ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައި އޮންނަ ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި މައްސަލައިގައި ގާސިމް ދެއްކެވި ވާހަކަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފިއެވެ.

ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވި މައްސަލައިގައި އާއި ރައްޔިތުންގެ މަޖިލިސް "ޑެޑްލޮކަށް" ދިޔަ މައްސަލައިގައި ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ. ގާސިމް ގަބޫލު ކުރައްވާ ގޮތުގައި އެ ދެ ކަމަކީ ވެސް ރައީސް ސޯލިހްގެ ސަރުކާރުން ކުރި ކަމެކެވެ.

ރައީސް ސޯލިހް ވެރިކަމުގައި ހުންނަވާނެ ކަމެއް ނެތް، ގެއަށް ކަނޑާލާ: ގާސިމް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވަނީ ގާސިމްގެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ވެރިކަމުގައި މިވީ ހަތަރު އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ގާނޫނާއި ގާނޫނުގެ ތަރަހައިގެ ތެރެއިން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ތަރަހަ އިން ބޭރުވެވަޑައި ނުގަންނަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު މަސައްކަތް ކުރާނީ ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރޭގައި. އެއީ، އަޅުގަނޑުގެ ކިތަންމެ ގާތް މީހެއްގެ ކަމެއް ވިޔަސް. އަދި އެއީ އަޅުގަނޑުގެ ޕާޓީގެ މީހެއް ކަމަށް ވިޔަސް. އާއިލާގެ މީހެއް ކަމަށް ވިޔަސް. އަޅުގަނޑަކަށް ގާނޫނު އަސާސީން ބޭރަކަށެއް ނުދެވޭނެ" ރައީސް ވިދާޅުވިއެވެ.

ޖާބިރް ބޮޑުބެރު ހަރަކާތަކާ އެކު އެމްޑީޕީ އަށް ގުޅިވަޑާއި ގަތުން :ވަގުތު އިމޭޖެސް:އަހްމަދް އަލީ

މިނިވަން މުއައްސަސާތަކުން ކުރާ ކަންކަން އެ މުއައްސަސާތަކުން ކުރާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މުއައްްސަސާތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިހާތަނަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

އެހެންކަމުން ގާސިމްގެ މައްސަލައިގައި ވެސް ހުންނަވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާ ވެގެން އެ ވާހަކަ ދެއްކެވިޔަސް އެއީ އެ ބޭފުޅެއްގެ ކަމެއް. އަޅުގަނޑެއް ހަމަ ގައިމު ވެސް ގާނޫނު އަސާސީން ބޭރަކަށް ނުދާނަން،" ރައީސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދައިގެން މަޖިލިސް ޑެޑްލޮކަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހް އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ކޮވިޑް-19 އާ އެކު ކުރިމަތިވި ނިކަމެތިކަމާ ގުޅިގެން ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.

ވިލާ ކުންފުނީގެ ދަށުން މަސައްކަތް ކުރާ 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަން އެބަހުރި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތީ އަޟްހާ އީދު ކަމަށްވެފައި، ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ވެސް 3.5 މިލިއަން ޑޮލަރު އަރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެކަމަކު، ސުޕްރީމް ކޯޓާއި އޭސީސީން ނިމިފައި އޮތް ކަމެއްގައި އޭސީސީ އަށް ސިޓީ ފޮނުވައިގެން އެކަން ހުއްޓުވުމުގެ އޮތީ ކޮން ހައްގެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުން ކަމެއް ނިންމައިފި ނަމަ، އެކަން ހުއްޓުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހަށް ވެސް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންވީމަ، މިވަރުގެ ޖަރީމާ ހިންގީމަ ކަމަކު ނުދާ ކަމަށާއި މިއީ ބޮޑު ވަރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މިހާރު ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް،" ރައީސް ސޯލިހަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހުދުހުދު

    އިބޫއަކީވެސް، ގާސިމަކީވެސް ޗޯރުން. އިބޫ އަތުން ގާސިމު ރައްޔިތުންގެ ފަޅުތައް ނަގައިގެން ވޯޓު ހޯދަން ފަންޑު ހޯދަން އެވިއްކަނީ މިގައުމުގެ ބިންތައް. މިދެމީހުން ހައްޔަރުކުރާ!!!

