ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ. މިއީ މިމައްސަލައިގެ ޝަރީއަތް ޖެހިޖެހިގެން ކެންސަލް ކުރިތާ ހަތަރު ވަނަ ދުވަހެވެ.

މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކުރީ، ޔާމީނާ އެކު ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެވެން ނެތްކަމަށް އެންގުމުންނެވެ. މީގެ ކުރިން ވެސް މިމައްސަލައިގެ އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ.

ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެ އެވެ.

މިއަދުގެ އަޑުއެހުން ކެންސަލްވި ނަމަވެސް މިހާރު ވެސް މިމައްސަލައިގެ ގިނަ އަޑުއެހުންތަކެއް ގާތްގާތުގައި ކުރިއަށް ގެންދަން ތާވަލް ކޮށްފައި އެބައޮތެވެ. ބުރާސްފަތި ދުވަހުގެ އިތުރުން މިމަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައި އެބައޮތެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާއިރު އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ވަކީލުން އެދޭހާ އަވަހަށް ކުރިއަކަށް ނުގެންދެއެވެ. ހައިކޯޓުން މައްސަލަ ތާވަލް ކުރަން ވެސް ދަތިވެފައި ވަނީ ކްރިމިނަލް ކޯޓުން އަވަސް އަވަހަށް ޝަރީއަތް ބާއްވަމުން ގެންދާތީއެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން އެމަނިކުފާނަށް މިވަގުތު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ ޖަލު ހުކުމް އިންތިހާބުގެ ކުރިން ހައިކޯޓުން ބާތިލް ކޮށްފިނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ކްރިމިނަލް ކޯޓުގައި ވެސް ޔާމީންގެ މައްސަލައެއް އަވަަސް އަރުވާލައިގެން ކުރިއަށް އެބަގެންދެއެވެ. ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީންގެ ހުކުމް ބާތިލްކޮށްފިނަމަ ކްރިމިނަލް ކޯޓުން އަނެއްކާވެސް އިތުރު ހުކުމެއް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދިވެހި މުސްކުޅިން

    ހީލަތެއް ރިޒާ އެ ހަދަނީ މި މައްސަލައި ހުކުމާއި ހަމަޔަށް ދިއުން ފަސްވާނެހާ ގޮތެއް އެހޯދަނީ އަދި އިސްތިއުނާފުގައި އޮތް މައްސަލައިގާ އަލިމަގެއް ފެނިދާނެ ކަމަށް ހީކޮށް ރޭވިގެން ކުރާ ކަމެއްތީ ކޮންމެވެސް އެކަކު ބަލިވަނީތިއީ،

    10
    31
    • އަވަސް އަރުވާލައިގެން ޔާމީނަށް ކުރަން އުޅޭ ހުކުމަކީ ހީލަތެއް ނޫންބާ…؟ސާބިތުވާ މިންވަރަށް ހެކި ނެތީސް 11 އަހަރުގެ ޖަލު ހުކުމެއް ކުރީ އެއީ އަނިޔާއެއް ނޫންބާ…؟އަނިޔާވެރިކަމުން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ނުޖެހޭބާ…؟

      43
      1
    • އިބްރާ

      ހީލަތް ހެދުމުގެ ހައްގުއޮތީ ހަމައެކަނި އިބޫ މުހައްމަދު ސަރުކާރަށް އެކަނި. އެހެންމީހަކަށް ހީލަތް ހެދުމުގެ ހިކްމަތެއްވެސް ލިބިފައި ނުވަނީތޯ؟

      20
      2
  2. އަޒާ

    ބަރާބަރު،

    11
    18
  3. ކޮމާކޯޅި

    ޔާމީނު ސަލާމަތް ނުވިއްޔާ އެހެން ރަނގަޅު ކެނޑިޑޭޓެއް ނެރޭ. އެކަމަކު ދަ ޑިމޮކްރެޓްސް ކައިރި އުޅެގެން އިތުރު ބޮނޑިއެއް ބޯންޖެހިފަ އޮންނާނީ

    16
  4. ހުކުމް

    ކޯޓްތަކުން ކުރާ ހުމްބަލައި ގަންނަ ދިވެހިން ވަރަށް މަދު. ސަބަބު ވަރަށް ސާފު

    10
  5. އެސް

    އެކައުންޓަށް ވަތް ޑޮލަރުތަށް ހެއްކަކަށް ނުފުދެނީ؟

    1
    20
  6. ޑިމޮކްރަސީ

    އަލްހަމްދުލިﷲ ތިހާ އަވަސް އަރުވާލައިގެން ނުޙާއްޤުން މީހުންނަށް އަނިޔާކުރަމުންދާއިރު ބައްލަވަން މިރްޞާދުގައި ޚާލިޤުލް ކަވްނައިނި ވާކަން ނޭގެނީތަ ސަދޫމްުގެ އަހުލުވެރިންނަށް

  7. މަކަރެ

    ފޭކް ސިއްހީހާލުކޮޅު އޭ ކިޔަނިކޮން ރިޔަލް ސިއްހީ ހާހާލުކޮޅެއްޖެހިގެން ހިތާމަވެރި ކަމެއް ނުވެއްޖެއްޔާ ކިތަމެހާވެސް ރަނގަޅު ލޮލް

  8. މަޗާ

    އެކައުންޓަށް ލާރި ލީމީހާ ކޮބާ..ލިބުނުމީހާ އަށްއަދަބު ދެވޭ ގޮތެއް އޮވޭތަ.މިއީ އަރަތެއް.މިކަހަލަ ޝަރިއަތެއް އަދި ނުދެކެން.މީހެއް ގައިގަ ޖެހީމަ އަނިޔާ ލިބުނު މީހަ ހެއްކަކަށް.އެތަނ ފެނުނު މިހަކު ހުރިތޯ ބަލާ ހެއްކަކަށް ހެދުމެއް ނެތް..މި ވެސް އަރަތެއް.ޝަރިއަތް ނުނިމެނީސް 11އަހަރުޖެހުން. ކޮންމެދުވަހަކު ޝަރިއަތް ކެން ސަަލްވުން. ބޮޑަތި އަޖައިބު ތަށް.5 އަަހަރުގެ ދިގު ދައުރެއް ކަޑަތުކުރިއިރު އަދި ވާނުވާ ނޭގޭ.

  9. އއ

    މިވަރުގެ މަކަރުވެރި ލަދުހަޔާތް ނެތި ދޮގުހަދާބައެއް ތިބި ގައުމެއް އޮންނާނެ ކަމައް ގަބޫލު ނުކުރެވޭ.!