ދިވެހިން ބޭނުން ވަނީ ހެޔޮ ބަދަލެއް ކަމަށާއި އެ ބަދަލު ހޯދައި ދެވޭނެ ބޭފުޅަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް އެގޮތަށް ވިދާޅުވީ ‏ބ. އަދި ރ. އަތޮޅުގެ ރަށްތަކަށް ޖޭޕީގެ ލީޑަޝިޕްގެ ޓީމެއް ވަޑައިގެންފައިވަނިކޮށެވެ. މި ޓީމުގައި ހައިލަމް ވެސް ހިމެނިވަޑައިގަންނަވައެވެ. ހައިލަމްގެ އިތުރުން ދެން އެ ޓީމުގައި ހިމެނެނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒެވެ.


ހައިލަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏ބ. އަދި ރ. އަތޮޅުގެ ގިނަ ރައްޔިތުން މިފަހަރު ބަދަލެއް ބޭނުންވާ ކަމަށް ބުނަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ހައްގު ވަނީ އެންމެ ހެޔޮ ބަދަލު ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބޭނެ އެންމެ ހެޔޮ ބަދަލަކީ ގާސިމެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު ގާސިމަށް ތާއީދު ހޯދުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ރ. އަތޮޅާއި ބ. އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ހުންނެވީ އަމީނެވެ. އެ ޓީމުން ވަނީ ބ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް ވަޑައިގެންފައެވެ.

އޭގެ ފަހުގައި މިއަދު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރު ވަނީ ފަށައިފައެވެ.

ޖޭޕީގެ ކެމްޕެއިން ވަރަށް ފޯރިއާ އެކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނަހުލާ

    ތީ ރާއްޖޭގެ ހަލާކު ، ގާސިމު

    24
    1
    • ތެދު

      ދިވެހިރާއްޖޭގެ ރައްޔިތުންނަށް 21 ވަނަ ގަރުނުގައި ދިމާވެފައިވާ ހުރިހާ ހިތްދަތިކަމެއް ދިމާވެފައިވަނީ ގާސިމުގެ އަމިއްލަ އެދުމާހެދި. ޑިމޮކްރަސީގެ ނަމުގައި ގައުމަށް ޖައްސާފައިވާ ހާލަކީ ހިތްދަތި ހާލެއް. ރިޝްވަތު އާންމުވެއްޖެ. ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑުކޮށްފައި އެއީ ހަޅޭއްލަވާ ވައްތަރު ޖައްސާ މާރުކޭޓަށްވުރެ ދަށް ތަނަކަށް ހަދައިފި. ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނަމުގައި އެތައް ނޫހެއް ހިންގި އެތައް ބަޔަކަށް ލާރިދީ އެތައް ބައެއްގެ އަބުރު ކަތިލައިފި. މިހެން ގޮސް އެތައް އެތައް ނުބައި ކަމެއް މިގައުމުގައި އަށަގަންނުވައި ފެތުރުމުގައި ގާސިމަކީވެސް އަރައިހުރި މީހެއް.

      5
      1
  2. ލޮލް

    މުވައްޒަފުންނަށް ހައްގުވާ އުޖޫރަ ނުދޭ މީހާގެ ކިބައިގައި ހުންނާނީ ކޮން ހެވެއް؟ ހައިލަމުވެސް ދެން ހަމަ މާތްކަލާނގެ އަނގައެއް ދެއްވާފައި އޮތީތީ ތަޅުވަނީ އެއްވެސް ބެލުމެއްނެތި.

    25
    1
    • ދޮނޭ

      ހައިލަމްމެން އަގަވިއްކާގެން ކާބައެއްވީމާ ބުނަންޖެހޭނީ ތިހެން. ކޮބާ ގާސިމްގެ ސްޓަރފުންގެ ހައްގުތައް ކޮބާ ކާލި 9 މަހުގެ ސާވިސްޗަރޖް ؟؟

      5
      1
  3. ލޮލް

    މިގައުމަށް ހެޔޮ ބަދަލަކަށް އެދި ވަކާލާތުކޮށް ގައުމުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ތަސައްވުރެއް ރަނގަޅު ސިޔާސަތަކާއެކު ގެންގުޅެނީ ޢުމަރު ނަސީރު. ޢުމަރުގެ ވާހަކަތައް މިނިވަންކޮށް އަޑުއަހާ ބަޔަކަށް އެނގޭނެ އެކަން. ޢުމަރަކީ ބަހާއި އަމަލު ދިމާވާނެ ކަމަށް އަހަންނަށް އެންމެ ބޮޑަށް ޔަގީންކުރެވޭ ކެންޑިޑޭޓު.

