ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިއާ އިން ނުކުރާނެ ކަމަށް އަދަލާތު ޕާޓީން ބުނެފިއެވެ.
ދިވެހިރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލައިފިނަމަ އިންޑިއާ އިން ދިވެހިރާއްޖެ ހިފަންޖެހޭ ކަމަށް ވިދާޅުވެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސުވާމީ ޓްވީޓް ކުރެއްވުމާ ގުޅިގެން އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށް މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ގައުމަކުން ދިވެހިރާއްޖެ އިސްތިއުމާރުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް އަދާލަތު ޕާޓީން ގަބޫލުނުކުރާ ކަމަށާއި ދިވެހިރާއްޖެ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ސުބްރަމާނިއަންގެ ފަރުދީ ގޮވާލެއްވުމަކީ އިންޑިއާ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނާ މެދު ދެކޭ ގާތް އަވަށްޓެރިކަމުގެ ނަޒަރާ ހިލާފު ގޮވާލުމެއް ކަމަށްވެސް ޢަދާލަތު ޕާޓީން ދެކޭ ކަމަށެވެ.
"މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލުމުގެ އަމަލެއް ހިންގައިފިނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް ވިދާޅުވެ ސުބްރަމާނިއަން ސުވާމީ ޓުވީޓްކުރައްވާފައިވާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކުރަން" އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.
އިންޑިއާ އަކީ ދިވެހިރާއްޖެއާ އެންމެ އަވަށްޓެރި ގައުމު ކަން ފާހަގަކޮށް އަދާލަތު ޕާޓީގެ މިބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިއާ އިން ނުކުރާނެކަން އިންޑިއާގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަ ތަނުގައި ސާބިތުކޮށްދީފައިވާ ކަން ފާހަގަކުރާ ކަމަށާއި އިންޑިޔާއާއި ދިވެހިރާއްޖެއާ މެދު އިތުބާރާއި ޔަގީންކަމުގެ މައްޗަށް ބިނާވެ، ކުރިއަރަމުން އަންނަ ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގާތް ގުޅުމެއް އޮތުމަކީ ދެ ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމުގައި އަދާލަތު ޕާޓީން ގަބޫލުކުރާ ކަމަށެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް އޮތް މަގަކީވެސް އެއީ ކަމަށް އަދާލަތު ޕާޓީން ދެކޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އެއްވެސް އަމާޒެއްނެތި ބައްޓަން ކުރަމުންދާ ގޮތުން މި އަސާސްތަކާ ދުރަށްދާ ކަމީ އަދާލަތު ޕާޓީން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
"މިފަހުގެ ތާރީހުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުރައްކާވި ކޮންމެ ފަހަރެއްގައި ދިވެހިރާއްޖެއަށް އެންމެ ގާތުން އެހީތެރިވެދިން ގައުމަކީ އިންޑިޔާ" މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ހެޔޮލަފާ ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް މިނިވަން ޑިމޮކްރެޓިކް މާހައުލެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް އިންޑިއާގެ އެހީތެރިކަން ދިވެހިންނަށް އެކިގޮތްގޮތުން ބޭނުންވާކަންވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކޮށް ރައްޔިތުންގެ ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި އިންޑިއާ އިން އަދާކުރާ އިސްދައުރު ބަލައިގަނެ ފާހަގަކުރާ ކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.
ކަލޯމެންގެ ބަޔާން ތި އޮތީ އިންޑިޔާ ކޮޅަށް ގޮސް ހުސްވެފަ!
އެހެންވާނެ އެއީ ގެރިއަދާލަތު. އިންޑިޔާއިން ނެރެންޖެހޭ ބަޔާން ނެރެދިނީ އަދާލަތުކިޔާ 4މީހުން. މުޅިއަދާލަތުގަ ތިބެނީ ޝިދާތާ އަނާރާ އަލީޒާހިރު އިމްރާނު.. އިލްޔާސާ އިޔާޒު އެއީ އަރިމަތީ ސުރުހީ. ގައުމަށް ގައްދާރުވި މީހުންގެ ނަންތަކުގަތެރޭގަ މިހަތަރުމީހުން ނުހިމެނޭނެ ގޮތެެއްނެތް..
