އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި ދެން ތިބި ދެ މެންބަރުންނަށް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ ކަމަށް ބުނެފިއެވެ.

އިއްޔެގެ މުޒާހަރާގައި އަބްދުﷲ ރިޔާޒްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުއެވެ. މިދެ މެންބަރުނަށްކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ދައުވާއެވެ. މިބޭފުޅުންގެ އިތުރުން އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސް މީކާއިލްގެ އިތުރުން އެހެން ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރެވުނު މީހުންނާ ގުޅޭގޮތުން މީޑިޔާއަކާ ވާހަކަ ދައްކަވަމުން، ވަކީލު ހިސާން ހުސެއިން ވިދާޅުވީ ރިޔާޒް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި އެހެންކަމުން އޭނާގެ މައްޗައް ކުރާ ތުހުމަތެއް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ޝާހިދާއި ލަތީފްއަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވާއިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ވަނީ މީގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްވާނަމަ ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގެންވާނެ އެއް ނޫންތޭ ދެން އެއް ގޮތަކަށް ވެސް މަމެން ޕިންކީންގެ ވެރިކަން މަގުމަތިން ވެއްޓޭނެ ކަމަށް ހީކޮށް ގެން ބޭކާރު ގޭސް ގަނޑު ގަނޑު އަނބުރައިގެން އީޔޫ އާއި ކޮރަޕްޓް އެމެރިކާ އާއި އަދި ރޭޕް ކެޕިޓަލް އިންޑިއާ އާއި ފީގުދާން އަލިފުދާލުން ފަޑުއްކަ ބަޔާން ތަކާއި ގަރާރު ތައް ފާސް ކުރި ނަމަވެސް މަމެން އެއަށް ބޯ ނުލަނބާނެ ކަމަށް. އީޔޫ އާއި އެމެރިކާ އަދި އަލިފުދާލު ބޭނިގަތް އިސްލާމީ ގައުމެއް މިހާތަނަށް ނެތޭ ރޮޓެން ކަންޓްރީ އަކަށް ބަދަލު ނުވެ އޮތް ގައުމެއް ނެތޭ. އައި ޑޯން ވޮނާ ހާރޑް އޮފް ދެމް އެނީމޯރ އައި ޑޯން ވޮނާ ޓޭކް ދެއަރ އެޑްވައިޒް އައި ޑޯން ވޮނާ ފޯލޯ ދެއަރ އިންސްޓްރަކްޝަން އެނީމޯރ. އައި ޑޯން ވޮނާ ހިއަރ ދެމް އެނީމޯރ. އައި ޑޯން ވޮނާ ބީ އަ ޕަޕެޓް އައި ޑޯން ވޮނާ ބީ އަ ޕަޕެޓް އައި ފީލް އިޓް އިން ދި އެއާރ ބިކޮޒް ވީ ބޯތް ނޯ ވީއާރ އެބައުޓް ޓު ވިން..

  2. މަމެންނަށް ހީވަނީ ދެން ތަމެން ފެމިލީ އަށް ވަގުތު ދިނުމަށް ޓަކައި މިހާރު ދެން ތަމެން ސިޔާސީ ކަންކަމުން ދުރަށް ދާން ވެއްޖެ ހެންނޭ ވަޓް އެވަރ ޔޫ ޑޫ އެ ގޮވަނީ ތަމެން އަތަށް ނޫންތޭ. އައި ވޯންޓް ޔޫ ޑޫ އިޓް ވޯންޓް ޔޫ ޑޫ އިޓް ނޯނޯ ނޯނޯ ނޯނޯ ތަމެން ފަދަ ރަނޑު އީގޯ މީހުންނަށް ދެން ރާއްޖޭގެ ސިޔާސީ މައިދާނުން ޖާގަ އެއް ނޯންނާނެ ކަން މިހާރު މިދަނީ ސާބިތު ވަމުންނޫން ތޭ. އައި ޖަސްޓް ވޯންޓް ޔޫ ގިވް އަޕް ގިވް އަޕް ގިވް އަޕް ވޮންޓް ޔޫ ގިވް އަޕް ވޮންޓް ޔޫ ގިވް އަޕް ގިވް އަޕް.

  3. ރިޔާޒް ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ މާލޭގައި ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރާ މީހުން އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފު ވެފައިވާތީވެ އެމެން އެންމެން ނަށް ގާނޫނު ގައި ވާ ގޮތުގެ މަތިން ހަރު ކަށި އަދަބު ދެވޭނެ ކަމަށް. މިރާއްޖެ އެބަޖެހޭ ފޭކް ސިޔާސީ ގޭމްސް ތައް ކުޅެގެން އެލް ބޯރޑް އަޅުވައިގެން އުޅޭ ރަނޑު ޕޮލިޓިޝަނުންގެ ފަރާތުން ރާއްޖެ ސަލާމަތް ކުރަން. އެކަން ވާން އޮތީ ގާނޫނުގައި ވާ އެންމެ ހަރު ކަށި ފިޔަވަޅު އަޅައިގެންނެވެ. އަދި ގާނޫނާއި ޚިލާފަށް މާލޭގެ މަގުތަަކަށް އެއްވާން އެމްޑީޕީން ތަކުރާރު ކޮށް ގޮވަމުން ދާތީވެ މަޖްލީހުން އެބަޖެހޭ ގާނޫނެއް ވެސް ހަދަން ގާނޫނާއި ޚިލާފަށް ސިޔާސީ ޕާރޓީ ތަކުން ކަން ކަން ކުރާ ކަން ސާބިތު ވެއްޖެނަމަ އެމެންގެ ޕާރޓީ ވަގުތީ ގޮތުން ސިޔާސީ ހަރަކާތް ތައް ހިންގުން ހުއްޓާލަން އިލެކްޝަންސް ކަމިޝަނަށް ސިޔާސީ ޕާރޓީ ތަކަށް އެންގުމުގެ ބާރު ލިބޭ ފަދަ ގާނޫނެއް އުފަން ކުރަން. ދިސްވޭ އިޒް ދަވޭ.