށްފަ. ދެރައީ ލަތީފާއަކީ ޓިކްޓޮކް ކުއީން ހެދިގެން އުޅޭ ސަމާގެ ބެސްޓީކަމަށް ބުނާއިރު، އެކަމާ ދެކޮޅަށް އެއްޗެއް ނުބުނާކަން. އަދި މޮޑަރޭޓަރުންވެސް ދިޔައީ އެބިއުޒްގެ ވާހަކަ ނުދައްކަން ބުނާ މީހުން މިއުޓްކުރަމުން.

    10
  5. ބަގުދާދި

    އާސިފާއި ނަސާތު އަށް ތިޔަ ކުރެވެނީ ކުރެވުނު ހުވަޔާ ހިލާފު ކަމެއްކަމަށް ބަޔަކު ބަލާފާނެ. އެކަމަކު އަހަރެން ނަމަވެސް ފުވާދު ރައީސް ކަމުގަ ހުރެގެން ތިތާ ޖަލްސާގަ ބައިވެރިވުމާމެދު ދެވަނަ ވިސްނުމަކަށް ދާނަން. ފުވާދުއަކީ މީގެ ކުރިންވެސް ގަނޑުގަނެގެން ސަސްޕެންޑު ހުކުމެއް ނިންމަފައި ހުރި މީހެއް. މިހާރުދެން މިދަނީ ރައްޔިތުން ނިކުންނަ ހިސާބަކަށް ނޫންތަ އަޅެ؟؟؟؟؟؟

    14
    3
  6. ބަޔަސްޑް

    ދަގަނޑު ކެނޑޭނީ ދަނގަޑުންނެވެ

    18
    • ޑޮނީ

      އަލިމަހުން ނުކެނޑޭތަ؟

  7. ޅިޔަނުބެ

    ސަރުކާރުން ބޮޑުތަނުން މިދެމީހުން ރިޝްވަތު ނަގައިގެންކަން ޔަގީން. ދެ ވަގުން ހަމަ މިހާރު އިސްތިއުފާދީ

    19
    5
  8. ޢަބްދުﷲ

    ޑިމޮކްރޭޓްސް ދިވެހިރާއްޖެ ޕީޓީއައި ޕާކިސްތާނު އިބޫ ސަރުކާރު އެމްޑީޕީ ޝެހެބާޒު ސަރުކާރު މުސްލިމު ލީގްނޫން މިއީ ސިޔާސީ ހަގީގަތް

    • ކަހުރަބު

      މާޝާ ﷲ ބަރާބަރު ވިސްނުން

      1
      2
  9. ކޯރޭ

    އަދިވެސް ފުއްޕާ.

    4
    1
  10. ޜައްޔިތުމީހާ

    އިލެކްސަންކޮމިސަނައް ޅިޔަންފަހަރިން އިސްކުރީމަ ވާނެ ހައެތިވެނިމެނީ

    10
  11. އަލިކޮއި

    މިހާރު ތިޔަ ކުޅެވެނި ސިޔާސީ ކުޅިވރެއް ނޫން، ތިޔައީ ބައެއްގެ އަމިއްލަ މަސްލަހަތަށް ހިންގާ ޖަރީމާއެއް.

    12
    1
  12. ދުންމާރި

    ކޮބާހީވޭތަ ޗޯރޭގެވަގުންތަށް ހޭކެނޑޭތަން މިހިރަފެންނަނީ ފައިސާއާހެދި ދެން ކިހިނެއްތަ ސޯލިބެއަށް އިންތިހާބު އިންސާފުވެރިކުރާނީ މީ ފެށުން ނިމުން ހިތިވާނެ މިބުނަނީ ވޯޓު އޮޅުވާލާނެކަން 100 ޕަސެންޓު .

    10
  13. ތުއްތުނާ

    އަންނި އެއޮތީ ތިޔަކިޔާ މަރުތަޅުވެސް ރާއްޖެއަށްތައާރަފުކޮށްދީފަވިއްޔާ..

    6
    4
  14. Anonymous

    ފެނޭތަ 'އަންނި'އަކަށްނޫން އުޞޫލުންބޭރުން ކަަންކަން ކުރަން އެނގޭނީކީ.
    "ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ."
    ހަޖަމް "ޑި-މޮކް-ރެޓްސް" ތައް. ލޮލް

    7
    4
  15. ނީޒާ

    އިނތިޚާބު އިންސާފުވެރިވާނެ މިންވަރު ދެން ވިސްނަވާ

  16. ސަންގުލިއުން

    ހީވެ ކަމެންހެން ނަސީދަށާ އޭނަގެ އައުވާނުންނަށް އެކަނިތޯ މަރުތަޅު އެޅުވޭނީ . ދެން ދޭ އެއްކަލަ ފައިސާ ފައިސާ ކައިރިޔަށް ގޮސްބުނޭ އަނިޔާވެރިކަމުން ސަލާމަށްވާށޭ މިގުޅުނީ ދެންގޮވާނެ ޔާމިނަކީ ބަތަލެކޭ ކަޅުއޮއްފުއްމިޔޭ
    ޔާމިނު ކިރިޔާވެސް ހިއްވަރެއްހުރީޔާ މި ބައިގަނޑު ކައިރި ނުކުރާތި.

  17. ގަލަން

    އިލެސަންގެ މެންބަރުންނަކީ ވަކިކޮޅަކައްޖެހިގެން ވާނެ ބައެއްނޫން. އިބޫ ހުރިހާ ދިމާލެއް ހިސޯރުކޮއްފި މިނވަންތަނެއްނެތް

    11
    1
  18. ކަނބިލި ބިލްޑިންގ

    އެދެމީހުން ވަކިކޮށްލަންވީނު އެކަމެއް ނުކުރެވޭނެތަ

  19. ކޮތަރު

    ޙައްޖުގެ މާތް އަޅުކަން އަދާކުރަން އެމާތް ބިމަށް ގޮސް ހުރި މީހެއްގެ ހުރިހާ ވިސްނުމެއް އެމާތް ބިންތަކުގައި ކުރެވޭ ހެޔޮ ކަންތަކަށް ބަހައްޓަން ޖެހޭއިރު، ޒާހިރު ފަކީރު އެމާތް ބިމުގައި ހުރެގެންވެސްވީ ދުނިޔެވީ ބޮޑު ހަނގުރާމައެއް ފަދަ ކަމެއްގެ ތެރެއަށް ވަންނަންތަ؟ ގައިމު އޭނާ ޙައްޖަށް ދާނީވެސް ޙައްޖު ޗުއްޓީ ހަމަޖެހިގެންތާ. "ވިސްނާ" ދެވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރި.

  20. Anonymous

    ނިކުމޭ ގޭގަ ނުތިބެ މަގުމަގު މައްޗަައް. މިކަން ނިންމަ

    3
    1