މޑޕ އެއްޗެއް ނުބުނޭ. އިބޫ އަމިއްލަ ޙައިސިއްޔަތުންވެސް އެއްޗެއް ނުބުނޭ. އޭނާގެ ކެމްޕައިިން މެނޭޖަރުންނާ ފާޚާނާ ސާފުކުރާމީހުންވެސް އެއްޗެއް ނުބުނޭ. މޑޕ ގެ ދަށުވެފައިވާ ޕަޕެޓު ގުރޫޕުތައް އެކަން ކުށްވެރިކުރަނީ. ދަށުވެފައިވާ އެހެންޕާޓީއެއްގެ ރަނިންމޭޓު މިކަން ކުށްވެރިކުރަނީ. އެކަންކުރިމީހާ އެކަންކުރީ މޑޕ ގެ ރޫޙާނީ ލީޑަރު ބުނެގެން! ކިހިނެއްބާ މިވަނީ؟! އެދެއްކުވި ވާހަކައިގެ ސަބަބުން ސިކުނޑިނެތް ހާޑްކޯ ރީނދޫގަނޑު އުފާކުރަނީ. ބުއްދިއެއްހުރި މީހުން ހިތްހަމަ ނުޖެހުމުން އެކަމަށް ތާއީދުކުރި މީހުން ވެރިކަމަށް ގެންނަން އެގެއްލުނު ތާއީދު އަނބުރާ ހޯދަން އެކަން ކުށްވެރިކޮށްލަނީ! މިމީހުންނަށް ހެއްލޭނީ ޙަޤީޤަތުގަވެސް ބީތާވެފަތިބޭ ދިވެހިން
މޑޕ އެއްޗެއް ނުބުނޭ. އިބޫ އަމިއްލަ ޙައިސިއްޔަތުންވެސް އެއްޗެއް ނުބުނޭ. އޭނާގެ ކެމްޕައިިން މެނޭޖަރުންނާ ފާޚާނާ ސާފުކުރާމީހުންވެސް އެއްޗެއް ނުބުނޭ. މޑޕ ގެ ދަށުވެފައިވާ ޕަޕެޓު ގުރޫޕުތައް އެކަން ކުށްވެރިކުރަނީ. ދަށުވެފައިވާ އެހެންޕާޓީއެއްގެ ރަނިންމޭޓު މިކަން ކުށްވެރިކުރަނީ. އެކަންކުރިމީހާ އެކަންކުރީ މޑޕ ގެ ރޫޙާނީ ލީޑަރު ބުނެގެން! ކިހިނެއްބާ މިވަނީ؟! އެދެއްކުވި ވާހަކައިގެ ސަބަބުން ސިކުނޑިނެތް ހާޑްކޯ ރީނދޫގަނޑު އުފާކުރަނީ. ބުއްދިއެއްހުރި މީހުން ހިތްހަމަ ނުޖެހުމުން އެކަމަށް ތާއީދުކުރި މީހުން ވެރިކަމަށް ގެންނަން އެގެއްލުނު ތާއީދު އަނބުރާ ހޯދަން އެކަން ކުށްވެރިކޮށްލަނީ! މިމީހުންނަށް ހެއްލޭނީ ޙަޤީޤަތުގަވެސް ބީތާވެފަތިބޭ ދިވެހިން
ކަލޯ ރައްޔިތުންނަށް އޮޅޮވާލަން ނޫޅޭ..ކަލޭމެންގެ ބައިވެރިޔާ ލާދީނީ އެމްޑީޕީގެ ބޭނުމަކީ މިރާއްޖެ އަޅުވެތިކުރުން..އެކަހަލަ މަކަރުވެރިންގެ ރޭވުންތައް ﷲ ހާމަ ކުރައްވާނެ...ދެން ކަލޭމެން ތިޖެހެނީ ޑިފެންސަށް ކުޅެން އަބަދުވެސް..ހުސް އަތަށް ގޮވަނީ.
