އަންނަ މަހު އޮންނަ އިންތިޚާބު ގަޑުބަޑުކުރިޔަސް ރައީސް އަބުދުﷲ ޔާމީނަށް ވެރިކަން ފޭރިގަތުމުގެ ފުރުސަތު ނުލިބޭނެކަަމަށް މިސަރުކާރުގެ ފުރަތަމަ ނާއިބް ރައީސް ޑރ. މުހަައްމަދު ޖަަމީލް އަަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު ޖަމީލް އަަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ ބޮޑު ސޯބް އެނބުރޭގޮތަށް ކުޑަ ސޯބްތައްވެސް އެނބުރޭނެކަމަށާއި އިންތިޚާބު ގަޑުބަޑުކުރިޔަސް ރައީސް އަބުދުﷲ ޔާމީނަށް ވެރިކަން ފޭރިގަތުމުގެ ފުރުސަތު ނުލިބޭނެކަަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ގިނަ އަަދަދެއްގެ މީހުންގެ ރީ ރަަޖިސްޓްރޭޝަން ފޯމްތައް ބާތިލްކުރުމަކީ ވޯޓުން ވަައްކަންކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމާއިއެކު ރޭވިގެން ހިނގަަމުންދާ ޖަަރީމާއެއް" ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވަނީ ރިޔާސީ އިންތިޚާބުގައި ރަށުން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ހުށަހެޅި މީހުންގެ ތެެރެއިން 6000 ގާތްކުރާ އަދަދެއްގެ މީހުންގެ ފޯމް ބާތިލްކޮށް އަލުން ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމާއި ގުޅިގެން އެކަަމާއި ކަންބޮޑުވުން ފާޅުކޮއްފައެވެ.

ރީރަޖިސްޓަރ ވުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަން ކަށަވަރު ނުވާ 5000 އާއި 6000 ދެމެދުގެ ފޯމްތައް އެބަހުއްޓެވެ.

މިކަމާއި ގުޅޭގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ ޕީޕީއެމާ ގުޅިގެން ރީރަޖިސްޓްރޭޝަން ފޯމުތައް ގަޑުބަޑު ކޮށްފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފައިވާ ގިނަ ފޯމްތަކަކީ އެމްޑީޕީގެ މެންބަރުންގެ ފޯމްތައްކަމަށެވެ.

ރީރެޖިސްޓްރޭޝަންގެ ސައްހަކަން ކަށަވަރުނުވާ ފަރާތްތަކަށް އަލުން ފޯން ހުށަހެޅުމުގެ ފުރުސަތު 27 އޯގަސްޓް އިން 29 އޯގަސްޓަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ކެންޑިޑޭޓް ނަންބަރު އެކެއް ރައީސް ޔާމީން އަދި ކެންޑިޑޭޓް ނަންބަރު ދެއެއް އިބްރާހީމް މުޙައްމަދު ޞާލިޙް (ޢިބޫ) އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އާބިދާގެ މުހައްމަދު

    ކަލޭތީ ކާކު ދެން. ލަންޑަނުގަ އޮވެގެން މޮޔަވެބަލަ މިހިރަ ދިވެހިގައުމުގެ އަދުއްވާ

  2. ޑރ

    ޙެޔޮ ނުވާނެ ތިވަރު ފިނޑިއެއް މާ ދުރުގަ ހުރެގެން ކޮން އެއްޗެކޭ ކިޔާކަށް

  3. އަލީ

    ދެން ކީއްވެ ތި ތެޅިބާލަނީ އިންޑިޔާ ބޭނުންކޮށްގެން ނުފޫޒުފޯރުވަން.