    33
    3
  2. އުމަރު ނަސީރު

    ގާސިމް ކޯފާ ވިއަސް ދެކޯތާފަތް އެއްކޮށް ފާރުވިޔަސް އިންޝާ ﷲ ގާސިމް އަކަށް ދިވެހިރާއްޖޭގެ ވެރިކަމަކަށް ނާދެވޭނެ ބޯކަޅުކޮށްގެން މުނިކާފަ ކިޔާވަރުގެ ޅަކުދިން ހޯދާ އަތުގައި ފައިސާ އޮތަތީ

    23
    2
    • ބިޖަންދަރް

      ތިޔަށް ކިޔަކީ ހަސަދަވެރިވުން ޖެލަސް

  3. މަދަދު

    ރަގަޅު ކުބާރޭޕް ކުރި ޅިއަނު ކުބާ ކުޑަކުދިއްނާބެހު މީހުން ކުބާ ގާނޫނު

    23
    1
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ގާނޫނީއިމްގަތެރޭ ކިހެނެއްހުންނަވާ ވާހަކައެއްތޯ މަނިކުފާތިވިދާޅުވަނީ ދިވެހިރާއްޖޭގެ އިގްތިސާދީސަރަހައްދުންބައެއް ދިހެވިރައްޔަތުންނައް ނޭގިވިއްކާލީގާނޫނީއިމުގެތޭރޭތޯ އިންޑިއާގެއަސްކަރިއްޔާ މިރާއްޖޭގެރައްތަކަށް ގެނެސްއަރުވައި ރައްޔަތުން ބިރުވެރިކަމަށްގެނައީ ގާނޫނީއިމުގެތެރޭންތޯ ރަހުމަތްތެރިންގެ ކުންފުނިތަކަށް މިލިއަނުންރުފިޔާބަދަލުދިނީ ގާނޫނީއިމުގެތެރޭންތޯ އަދިވެސް އެމްއެމްޕީއާރުސީގެ ހިޔާނާތެރިންނާ ޑީލުހަދައިގެން ވަކިމީހަކަށް އަނިޔާދީގެންތިއުޅެނީ ގާނުނީއިމުގެތެރޭންތޯ އަދިވެސްވަރަށްވާހަކަލިޔެވިދާނެ

    34
    3
  5. ކޮވިޑް

    ޤާނޫނޭ ކޮބާ ސިޓީ؟ ކޮބާ އިންޑިއާ އާއެކު ހެދި އެއްބަސްވުންތަށް؟ ޤާނޫނޭ ކިޔާފަ ތި ވާހަކަ ދައްކަނީ؟

    31
    1
  6. ޢަހިމަދު

    ޗޯރު ގާނޫނުގައި އޮތްގޮތައް ކަނޑުވެސް ތިވިއްކާލި ހަޔާތްކުޑަ ބަހުލޫލު

    29
    5
  7. އއ

    ގާސިމް ކޮރަޕްޝަން ނޫން ކަމެއް ނުކުރާނެ .! އޭނަގެ މުދަލޭކިޔައިގެން އެއުޅެނީ އ-ޔ އައް ތިކަހަލަ ގޮތްގޮތައް ހޯދައިގެން އުޅޭ އެއްޗެތި. ތިހުރިހާއެއްޗެއް ދައުލަތައް ނަގަންވީ.!

    21
    1
  8. މާމި

    ތެދެއް ގާނޫނީ އިމުގެ ތެރެއިން ވައްކަން ވެސްކުރެވޭ

    26
    2
  9. ޙސހސ

    ބްރޯ، ތިހާކަންހާ ވަރަށް ޤާނޫނީ އިމުގަ ހުރެވޭނީ. ޥަރަށް ވެދުން. ތިހާ ސޯލިޙް ބޭކަލަކަށް ނެތިން އެއްޗެއް ބުނާކަށް. މި 5 އަހަރު ހެކިދޭ ޤާނޫނީ އިމަކީ ކޮބާކަން. ސަބަބުވެރި އިންސާނާގެ ވިސްނުމުން ކަންނޭނގެ ތިޔަބުނަނީ އިމެކޭ.

    26
    2
  10. އއ

    މީވާ ގޮތްކުޑަމީހެއް . .... ކަލެއައް ފައިދާވާގޮތައް އޮންނައިރު ކަލޭ އިންސާފުހަދާން ނުވެފަ ކަލޭބޭނުންނުވާ ގޮތައްއޮންނަ އިރު އިންސާފު ހަނދާންމިވަނީ ކިހިނެއްވެ؟؟؟؟ އެއްވެސް ހިއްސެއް ހަމަނަމަ އެނގޭނެ މިގައުމުގެ ހާލަތު. !!