ކަމުގެ މުއާލާތް ކެނޑުނީމަ ކޮން ކޮހެއް ތިގޮވަނީ، ދޭބެލަ ދީން ދޮލަނގަށް ލައިގެން ވިއްކަނަ. ލާރިކޮޅެއް ލިބިދާނެ.
ކަލޭމެން ދެލޯ އަނދިރިތަ ނޫނީ ބީރުތަ މިޤައުމު ހަލާކު ކުރަމުން ދަނީ ތި އަދާލަތޭ ކިޔާ ބައިގަނޑު ކަލޭމެންގެ ލީޑަރު އިންޑިޔާގެ ބޮޑެތި މީހުން ކައިރިން މިޤައުމު އަޅުވެތި ކުރަން ގޮވާލާ އަޑު ނީވެނީ ބީރުވީމަތަ...
އަދާލަތު މީ މިހާރު މިތިން މީހުންގެ ޕާޓީ އެއް ވޯޓް ވެސް ދޭނީ މިތިން މީހުން
އަދާލަތު ޕާޓީ މިހާރު ހިނގަމުން ދަނީ ތިޔަ 3މީހުން ޭއެކަނި ތޯ ބަލާން އެބަޖެހޭ.ޕާޓީގެ ގަވާއިދު ބުނާގޮތުން މެންބަރުންގެ ރުހުމެއްނެތި ކަލެމެން ބޭނުން ވާހާގޮތަކަށް ޕާޓީ ނުހިންގެނެ.ާޢަ ލީޒާހިރު ކަލޭހިތު ހުރިގޮތަކަ އުޅެން ނާހަދާތި.
މިހާރު ފޮޓޯއިންއެފެއްނަ އަދާލަތުޕާޓީގެ ތިންގައްދާއިންނަށް އެނގޭނެބާވައޭ ދިވެހިރާއްޖެއަށް ލޮޅުންއެރީމަ މިހާރު ފޮޓޯއިންފެއްނަ ތިންގައްދާ މިހާރުން މިހާރައް ހިފާހައްޔަރުކުރަންވީ އަހަރެމެން އެއަނާރާއަށް ވޯޓްދިނީ އެހާހަޔާތްކުޑަވާނެކަމަކަށެއްނޫން
ތީ މިހާރު މަމެން ގަބޫލު ކުރާ ޕާޓީއެއްނޫން މިހާރުތީ އަދާލަތެއްނޫން އަދާވަތްތެރި ޕާޓީ އެވެސް ޤައުމާ ދީނަްއް 7 ފެބްރުއަރީގާ ނަޝީދު ފުލުހުންނައް ހަމަލާ ދޭން ލައިވް ރައުންޑުސް ބޭނުން ކުރުމަށް ނަޝީދު އިބްރާހީމްދީ އަށް އަނމުރުކުރިކަމަށް އިބްރާހިމްދީ ޝެޚްއިލްޔާސް ގާތު ބުނިކަމަށް އިލްޔާސް ހުވާކޮށްފާ އަޅުގަނޑު ގާތު ބުނި އެވެސް އޭރުގެ އަދާލަތު އޮފީސް ތެރޭ ހުރެބުނީ އެކަން ހުރި ދުވަހު ތިމަންނާ ހުރީ އުމުރާ ގުރޫޕެއް ގޮވައިގެން ގެފުޅުގާ ތިމަބް އެދުވަހު އަޑުހަރުކޮށް ދުޢާ ކުރީމޭ ނަޝީދުގެ ވެރިކަން ނިމިމަކަށް އައުމަށް އެދި ކޮބާބާ މިހާރު އެކަން ހަނދުމަ އެބަހުރިތޯ އެބައިމީހުނަށް ބައިއަތު ހިފައިގެން އުޅޭ އިރު މި ތި ޝޭޚުންގެ ފެނވަރަކީ ކިހާ ރީތިތޯ މީ ވަރަށް ވާހަކަ
ކަލޭމެން އެންމެން ރާވައިގެން ތިބީ އިންޑޮޔާ ސިފައިން މިޔތަނަށް ގެނެސް ރާއްޖެ އަޅުވެތިކުރަން. އެކަން ނުކުރަނީކީ ނޫން. އެކަން ކުރުމަށް އެއްވެސް ފުރުޞަތެއް ނެތީ! ތިއީވެސް ހަމަ ނަޝީދު ފަދަ ޣައްދާރުން.