  4. ހަސީން

    އިންތިޚާބު ގަޑުބަޑު ކުރަން އުޅެނީީ ކޮންބައެއްކަން ޖަމީލް އަށް ރަނގަލހަށް އެނގި ހުރެ ސަުކާރު ބޮލުގަ ތިޔަ އިލްޒާމް އޅުވިޔަސް ސަރުކާރުން ކުރާއެއްވެސް ކަމަކަށް ދުލެއްނުދޭނެ. ސައްޚަވޯޓްން ޔާމިން ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރާނެ އިންޝާﷲ.
    އެއްކަމެއްވެސް އިންޑިއާއަކަށްވެސް ނުކުރެވޭނެ. ހޭރިހޭރި ތިބެންޖެހޭނީ.

  5. ައަލީމޫސާ

    ބޮޑުކޮސް. ކަލޯ ފިލާ ނުހުރެ އަމިއްލަ ޤައުމަށް އައިސް ތިޔަ އަނގަ ތަޅާބަލަ.! ބޮދު ކޮސް.

  6. Anonymous

    ބޮނޑިބަތް ކަލޭބުންޏަސް މިފަހަރު ބުނެވުނީ ރަނގަޅު ވާހަކައެއް، އީޔޫފަދަ ފާޚިޝު ޖަމާއަތްތައް ލައްވާ މިބާއްވަންއުޅޭ ރިޔާސީ އިންތިޚާބަށް ކިތައްމެވަރަކަށް ނުފޫޒު ފޯރުވާ އިންތިޚާބު ގަޑުބަޑުކުރިޔަސް ވެރިކަން ފޭރިގަތުމުގެ ފުރުސަތެއް މިގައުމުގެ ސަރުކާރާއި ހެޔޮވިސްނޭ ދިވެހިރައްތުންގެ ފަރާތުން ތިލާދީނީ ބައިގަނޑަށް ނުލިބޭނެ، ކަލޭޖެހޭނީ ތިގޮތަށް ތިމެންނަވެސް އެބަހުރީމޭ ދުނިޔެއަށް އަންގަން އިޝްތިހާރުވޭވޭ ހުންނާށެވެ، އަހަރުމެންގެކޮޅުން ކުޑަ ތަންފުކެއްވެސް ނުދޫކުރާނަން، ﷲގެ ރަޙުމަތްފުޅުން އިދިކޮޅު ލާދީނީ ބައިގަނޑު ބަލިކުރައްވާށި އާމީން

  7. ބެއްޔާ

    މަހިތަށް އަރައިފިޔޭ މިބޮނޑިބަތް ގަނޑު ކޮބާހޭ؟ ޓުވިޓެއްވެސް ކޮށްނުލަޔޭ.

  8. ޖަމީލުއެކޯމީ

    އޭ މިހިރަ ތަންދޮރުނުދަންނަ ކަލެއާއޭ ކަލޭ ތި ކާކު؟ އަނގަ ފެޅީހެއްޔެވެ. ނައިބުރަޢިސް ނުވަތަ ރައީސް ކަން ނުދިނީމަ ބޮޑާހާކައިފަ މިހާރު އަނެއްކާ ހަދާން ނެތުނިހެވެ.

  9. ބުއްޅަބޭޭ

    ކަލޯޖަމްބޭ، އަމިއްލަޔަށް ފިލައިގެންހުރެ ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް، އެމްޑީޕީ ވެރިކަމަށް އަޔަސްވެސް ކަލޯޔަކަށް ސަލާމަތެއްނެތް!

  10. ޢަލީ

    އިންތިޚާބު ގަޑުބަޑުކުރަން އުޅެނީ ކޮންބައެއްކަން އެބަ އެނގެއެއްނު، ކޮން ވާހަކައެއްދައްކާކަށް. އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނަށް މި ދިވެހިރާއްޖޭގެ ވެރިކަމެއް ނުލިބޭނެ.