    18
    4
    • މިގުލް

      ތާއީދު

      6
      1
  4. ކާސިމް

    މި 5 އަހަރު ވެރިކަމުގެ ފަޅިވަރެއް ލިބުނީމަވެސް ސަރުކާރުން 400 މިލިއަނެއްހާ ރުފިޔާ ބަދަލުގެ ގޮތުގަ ހޯދި، އަދި ރައްޔިތުންގެ ފަޅުތަށް އަތުލި. ގާސިމް ބޭނުމެއްނޫން

    23
    1
  5. އުގުރި

    އެހެންވީމާ ދެނެއް އެއްވެސް ފަޅެއް ގިރިއެއް ފަޅު ރަށެއް ނުހުންނާނެތާ.. ހުސް ގާސިމުގެ ތަންތަންތާ ހުންނާނީ..

    20
  6. Anonymous

    ފައިސާ ހުއްޓަސް ވެރިކަން ކުރެވޭ ވަރު ޤާބިލު ކަމެއްނެތް.
    ބޭރު ދުނިޔެއާ މުޢާމަލާތުކުރަންޖެހޭނެ.

  7. އަލީ

    ޔަގީނެއްނު ހެޔޮނުވާނެ ދިވެހިލޮބުވެތިރައްޔިތުންނޭ ގާސިމުސޭޓައް ވޯޓުނުދޭތި އޭނަޔަށްބާކީވެ ރައްޔިތުންނަށްދޭނެ އެއްޗެއްނޯއްނާނެ. މުޅިގައުމުގެ ހުރިހާފަޅަކާރަށެއް އޭނަޔަށް.

  8. ސޯލިބޭ

    ސޯލިހައް ފަހު ދިވެހިންނައް ޖެހެން ހުރި އަނެއް މުސީބާތް ތީ

  9. ކުޑަ ހުއްތު

    އަރިހުގައި ނެތޭ އެއްޗެއް އެނގޭ އެކަތި ވެސް

  10. އާދަނު

    ޔާމީން ވަރެއް ނެތް! އިތުރަށް ބުނާނެ ވާހަކައެއްވެސް ނެތް!

    5
    2
  11. ރެކިފުތާ

    ހައިލަމްމެން ކަހަލަ ކިޔަވައިގެން ތިބި މީހުން ތިޔަކަހަލަ އެއްޗެއްބުނީމަ ވަރަށްހަޑި، ތިޔަ ގާސިމަށް މިފަހަރު ނުވާނެ ކުރިން ވީވަރުވެސް، ، ތިކެމްޕޭނަށް ހޭދަކުރަން ތިއުޅޭ ލާރިކޮޅުން މުވައްޒަފުންގެ މުސާރަ ދިނުން ބުއްދިވެރި.

  12. ޢަބްދުﷲ

    އަހަރެން ވޯޓުލާނީ އުމަރަށް. އަހަރެން ބޭނުންވަނީ އިސްލާމީ ޝަރީޢަތް މިގައުމުގައި ޤާއިމް ކުރަން. އެވާހަކަ ދައްކާ މީހަކަށް ހުރީ އުމަރު. ދެންތިބީ އެކަމާ އަޅާވެސް ނުލާ މީހުން. ފަހު ވަގުތު އަބަދުވެސް ނަޞްރު ލިބޭނީ ﷲ ގެ ދީނަށް. އެކަލާނގެ ޝަރީޢަތަށް. ވ.ސަލާމް

    4
    1
  13. ބަރުގޮނު

    ޤާސިމް ޕްރޮމޯޓްކުރައްވަން ތިޔަ އުޅުއްވާ ބޭފުޅުންނަށް ޤާސިމް އެގިވަޑައިގަންނަވަނީ އެބޭފުޅުން ދޫކޮށްލެއްވި ނުވަތަ އެބޭފުޅުންނަށް ގެއްލުނު ވަޒީފާއާ އެއްވަރު "އެތިކޮޅެއް" ލިބިވަޑައިގަންނަވާތީ. ޢާންމުންނަށް ޤާސިމް އެގެނީ ޢާންމު އަފްރާދުން ޤާސިމްގެ ކުންފުނިތަކުގައި އުޅުނުއިރު އެމީހުންނަށް ދޭންވާ "އެތިކޮޅު" ނުދީގެން ނުވަތަ އޭގެ ބޮޑުބައެއް ކަޑާލާފައިވާތީ. ޕްރޮމޯޓްކުރައްވާ ބޭފުޅުންގެ ވިންދާ ޝުޢޫރު ، ޢާންމުންގެ ވިންދާ ޝުޢޫރު އުޑާބިމާހާ ތަފާތު.