އަދާލަތުގެ ވާހަކަ ގަބޫލުކުރާނީ ކިހިނެތް ؟ރާއްޖޭގެ އިސްލާމީމަރުކަޒު ގޮއްވާލާ އެތާގަ ކްރިސްޓިއަން ފައްޅި އެއް އަޅަން ،އަދި ހުޅުމާލޭގަ ފައްޅިއެއް އަޅަން އެމްޑީޕީ ސަރުކާރުން ރޭވިކަމަށާ އެކަންކަމާބެހޭސިޓީ އެމްޑިޕީ ސަރުކާރާއި އިގިރޭސި ދޮންފަރަންޖީއަކާދެމެދު ބަދަލުކުރެވުނުކަމަށް ބުނެ އަދާލަތުން 2012 ގަ ނޫސްބަޔާނެއް ނެރުނު މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށްވެސް އަދާލަތުން ގޮވާލި .މިކަމާމެދު ސަން އޮންލައިން ގެ ކޮޕީއެއް މިހާރުވެސް އެބައޮތް . އެމްޑީޕީ ގަވެސް އަދި އަދާލަތުގަ ވެސް އިސްކޮށް މިހާރު ހަރަކާތްތެރިވަނީ 2012 ގަ ތިއްބެވި ބޭފުޅުން .ފައްޅިގެ މައްސަލާގަ އެކަމަށް ހަރަކާތްތެރިވި އެމްޑީޕީ ބޭފުޅުން މިހާރުވެސް ތިއްބެވީ އެޕާޓީގެ އެންމެ އިސްމަގާމްތަކުގާ މިހާރުވެސް ފާޅުގާ އެކަންކަން ދަނީކުރަމުން . އެކަމަކު އަދާލަތު ޕާޓީގެ ސޭހުންނަށް އެމްޑީޕީ ވަރެއް ނެތުމުން ލަފާކުރެވެނީ މިހާރު އަދާލަތަށް ވެސް ފައްޅި އެލުން ބޭނުންވާހެން. ނޫނަނަމަ ދީނާ ގައުމަކީ ވަކިނުކުރެވޭނެ ކަނަކަމަށްވާއިރު ދީނާގައުމަށްޓަކާ އުފެއްދި ޕާޓީ އަދާލަތުން މިގައުމުގާ އިސްލާމްދީނާހިލާފު ކަންކަން ހިންގުމުގެ ފުރުސަތު ދީފާނެކަމަށް ގަބޫލު ނުކުރެވޭ . އެކަމަކު އަދާލަތުގެ މިހާރު ގެ ސިޔާސީ މަސްރަހަށްބަލާއިރު އިސްލާމްދީން ވެސް ކްރިސްޓިޔަން ދީން ވެސް ހަމަހަމަ ވާން އުޅޭހެން ހީވާން ފަށައިފި . ސަބަބކީ ކުރީން މިސްކިތްތަޅާފައްޅިއަޅަން އުޅުނުމީހުންގެ ސަފަށް އެމީހުންނަށްވެސް ނިކުމެވިގެން އުޅެމުންދާތީ