  11. މުހައްމަދު

    ފޭރިގަތުމަކީ އަތުގައި އޮންނައެއްޗެއް ޖަހައިގަތުން. ތިހާދުރުގައި ހުރެގެން ކިހިނެއްތޯ އެކަންކުރާއިރު ހިފަހައްޓާނީ. ނިކަން ރާއްޖެވަޑައިގަންނަވާ. ވާނުވާބައްލަވާފައި އެއްޗެއްކިއުއްވުން ރަގަޅުވާނެ. ގައުމުދެކެ ތިހާލޯބިފުޅުވާނަމަ އިންޑިއާއިން މިކިޔާއެއްޗަކާ ކޮންމެވެސް އެއްޗެއް ވިދާޅުވެބަލަ.

  12. ރުޒާނާ ޗޮއްޕަޓު

    އޭ ބުނަން ވާހަކައެއް. ހޮވުނަސް ހަވާލެއް ނުކުރާނަން. ދިގު މުއްދަތަކަށް ޖަލަށް ލާނީ. އެނގިއްޖެ؟؟؟!!!!

  13. އދ

    ޖަމީލަކީ ބާޣީއެއް

  14. ޢަމީނު

    ޖަމީލު ބުނަންތަވާހަކައެ މާއަގަ ދިއާވެގެން ތިއުޅެނީ ތިއަގަ ގަނޑު މަޑުމަދުކޮއްގެން ހުރެވޭތޯބަލާ ތިއައީ ވަރަށް އަމިއްލައެދުން ބޮޑުމީހެއް އެކަން އަހަރެމެއްނަ ވަރައްރަގަޅަށް އެގިއްޖެ އަދި އުޅެފިއެއްނޫ ބަޢާވާތް ކޮއްގެން ވެރިކަމައް އަރަން ކޮބާތަ ލަދުހަޔާތް ކަލޯގެ

  15. ނިޒާމްބެ

    މި އުޅެނީ ބޮނޑިބަތް ގަނޑެއް އަބުރާކަށް ނޫން. ކޮސް ނުގޮވާ މަޑުން ލަންޑަނު ގައި ހުރެވޭތޯ ބަލާ!

  16. މާލިމީ

    ބޮޑު ގާނޫނީ ފިޑިއެއްތި

  17. ހުސޭނުބޭ

    މީނަ ހިތުން މީނައަކީ ޕްރެޒިޑެންޓް އޮފް އެކްސްޓާނަލް އެފެއާ!!!!! ކަލޯ ޕްރެޒިޑެންޓް އޮފް އެކްސްޓާނަލް އެފެއަރ ގެ މަޤާމް ދީފައި އޮންނަނީ ކަލޯގެ އަނގަޔަށޭ! ކަލޯއަކަށް ނޫނޭ!

  18. ޑިވެހިރަތްލޭ

    ކަލޯމެންނައް މިަގއުމުފޭރިގަތުމުގެ ފުރުސަތެއްވެސް ނުދޭނަން. ރައީސްޔާމީން އަކަށްމިގައުމާރައްޔިތުންނައްތުރެ ކަލޯމެންމުހިންމުވެގެނެއްނޫޅުއްވާ. އެމަނިކުފާނުންނައްމުހިންމީ ކަލޯމެން މިގައުމައްދިންގެއްލުން ތަކުން އަރައިގަނެ މިގައުމުއާރާސްތުކުރެއްވުންކަން މިފާއިތުވީ4އަހަރުތެރޭ ދައްކަވައިފި ދެން ލަލާ

  19. ސްކޯރޕިއަން

    ޖަމީލު ފާޑުފާޑުގެ ވާހަކަ ދެއްކުމަށް ސިޔާސީގޮތުން ކުފޫހަމަނުވޭ! ހެދުނުމޮޔައިން މިހާރު ހަމަ އެއްގޮތަކަށް އަމިއްލަޔަކަށް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުން ތިދުވަނީ! ދެން ރަގަޅުވާނީ އަދިވެސް ސިޔާސީ ފިކުރެއްހުރެއްޖެ ކަމަށްވާނަމަ ޑރ. ޙަސަންސައީދު ކުރެން ރަގަޅަށް ދަސްކުރައްވައިގެން ނިކުންނަވާ! ސެލްފް ޑިފެންސް އަދި ދަސްކުރަންވޭ