    24
    1
  11. އަލީ

    ޥަރަށް ރަނގޅު.... ރާފޮދު ބައްލަވާ ވަގުތުވެސް ގާނޫނީ އިމުގެ ތެރޭގަ ހުންނަ ވާތި

    21
    2
    • ވިކިލީކްސް

      އިބޫ ދުވަހަކުވެސް ރަލެއް ނުބޮއެ. ކުރިއްސުރެވެސް ނަމާދުވެސް ބަރާބަރަށް ކުރޭ. ކުރިން ސިގިރެޓް ބުއި.

      1
      2
  12. ފަޤީރުކޮއި

    ކޮން މުއައްސަސާއެއްތޯ މިނިވަންވީ ތިންބާރު އިލެކްސަން މީ ހަމައެއްބާރެއްގެދަށުގަ ހުރި ތަންތަން ދެން ޤާސިމް ފަކީރު އެހުންނަނީ ކޮވިޑްތެރޭގަ ދިމާވި ނިކަމެތިކަމުގެސަބަބުން އެއްއިރު ކެއީއްޔާ އަނެއްއިރު ނުކައި
    އެހާލުގަހުރިމީހަކައް ދެން ތިވަރައް އުނދަގޫ ކުރަންޏާ ރުޅިވެސް އަންނާނެ ދެރަވެސް ވާނެ

    25
    1
  13. ޔަހުޔާ ކާޅު

    ގާސިމުވަނީ ސަރުކާރުން އެތައް ނާޖައިޒު ފާއިދާނަގާފަ އެކަންކޮއްދިނީ މިސަރުކާރުން މިހާރު މިކޯލިޟަން ވަރިފަށައް އަރާފަވަނީ ގާސިމު އިބުރާހިމު ކޮޅައްނޭރީމަ މީވެސް ބޮޑައްލަފާކުރެވެނީ ގޭސްގަނޑެއްކަމައް

    22
    1
  14. ރާގޮނޑި ރާޖާ

    ޤާނޫނީ އިމުގެ ތެރޭގައި ހުރިކަން ކަށަވަރު ވާނީީ ޖަލަށް ދާން ނުޖެހިއްޖެއްޔާ..

    24
    3
  15. އަލީ

    ކިހާވަރަކަށްތޯ އިމުންބޭރުވީ އަދި ކިހާވަރަށް ނުފޫޒު ފޯރުވައިގެންތޯ ނުފުޒުފޯރުވިކަމަށްވާނީ ، މިރާއްޖޭގައި މިއުޅެނީ އަޑުނީވޭ ލޮލައްނުފެންނަ ބަޔަތަށްތޯ އިބޫތިހަދަނީ.

    26
    1
  16. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ސަރުކާރުން މިރާއްޖޭގެ މައްދިވެހި ވިޔާފާރިވެރިންގެ ވިޔާފާރި އަށް ހުރަސް އަޅާ ދިވެހިހުރިހާ ވިޔާފާރިވެރިންގެ ވިޔާފާރިތައް ފުނޑާލާ އެހުރިހާ ވިޔާފާރި ތައް އިންޑިއާގެ ވޯރާ ވިޔާފާރިވެރިންނަށް ދެނީއޭ މީ ދިވެހި ވިޔާފާރިވެރިންގެ ވިޔާފާރީގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ރޯނާވެ ހަފުސްވެއްޖެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދައަށް ތަޅާލީމާ ގައިގައި ރިއްސާ ދިލަނަގަނީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް....

    9
    2
  17. މަމީ ގަމާރު

    މިކަންކަމުންވެސް ދޭހަވަނީ ޤާސިމް އަށްވެސް އިނގޭ އެއިރެއްގަ އޮންނަ ސަރުކާރަކުން "މިނިވަން" މުއައްސަސާތަކުގަ ނުފޫޒުގަދަކަން.! ރައްޔިތުންނަކީ ގަމާރުން ކަމަށް ހީކޮށްގެން މި މީހުން މިތިބެނީ؟ ޑިމޮކްރަސީ އެކޭ ކިޔައިގެން ހަމަ އަމިއްލަ ޖީބަށް ބޮޑުކުރާން މި ހުރިހާ އެންމެން ވެސް އުޅެނީ! ތިންބާރު ވަކިވެފައި އޮތްނަމަ ރައީސަކަސް ކާސިމަކަށް ވެސް އަމިއްލަ ޖީބު ބޮޑުކުރާކަށް މަސައްކަތެއް ނުކުރެވޭނެ. ވެރިކަމަށް ކުފޫހަމަވާ މީހަކު މި ސިޔާސީ މައިދާނުގަ އަދި ނެތް!