  14. ްާއިބިލީސް

    ޤާޒީކަން ދޫކޮއްލާފައި ގޮސް ސިޔާސީ މަސައްކަތުގައި އުޅެން ފެށީމަ މިދިޔަ ދުވަސްތަކުގައި ކުރިހުކުމްތަކުގެ އިޙްލާސްތެރިކަމާމެދު ސުވާލު އުފެދޭ. އެވެސް ގޮސް މިވަނީ ކޯޓުތަކަށް އެންމެ ނުފޫޒުފޯރުވާ އެކެއްގެ ފައިބުޑަށް

  15. ފާތިހު

    އާން ކަލެއަށް ރަނގަޅުވާނެތާ، ގާސިމް ވެރިކަމެއްގަ ކަލޭ އަންނާނީ ޕީޖީ ކަމަށް ނޫނީ ސުޕްރީމް ކޯޓުގެ އިސް ޖަޖަކަށް. ލަދެއް ނެތޭ ދޯ

  16. އަބްދޫ

    ގާސިމަކީ ދިވެހިންނަށް ލިބޭނެ ހެޔޮ ބަދަލެއްނޫން. ގާސިމަކީ ދިވެހި ގައުމުގެ ހަލާކު . 2008 ގަ ނަސީދު އާއި ބައިވެރިވެ ނަސީދު ވެރިކަމަށް ގެނެސްގެން 16.5 ބިލިއަން ދަރަނި ނެގުމާއި 2.5 ބިލިއންގެ ބިލް ފިނެންސަށް ޖަމާކުރުމާއި 800 މިލިއަން މުސާރަ ނުދި ހިފެހެއްޓުމާއި ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއަނާއި އަތޮޅާއިރައްރަށުން 20 ބިލިއން ނއގާ ބޭނުންކުރުމާއި ހަރުމުދާ ވިއްކުމާއި ދަވްލަތުގެ ރިޒާވް ހުސްކޮސްލުމުގެ ޒިންމާ ގާސިމްވެސް އުފުލަންޖެހޭނެ. މިހާރު މި ހިގާ ކަންކަމުގަ ދަރަނީގެ 60 ބިލިއަނާއި ގައުމުގަ ހުރި ދަވްލަތުގެ އިމާރާތް ތައް މޯގޭޖް ކުރުމާއި ރުފިޔާ ޗާޕްކުރުން ވެސް ހިގާފައިވަނީ ގާސިމް ބައިވެރިވެގެން ގެނައި ސަރުކާރަކުން ހިންގި ކަނަކަމަށް ވުމުން އެކަމުގެ ފުރިހަމަ ޒިންމާ ގާސިމްވެސް އުފުލަންޖެހޭނެ. މިހާރު ވެރިކަމުގަ ހުރިމީހާއާއި ގަސިމާއި މެދު ތައުލީމީ ނަޒަރަކުން ބަލައިފަިނަމަ މިޒަމާނުގަ މިކިޔާ އެއްވެސް ފެންވަރެއްގެ ތައުލީމެއް ގާސިމްގެ ނެތުމުން ގާސިމަކީ މިގައުމު މިހާރު މިއޮތް ހާލަތުގާ ގައުމުގެ ވެރިކަމަށް ގެނައުން ހުއްދވާނެ މީހެއްނޫން .އިސްލާމީ ނަޒަރަކުންބެލިޔަސް ގާސިމްގެ ފަރާތުން ލިބިފަހުރި ގެއްލުންތަކަށް ބަލާއިރު ގައުމުގެ ވެރިކަން ގާސިމާ ހަވާލުކުރުން ހުއްދަ ވެގެން ނުވޭ. ގާސިމްކީ ދިވެހި ގައުމުގެ ހަލާކު. އިލްމުވެރި ގާބިލްބަޔަކު މި ދިވެހިގައުމުގެ ވެރިކަމަށް ގެނޭ.

  17. އަޙުމަދު މަނިކު

    އުސްތާޛު ހައިލަމް އަށް ޤާސިމް ރަގަނޅު ވެދާނެ.އެކަމަކު އެހެނިހެން މީހުންނަށް ރަގަނޅުވާނޭ ބޭފުޅެއްނޫން.އެންމެ ފުރަތަމަ ކަމަކީ،ތިމާގެ ރިސޯޓުތަކުގައި ގެންގުޅޭ މުވައްޒަފުންގެ ޙައްޤު ހަމައަށް ދެއްވުމަށްފަހު އިންތިޚާބު ތަކަށް ކުރިމަތިލުން ރަގަނޅު ވާނެ.

  18. ހަސަން

    ކޯޓްތަ ހަލާކުރި ހަލަމްއަށް އިގޭތަ ރައްޔިތުންގެ ހުކުމާ ހިސާބަ މިހާރު މިއައީ އަޅުގަނޑުމެން ތިގުރުޕައް ދުލެއް ނުދޭނަން ޤާސިމް އިރާދަކުރެއވިއްޔާ މިފަހަރު ރަގަޅަ ފޭލިކޮއްލާނަން ބޮޑު ޓައީ އަޅާކަން ޖާގައެއް ނުދޭނަށް ދެން ލަލަ.