ހިތަދޫ ދެކުނު ދާއިރާގެ މެމްބަަރު އަހުމަދު ރަޝީދު (ޗެކްމާކް އަހްމަދު ރަޝީދު) އެމްޑީޕީގެ މެންބަރު ކަމުން އިސްތިއުފާދީފިއެވެ.

ކުރިން ވެސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރެއްވި ނަމަވެސް ނަޝީދަށް ވަފާތެރި މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވިއިރު އަހްމަދު ރަޝީދު އެމްޑީޕީން އިސްތިއުފާއެއް ނުދެއްވައެވެ.

އަހްމަދު ރަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވިއިރު ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އަހްމަދު ރަޝީދާއި ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވުމުން ދަ ޑިމޮކްރެޓްސް އާއި ގުޅޭ މަޖިލިސް މެންބަރުންގެ އަދަދު 15 އަށް އަރާނެއެވެ.

އަހްމަދު ރަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓީއެއްގައި ވަނީ އޭނާ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައި ކަމަށް ވިދާޅުވެފައެވެ.

ނަޝީދު އާއި އަހްމަދު ރަޝީދު އެމްޑީޕީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ އަދަދު 54 އަށް މަދުވާނެއެވެ. ނަމަވެސް އަދިވެސް އެމްޑީޕީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނާނެއެވެ. މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު އަޣުލަބިއްޔަތަކީ 44 މެންބަރުންނެވެ. ނަމަވެސް މިހާރު ގާނޫނު އަސާސީ އިސްލާހު ކުރުމާއި ފަނޑިޔާރުން ވަކިކުރުމަށް ބޭނުންވާ 58 މެންބަރުންގެ ސްޕަ މެޖޯރިޓީ އެމްޑީޕީއަކަށް ނެތެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ ގެއްލިފައި ވާއިރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބަދަލު ގެންނަން ގާނޫނު އަސާސީއަށް ސަރުކާރުން މިހަފްތާގައި ވަނީ އިސްލާހު ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ

    މުޅިނެ މިކަހަލަ ވިޔަފާރިވެރިން ދޯ މިތާ މިތިބީ.. ދެން ދިވެހި ރައްޔިތަކަށް ހެވެއް އެދިގެން މިވެރިން ކަމެއް ކުރާނެ ކަމަށް ވިސްނުމަކީވެސް މޮޔަކަމެއް. މުޅިން އަންބޮނޑި ބޮޑުކުރުން މިވެރިންގެ ކަމަކީ

    3
    2
  2. އީވާ

    އަންނި ކެނޑުނީމަ އެންޑީޕީއިން ދިޔައީ މީނަ އެކަނިތަ؟

    2
    6
  3. ހެކިން

    މި ދައުރު ނިމުނީމަ އިބޫ ގެއަށް ކަނޑާލާ 2 ވަނަ ދައުރެއް ދެވޭކަށް ނެތއް

    14
    2