    11
    1
  18. މާނަ

    މިހާރުވެސް ތިހުރީ ގާނޫނާއި ހިލާފުވެފަ ދެންރޮއޭ.

    19
    3
  19. އުންސުރު

    މިވަގުތުވެސް މިހާރުވެސް ތިހުރީ ގާނޫނާއި ހިލާފުވެ މީހަކު ނުހަށްގުން ޖަލަށްލާ އަނިޔާކޮށްފަ ކަލޭ މަށަކީ ހުދުފޮތިކޮޅެކޭބުނީމަ ގަބޫލުކުރާނީ އަވަށްޓެރި އިނޑއާ.... ސާފުވެއްޖެބާ ސާފުވެއްޖެބާ.

    19
    2
  20. އަހުމަދު

    އެއީ ތެދެއް ތިމާގެ ޕާޓީ ކުދިންކޮޅު ފިޔަވާ އެހެން މީހުންނަށް ޤާނޫނު ހިނގާނީ،

    18
    3
  21. 7878

    ޔާމީނަށް ވޯޓު ދެއްވާ

    23
    3
  22. ނޫނޭވާ

    ހަމަފިސާރިތެދުދޯ ތިހަދަނީ. ނޫނޭވާ ކަނޑުވެސް ވިއްކީ ޤަނޫނީ އިމުގެތެރެއިންދޯ؟ ޖާބިރު އެއީޒުވާނުންގެ ލީޑަރޭވެސް ތިޔަބުނަނީ ތިޔައަނގައިން ވިއްޔަ ނުވިތަނުން ޢަލީވަހީދު ޖިންސީފުރައްސާރަ ކުރި މުވައްޒަފުން ރައީސް އޮފީހަށް ގޮސް އެވާހަކަ ކިޔާދިނުމުން ބާލިދީބާލިދީ ފުރާ ކަރުނައަޅާފަ ޢަލީވަހީދުގެ ވަޒީރުކަން އަތުލާފަ ފަހުން ޔޫކޭއަށް ގޮސް ހުދުކާފޫރޫން އެޢަލީވަހީދު ފެންވަރުވާފަ މިހާރު ކުށެއްނެތް މަޢުސޫމް ޢަލީވަހީދަށް ވެސް ހަމަހެދީ ތިޔަވެރިޔާވިއްޔަ. ކަށިނެއްދޫ ދެފަރާތަށް ހެލުވޭހާ ހިނދު ބަހެއް ހުހެއްނުވާނެ. ސަރުދާރުޗޯ

    18
    2
  23. މޫނިސާ

    ކަލޭގެ ދުވަސްދާނީ ގާނޫނީ އިމުގެތެރެއިން ޖަލަށްލެވިގެން ގައުމުވިއްކާ ހުސްކުރިމީހަކަށް ގަނޫނު އަރާހަމަކުރާނެ މަދުދުވަސްކޮޅު ތެރޭގަ މީހުންނަށް އިހުލާސްތެރިވެ ރަނގަޅަށް ހިތައިގެންނޫނީ ސަލާމަތުގެ އަށްސޭރިއަށް ކަލެއަށް ދެވުމަކީ މިއަދު ނާދިރުކަމެއް ވެހޭތާ ފެންނަގާށެވެ ވަގުތު ބޭކާރުނުކުރަށްވާ އަވަހަށް ރ ޔާމީން ސަލާމަތްކުރަށްވާ ބުއްދިވެރިވެވޭނީ އެއިރުން.

    17
    2
  24. ކަންމަތީ ހޮޓަލުން

    ގާނޫނީ އިމުގެ ތެރޭގައި ހުރެގެން ދޯ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ނުހުއްޓުވައި ތިޔަހުންނަނީ

  25. ސްޓޭޓްމަންޓް

    އިމުގެ ތެރޭގަ ހުރެފަތޯ ކަނޑު ވިއްކާލީ

  26. ޙަސަން

    ޥާވާ އިމުގައޭ !!!!

  27. ގުރާ

    ގާނޫނީއިމުން ބޭރުން ފެށި ނިމެންދާ ވެރިކަމެއް މިނޫނީ ނޯންނާނެ. ދުނިޔޭގެ ތާރީޚުގަ ލިޔެވެނީ ތިޔައީ ޢައްދާރެއް ކަމަށް. ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ބިރިޔާނީ ތައްޓަކަށް ވިއްކާލައިގެން އަރާއިން މީހެއްތީ.

  28. އިމުގަ

    .ކޮން ގައުމެއްގެ ގާނޫނެއްގެ އިމުގެ ތެރޭގަތޯތޯ؟